24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

ބޮލީވުޑް

މަލައިކާ އާއި އަރުޖުން އަންނަ އަހަރު ކައިވެނި ކުރަނީ؟

  • މި ދެތަރިންގެ ދެމެދުގައި ގުޅުމެއް އޮންނަ ކަމަށް އެއްބަސް ވެފައެއް ނުވޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 31 އޮކްޓޯބަރ 2018 | ބުދަ 11:05 | |

މަގުބޫލް

  1. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  2. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  3. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. ވިހަ ބަނގުރަލެއް ބޮއެގެން އައްސާމުގައި 50އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ -- ގޫގުލް

މަލައިކާ އަރޯރާ އާއި އަރުޖުން ކަޕޫރު ޑޭޓް ކުރަމުންދާ ކަމަށް އަޑުފެތުރިފައިވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. ނަމަވެސް މި ދެތަރިންގެ ދެމެދުގައި ގުޅުމެއް އޮންނަ ކަމަށް އެއްބަސް ވެފައެއް ނުވެއެވެ.

ފަހަކަށް އައިސް މި ދެ މީހުން އެކުގައި އެކިއެކި ހަފްލާތަކުން ފެނިގެން ދާތީ މީޑިއާގައި ދެކެވޭ ވާހަކަ ތަކަށް ވަނީ އިތުރު ބާރަކަށް ވެފައެވެ.

ދާދި ފަހުން މިލާން އެއަރޕޯޓްގައި މި ޖޯޑު އަތުގައި ހިފައިގެން ހިނގާފައި ދަނިކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ ވައިރަލް ވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން މިމަހުގެ 23 ވަނަ ދުވަހު މަލައިކާގެ 45 ވަނަ އުފަންދުވަސް އިޓަލީގައި ފާހަގަ ކޮށްފައި ވަނީ އަރުޖުން 33، އާ އެކުގައެވެ.

މަލައިކާ އާއި ސަލްމާން ޚާންގެ ކޮއްކޮ އަދި ބޮލީވުޑް އެކްޓަރ- ޑައިރެކްޓަރ އަރުބާޒް ޚާންގެ ކައިވެނި ރޫނުޅު ފަހުން މި ދެ ތަރިން ޑޭޓް ކުރާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ފިލްމް ފެއަރގައި ރިޕޯޓްކޮށްފައިވާ ގޮތުން އެ ދެތަރިން ދަނީ އަންނަ އަހަރު ކައިވެނި ކުރުމަށް ތައްޔާރު ވަމުންނެވެ.

ދާދި ފަހުން ޓީވީ ޝޯ "އިންޑިއާސް ގޮޓް ޓެލެންޓް"ގައި ވެސް މަލައިކާގެ އަތުގައި ހިފައިގެން ސްޓޭޖަށް އެރި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

މަލައިކާ އާއި އަރުބާޒް ޚާން ކައިވެނި ކޮށްފައި ވަނީ 1998 ވަނަ އަހަރުއެވެ.

މި ދެމީހުން ސެޕަރޭޓް ވެފައި ވަނީ 2016 ވަނަ އަހަރުގެ މާރޗް މަހުގައެވެ. އަދި އެ ދެމީހުން ވަރިވެފައި ވަނީ މިއަހަރުގެ މެއި މަހުއެވެ. މަލައިކާ އާއި އަރްބާޒް ޚާން އަށް ވަނީ ފިރިހެން ދަރިފުޅަކު ލިބިފައެއެވެ. ފިލްމް ޕރޮޑިއުސަރ ބޮނޭ ކަޕޫރުގެ ހަމައެކަނި ފިރިހެންދަރިފުޅު އަރުޖުން ކަޕޫރު އަދި ކައިވެންޏެއް ކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް