
| 31 އޮކްޓޯބަރ 2018 | ބުދަ 08:39 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ގާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ވަގުތުން ފެށޭނެ ގޮތް ހައްދަވައި ދެއްވުމަށް މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ރައީސް ސިރިސެނާއަށް ދަންނަވައިފިއެވެ.
ރައީސް ސިރިސެނާއަށް ޖަޔަސޫރިޔާ ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ގާނޫނުހަދާ މަޖިލީހުގެ 125 މެމްބަރު ޖަލްސާތައް ފައްޓަވައިދެއްވުން އެދި އެމަނިކުފާނަށް ދަންނަވާފައިވާ ކަމަށެވެ.
ގައުމަށް ސިޔާސީ ގޮތުން ހަމަޖެހުން ގެނެވޭނެ ހަމައެކަނި ގޮތަކީ މަޖިލީހުގެ ޖަލްސާތައް ފެށިގެން ކަމަށް މަޖިލީހުގެ ރައީސް ވަނީ ދަންނަވާފައެވެ.
މަޖިލީހުގެ ރައީސް ވިދާޅުވެފައި ވަނީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ، އިލަންގައި ތަމިލް އަރަސޫ ކަޗީ، ޖަނަތަ ވިމުކްތީ ޕެރަމުނާ އަދި ސްރީލަންކާ މުސްލިމް ކޮންގްރެސް އިން ވަނީ ޖަލްސާތައް ފެށުމަށް ދަންނަވާފައެވެ.
"މަޖިލީހުގެ ރައީސްއެއްގެ ހައިސިއްޔަތުން އެ ވާހަކަތައް އަޑުއެހުމަކީ އަޅުގަނޑުގެ ވާޖިބެއް އަދި ޒިންމާއެއް" ޖަޔަސޫރިޔާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން ކުށެއް ނެތް ދެ މީހުން މަރުވެ އެތައް ސަރަހައްދެއްގައި އާއްމު ދިރިއުޅުމަށް ވަނީ އުނދަގޫވެފައި ކަމަށް ޖަޔަސޫރުޔާ ވަނީ ވިދާޅުވެފައެވެ.
ސްރީލަންކާގެ ސިޔާސީ މަސްރަހު ހޫނުވެގެންދިޔައީ މިދިޔަ ހުކުރު ދުވަހު ބޮޑުވަޒީރުކަމުގެ މަގާމުން ރަނިލް ވިކްރަމަ ސިންހަ ވަކިކޮށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސަ މަގާމަށް އައްޔަން ކުރެއްވުމާ އެކުއެވެ.
ބޮޑުވަޒީރުކަމުގެ ހުވައި ރާޖަޕަކްސަ ކުރެއްވީ ޤާނޫނާ ޚިލާފަށް ކަމަށް ރަނިލް ވިދާޅުވެއެވެ. އަދި މަޖިލީހުގެ ރައީސް ވެސް ވަނީ އަދިވެސް ބޮޑުވަޒީރަކީ ރަނިލް ކަމަށް ވިދާޅުވެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް