14 ޑިސެންބަރު 2018 | ހުކުރު | 06 މުލަ
07 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:59
އަސްރު 15:25
މެންދުރު 12:05
އިރުއަރާ 06:02
ފަތިސް 04:45

ދުނިޔޭގެ އެންމެ ބޮޑު އެއާރޕޯޓް

ދުނިޔޭގެ އެންމެ ބޮޑު އެއާރޕޯޓް އިސްތަންބޫލުގައި ހުޅުވައިފި

  • އަހަރެއްގެ މައްޗަށް 90 މިލިއަން ފަތުރުވެރިންނަށް ޙިދުމަތް ފޯރުކޮށްދެވޭ
ރިޒުނާ ޒަރީރު | RiznaZareer

| 31 އޮކްޓޯބަރ 2018 | ބުދަ 15:36 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  5. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  6. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  7. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
  8. ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓްގައި އެކެއްގެ ހާލު ސީރިއަސް!


އިސްތަންބޫލު ގްރޭންޑް އެއަރޕޯޓް: ދުނިޔޭގެ އެންމެ ބޮޑު އެއަރޕޯޓް -- ގޫގުލް

ދުނިޔޭގެ އެންމެ ބޮޑު އެއަރޕޯޓް ތުރުކީގެ އިސްތަންބޫލުގައި ހުޅުވައިފިއެވެ.

ތުރުކީގެ 95 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްތަންބޫލު ގްރޭންޑް އެއަރޕޯޓް ހުޅުވައިދެއްވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރޮދުގާންއެވެ.

އެއަރޕޯޓް ހުޅުވައިދެއްވުމަށް ފަހު އޮރުދުގާން ވިދާޅުވީ މިއީ ވަރަށް އަގުހުރި މަޝްރޫއުއެއް ކަމަށާއި މިކަމުގެ ސަބަބުން ތުރުކީގެ އިގްތިޞާދު ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށެވެ.

އަލަށް ހުޅުވި އެއަރޕޯޓާއި އެކު އަތަތާކް އެއަރޕޯޓު ޑިސެމްބަރ މަހު ބަންދުކުރުމަށް ފަހު އޭވިއޭޝަން އޮޕަރޭޝަންތައް އެއަރޕޯޓަށް ބަދަލުކުރާނެ ކަމަށެވެ.

ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރ ޗަހިތް ތުރުހާން ވިދާޅުވީ ދުނިޔޭގެ ތިންބައި ކުޅަ އެއްބައި މީހުން އަލަށް ހުޅުވި އެއަރޕޯޓުގެ ޙިދުމަތް ހޯދާނެ ކަމަށެވެ.  

ފުރަތަމަ ފިޔަވަހީގެ ދަށުން އެއްފަހަރާ ފަސް ފްލައިޓަށް ޓޭކް އޮފް، އަދި އެއް ފަހަރާ ފަސް ފްލައިޓް ލޭންޑިން ކުރިއަށް ގެންދެވޭނެއެވެ. އަދި މިފިޔަވަހީގައި އަހަރެއްގެ މައްޗަށް 90 މިލިއަން ފަތުރުވެރިންނަށް ޙިދުމަތް ފޯރުކޮށްދެވޭއިރު، އެއަރޕޯޓުގެ މަސައްކަތް ނިމުމުން ހަ ރަންވޭ ބޭނުންކޮށްގެން އަހަރެއްގެ މައްޗަށް 200 މިލިއަން ފަސިޖަރުންނަށް ޙިދުމަތް ދެވޭނެއެވެ.

މި އެއަރޕޯޓަކީ އޭޝިޔާގެ ގައުމުތަކުންނާއި ޔޫރަޕުގެ ގިނަ ފަތުރުވެރިން ޙިދުމަތް ހޯދާނެ ތަނަކަށް ވެގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް