11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ބްރެޑް ޕިޓް

ބްރެޑް ޕިޓް މީގެ ފަހުން މަޝްހޫރު މީހަކާ ޑޭޓް ނުކުރާނެ!

  • އެންޖެލީނާ ޖޯލީ އާއި ބްރެޑްގެ ކައިވެނި ރޫޅުނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު
ލީވާން އަލީ | MrLeevaan

| 31 އޮކްޓޯބަރ 2018 | ބުދަ 07:03 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ބްރެޑް ޕިޓް (ކ) އަދި އެންޖެލީނާ ޖޯލީ (ވ) -- ފޭސްބުކް

ހޮލީވުޑްގެ ތަރި ބްރެޑް ޕިޓް މީގެ ފަހުން މަޝްހޫރު މީހަކާ "ޑޭޓް" ނުކުރާނެ ކަމަށް އޭނާގެ ގާތް މީހަކު ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބްރެޑް ޕިޓްގެ ގާތް މީހާ ބުނީ ބްރެޑް ޕިޓް އާއި އެކްޓްރެސް އެންޖެލީނާ ޖޯލީ ވަރިވި ފަހުން އޭނާ މަޝްހޫރު މީހުންނާ "ޑޭޓް" ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި، އޭނާ ގުޅުން ބޭއްވިޔަސް ބާއްވާނީ މަޝްހޫރު ނޫން މިހާކާ ކަމަށެވެ. 

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ފާއިތުވެދިޔަ މަސް ތަކުގައި ބްރެޑް ޕިޓް އަންނަނީ ބައެއް އަންހެނުންނާ އެކު ވަގުތު ހޭދަކުރަމުންނެވެ. 

ހޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އެންޖެލީނާ އާއި ޕިޓްގެ ކައިވެނި ރޫޅާލުމަށް ކޯޓަށް ވެއްދީ 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެ ދެ މީހުން ވަކިވާން ނިންމި އިރު، ހަ ކުދިން އެބަތިއްބެވެ. އޭގެ ތެރޭގައި އެޑަޕްޓްކޮށްފައިވާ ކުދިން ވެސް ހިމެނެއެވެ. ދެ މީހުން ވަކިވި ފަހުން ދަރިން ތިބެނީ އެންޖެލީނާގެ ކައިރީގައެވެ. އަދި ދަރިންނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ޕިޓަށް އޮވެއެވެ.

އެންޖެލީނާ އާއި ޕިޓް ކައިވެނި ކުރީ 2014 ގައެވެ. ނަމަވެސް އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން ކައިވެނި ރޫޅާލަން ނިންމި ސީދާ ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޕިޓްގެ ކައިރިން ވަރިވާން އެންޖެލީނާ ނިންމީ ބޭވަފާތެރިވުމާއި ދަރިއަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް