11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ބޮލީވުޑް

'ބާޒާރު' އަށް ލިބެމުންދާ ތަރުހީބުން ސައިފް ހުރީ ހިތްހަމަޖެހިފައި

  • ފިލްމަށް ޖުމްލަ މިހާތަނަށް ވަނީ ބޮކްސް އޮފީހުގައި 13.63 ކްރޯޑް ރުޕީސް ލިބިފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 31 އޮކްޓޯބަރ 2018 | ބުދަ 08:54 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ސައިފް އަލީ ޚާން -- ގޫގުލް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ސައިފް އަލީ ޚާންގެ ފިލްމް "ބާޒާރު" ކުޅުމަކީ ބޮޑު ރިސްކެއް ކަމަށާއި އަދި އެ ފިލްމަށް ލިބެމުންދާ ކާމިޔާބީއާ ދޭތެރޭ ވަރަށް އުފާވާކަމަށް އޭނާ ބުނެފިއެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ބުނެފައިވާ ގޮތުން ފިލްމް ރިލީޒް ކުރި ހުކުރު ދުވަހު މި ފިލްމަށް ބޮކްސް އޮފީހުގައި 3.07 ކްރޯޑް ރުޕީސް ލިބިފައި ވެއެވެ. ހޮނިހިރު ދުވަހު 4.10 ކްރޯޑް ރުޕީސް ލިބިފައިވާ އިރު އާދިއްތަ ދުވަހު މި ފިލްމަށް ލިބިފައި ވަނީ  4.76 ކްރޯޑް ރުޕީސްއެވެ. އަދި ހޯމަ ދުވަހު މި ފިލްމަށް ވަނީ 1.70 ކްރޯޑް ރުޕީސް ލިބިފައެވެ. މި ފިލްމަށް ޖުމްލަ މިހާތަނަށް ވަނީ ބޮކްސް އޮފީހުގައި 13.63 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

ގައުރަވް ކޭ. ޗައުލާ ޑައިރެކްޓްކޮށް ނިކިލް އަދްވާނީ އާއި އަޖޭ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ މާލީ މައްސަލަތަކެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ކްރައިމް ތްރީލާއެކެވެ.

ސައިފް އާއި ރާދިކާ އަޕްޓޭގެ އިތުރުން މި ފިލްމުގައި ދެން ފެނިގެންދާނީ ރޯހަން މެހެރާ އާއި ޗިތްރަންގަޑާ ސިންގްއެވެ. އަދި މި ފިލްމަކީ މި ދެ ތަރިންގެ ފުރަތަމަ ފިލްމެވެ.

ފަހަކަށް އައިސް އުމުރުން 48 އަހަރުގެ ސައިފް ކުޅެފައިވާ ފިލްމްތައް ވަނީ ފްލޮޕް ވެފައެވެ. ނަމަވެސް އޭނާ ކުޅެފައިވާ ނެޓް ޕްލިކްސް އިން ދެއްކި ސީރީޒް "ސެކްރެޑް ގޭމްސް" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އޭގެ ދެވަނަ ސީޒަނެއްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މީގެ އިތުރުން "ހަންޓާ" ކިޔާ ފިލްމެއްގައި ވެސް ސައިފް ދަނީ މަސައްކަތް ކުރަމުންނެވެ. ސައިފް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ޝެފް" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް