
| 31 އޮކްޓޯބަރ 2018 | ބުދަ 19:07 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިޔާގެ ކޮންސިއުލޭޓްގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ ތަހުގީގަށް ތުރުކީއަށް ވަޑައިގެންނެވި ސައުދީގެ ޕްރޮސިކިއުޓަރ އިންސްޕެކްޝަން ނިންމަވާލެއްވުމަށްފަހު އެނބުރި ރިޔާދަށް ފުރާ ވަޑައިގެންފިއެވެ.
ސައުދު އަލް މޫޖީބް ތުރުކީއަށް ކުރެއްވި ތިންދުވަހުގެ ދަތުރުފުޅުގައި ކޮންސިއުލޭޓް ބެއްލެވުމަށްފަހު ތުރުކީގެ ޕަބްލިކް ޕްރޮސިކިއުޓަރ އަދި އިންޓެލިޖެންސް އޮފިޝަލުންނާއި ބައްދަލުކުރައްވާފައެވެ.
ސައުދީގެ ވަހާކަތައް އެކި ފަހަރު އެކި ގޮތަށް ބަދަލުކުރުމަށްފަހު ޚަޝޯގީ މަރާލާފައިވާކަމަށް އެއްބަސްވެފައިވާއިރު ތުރުކީން ކުރަމުންދާ ތަހުގީގަށް ހަގީގީ އެއްބާރުލުން ސައުދީން ދީފާނެކަމާމެދު ތުރުކީގެ އޮސް އޮފިޝަލަކު ވަނީ ސުވާލު އުފައްދާފައެވެ.
ނަން ހާމަ ނުކުރުމަށްއެދި ތުރުކީގެ އޮފިޝަލަކު އޭއެފްޕީގައި ވިދާޅުވެފައިވަނީ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާ ބެހޭ ގޮތުން ސައުދީން އެނގެން ބޭނުންވަނީ ވަރަށް އަސާސީ މައުލޫމާތެއްކަމަށެވެ.
އޭނާ ވިދާޅުވީ ސައުދީން އެއްބާރުލުން ދޭން ބޭނުންވާކަމުގެ އެއްވެސް ޝައުގުވެރިކަމެއް ނުފެންނަކަމަށެވެ.
ޚަޝޯގީ ގެއްލިފައި ވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ސައުދީގެ ކޮންސިއުލޭޓަށް ލިއުމެއް ބަލާ ދިއުމަށް ފަހުއެވެ. އޭގެ ފަހުން ކޮންސިއުލޭޓުން ނުކުމެފައި ނުވާއިރު އޭނާ މަރާލާފައިވާ ކަމަށް ތުރުކީގެ ތަހުގީގު ޓީމުން ތަކުރާރުކޮށް ބުނަމުން ދިއައިރު ސައުދީން ވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހާ ޖެެހެންދެން ވެސް އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް