25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:18
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

މަގޭ ރިޕޯޓް

ބާރުގައި ބުރުވާލި ބާރަ ނިކުމެ ބާރުގެ އަހުވަ ރައީސް ޔާމީނަށް

 • ރައީސް ޔާމީން އަޒުލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި
 • އިސްކޮށް އުޅުއްވަނީ ގޮނޑި ގެއްލުވާލި 12 މެމްބަރުން
 • ޕީޕީއެމްގެ މަޖިލިސް މެމްބަރުންވެސް ތިއްބެވީ ވޯޓު ދެއްވަން
އަހުމަދު މުހުސިނު | dhonbandaara

| 31 އޮކްޓޯބަރ 2018 | ބުދަ 16:53 | |

މަގުބޫލް

 1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
 2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
 3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
 4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
 5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
 6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
 7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
 8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ރައީސް ޔާމިން: މިއަދު ވަނީ އެކަނިވެފައި -- ޓްވިޓަރ

އަޑު އަހަނީ ކޮކަޑިކޭ މީދަލެއްގެ ވާހަކައެވެ. މީދަލުގެ އުނދަގޫ ބޮޑުވެގެން އެސޮރުމެން ހުސްކުރާން މީހަކު ލީ ވިހައެއްގެ ވާހަކައެވެ. އެލީ ކޮކަޑި ކައިގެން އެސޮރުމެން މަރު ނުވަނީސް ވެހުނު ވާރޭފެން ބޮއެގެން ދެން ކުރާންފެށި ކަންކަމުގެ ވާހަކައެވެ. ބައެއް ފަހަރަށް އެއީ ތުނޑު ހަސަނާ ޖެހުނު މީދަލޭ ވެސް ބުނެ އުޅެއެވެ.

ދައްކާން މިއުޅެނީކީ އެވާހަކައެއް ނޫނެވެ. ބޯދާ ޒަމާނުންސުރެ ދެކެވޭ އެވާހަކައަށް ވުރެ ފަހުތިބީންނަށް މިސާލު ޖަހާލަން މާ ސަޅި ވާހަކައެކެވެ. މަޝްހޫރު 12 މެމްބަރުންގެ ވާހަކައެވެ. ޕީޕީއެމުން ނުކުމެ އިސްލާހީ މަސައްކަތާ ގުޅުމާއެކު ރައްޔިތުން ހޮވި މެމްބަރުކަން ގެއްލުނު ވާހަކައެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން ޖަލުގެ ކުޑަގޮޅީގައި އޮންނަން ޖެހުނު ވާހަކައެވެ.

ގޮނޑިގެއްލުނު 12 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންނަކީ ޕީޕީއެމަކުން ހޮވުނު ބައެއް ނޫނެވެ. އެމްޑީޕީއާއި ޖޭޕީގެ މެމްބަރުންނެވެ. ނޫންނަމަ އަމިއްލަ ގޮތުންނެވެ. އެމެމްބަރުން ގެންގޮސް މުލިއާގެ ތެރެކުޑަކޮށް ޕީޕީއެމަށް ސޮއިކުރުން ވެގެން ދިޔައީ ސުމާރެއް ނެތް ފަދަ ބާރުވެރިކަމެއް ރައީސް ޔާމީނަށް ލިބުނު ކަމަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕީޕީއެމްއަށް ބުރަވި ކަމަކަށެވެ. ދެނެކާ ދެނެއް ނެތެވެ. ރައީސް ޔާމީން ބާރުތައް ދަމައިގެންނެވީކީ ތިޔަހެނެއް ނޫނެވެ. މިނިވަން މުއައްސަސާތައް ރަނގަޅަށް ތަޅު އަޅުވާލިއެވެ. ކޯޓުތައް ހެޔޮވަރުކޮށްލާ ތަގުޅިއެޅުވިއެވެ.

ލިބުނު ބާރާއެކު ހިމަރޯނުން ފަށަކާފަށެއް ޖައްސާ ބަނދެލިހެން މެމްބަރުންކޮޅު ބަނދެލިއެވެ. އެމެމްބަރުން ހިރިނުލެވޭވަރަށް އެމެމްބަރުންގެ ކުޅިފަސް އަތުލިއެވެ. އިސާހިތަކު ސިޓީ އުރަ ބެހުމާ ޗޮކްލެޓާ ޕެނަޑޯލް ބަންދުކުރުމުގައި މެޑަމް އަރިހުގައި ތިބެން ޖެހުނީ ހަމަ އެނޫން ގޮތެއް ނެތިގެންނެވެ. މުޅި ދާއިރާގައި ހިނގައިގެން ހޯދި ގިނަ ވޯޓާއެކު ލިބުނު އިއްޒަތްތެރިކަމުގެ ހަޤީގީ ބާރު ކެނޑިގެން ދިޔައެވެ.

ދެންވާ ރައްޔިތު ކޮށާރުގެ ފޫވެސް ނޯވެދާނެ ވަރަށް ވައްކަމާއި ކޮރަޕްޝަން ބޮޑުވެ ޤައުމުގެ ބޮޑުބައި ހުރަގެއަކަށް ވެދާނެތީ ގަންނާ ކުރެއްވި ބިރުން ޤައުމު ހަމަމަގަށް އަޅުވަން ޖެހޭ ކަމަށް ބުނެ އިދިކޮޅު މީހުންނާ ބައި އަތު ހިފިއެވެ. މަރާލިއަސް ޗިސްޗިސް ކޮށްލިއަސް އަދި ކުދިކޮށް ކޮށާ ކާޅަށް އުކާލިއަސް ދެނެއް ނުތިބޭނަމޭ ބުނެ ކަށިން ހިތްވަރު ނަގާފައި 12 މެމްބަރުން ނުކުތެވެ.

އެކަން ވެގެން ދިޔައީ ރައީސް ޔާމީންގެ މައިބަދައަށް ހަރާލި ވަރުގަދަ ކަށްޓަކަށެވެ. ވެރިކަން ހިފަހައްޓަށް ވިއްދާފައިހުރި ކައްތިރި އޭގެ މަޤާމުން ކައްސާލި ކަމަކަށެވެ. ހީވީ ދަށްއުޑުން ބާރަށް ގުގުރާލި ހެންނެވެ. ބުއްރާސް ޖެހި ކުކުޅެއްހެން އަޅާ އިތިކޮށް ދުއްވައިގަތެވެ. ބާކީތިބި މެމްބަރުންކޮޅު ބޭނުންކޮށްގެން ބަސްބުނި ހިނދުން 12 މެމްބަރުންގެ ގޮނޑި އަތުލައި އެމެމްބަރުން މަގުމަތިކޮށްލިއެވެ. ޤާނޫނެއް ޤާނޫން އަސާސީއެއް އަދި އިންސާނީ ހަމައެއް ބެލުމެއްނެތިއެވެ. އެމެމްބަރުން ލައްވާ އެމެމްބަރުންގެ ކަރު ދަންމަޅިއެއްގެ ގޮތުގައި އެންޓި ޑިފެކްޝަން ޤާނޫނު ފާސްކޮށްގެންނެވެ. މީހަކު ކިޔާނެހާ އެއްޗެއް ކިޔަސް ލަވާނެހާ ހަޅޭކެއް ލެވިއަސް މަށަކުވާ ނުބަލާނަމޭ ބުނެ ކޯޓުތައް މެދުވެރިކޮށް މައްސަލަ އަހަރަކަށްވުރެ ގިނަ ދުވަހު ދިގު ދަންމާލީއެވެ. ރައީސް ޔާމީނަށް ލިބިދީފައި އޮތް ބާރުވެރިކަމުގައި އެމެމްބަރުންގެ ދުވަސް ގާތްގަނޑަކަށް ދުއްވާލީއެވެ.

އެއްކަމެއްވެސް އަބަދަކު އެއްގޮތަށް ނޯންނަ ބީދައިން ކޮޅު ބަދަލު ވެއްޖެއެވެ. ޖަހާނެހާ ސަކަރާތެއް ޖަހައިގެން ގަންނާނެހާ ގަނޑެއް ގަނެގެން ވެސް އެގޮތުގައި ހުއްޓަކަ ނުދިނެވެ. އިތުރު ދައުރަކަށް ނުބަހައްޓާނަމޭ ބުނެ ރައްޔިތުން  ވޯޓުން ތަޅާ ބޮޑުތަނުން ބަލިކޮށްފިއެވެ. ކުޅިގަނޑު ބަދަލުވެ މަނާ މަންތިރިވިއެވެ. ކޯޓުތެރެއިން 12 މަންތިރި ހަޤީގީ ބާރުގައި ނިކުމެ ރަނގަޅަށް އެތުރިލައިފިއެވެ. ގަދަފައި ވިއްދާފައި ބޮނދުބުޑަށް ކިއަން އުޅުނު ސައި ނުކިއި އެޅުނު ޅަ އެއްޗާއެކު ރައީސް ޔާމީން ބަލިވި ވަގުތު 12 މަންތިރި ވަށާލައިފިއެވެ. އެރޭނެ ގޮޅި އެއްކޮށް ހުސްކޮށްލައިފިއެވެ. ރައްޔިތުން ނަގާ އެއްލާލި ބީދައިން 12 މެމްބަރުން އެފެށްޓެވީ ސީދާ ރައީސް ޔާމީނާ ކުޅޭށެވެ. ހިންދެމިލާނެ ވަގުތުކޮޅެއްވެސް ނުދޭނަމޭ ބުނެ އެމެމްބަރުން އެވަނީ އެމަނިކުފާނު އަޒުލުކުރުމުގެ މަސައްކަތް ފަށާފައެވެ. އަރުވާ ޖަހާފައި އެއް އަންބާއެއް ކިޔައިގެން ނޮވެމްބަރު 17 ގެ ކުރިން އެމަނިކުފާނު ވައްޓާލަން އެވަނީ ވާޖަހާފައެވެ. ދެންވާ ދަމައިގަންނަން ތައްޔާރަށް އޮތްއިރު ރައީސް ޔާމީންގެ ގާތުގައި ބާކީތިބި މެމްބަރުންކޮޅުވެސް އެވަނީ ވަލުގައި ހިފަން ލެފިލާފައެވެ. ފުރާޅަށް ފައިބާ އުހީގެ އުނދަގޫ ބޮޑުވެ ތިމަންމެންވެސް މިތިބީ މިރުއް ކަނޑާ ނުލެވިގެންނޭ ބުނާ ގޮތަށެވެ. މިއީ އަހަރެމެންގެ ފަހަރޭ ބުނެ ރައީސް ޔާމީންގެ އިތުބާރު ނެތްކަމަށް ނިންމުމުގައި އަތުކުރި އޮޅާލައިގެންނެވެ. ބާރު އޮތީތީ ބާރުގައި 12 މެމްބަރުންނަށާއި އެހެނިހެން މީހުންނަށް ދިން ލަގާގެ ހިތި ފިލުވާލައި ރައީސް ޔާމީނަށް އަހުވަ އެދައްކާލަނީ 12 މެމްބަރުންނަށް ލިބުނު ވަރުގަދަ ބާރުގައެވެ. މިފަހަރު ޖެހިވަޑައިގަންނަވާނީ ނިކަމެތިކަމުގައި ކުޅި ބައްލަވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް