25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:18
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

ބޮލީވުޑް

'ބާރަތު'ގެ ޝޫޓިންގައި ނަގާފައިވާ ފޮޓޯތަކެއް ލީކްވެއްޖެ

  • މި ފިލްމްގައި ސަލްމާންގެ ތަފާތު ފަސް ސިފައެއް ފެނިގެން ދާނެ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 31 އޮކްޓޯބަރ 2018 | ބުދަ 06:59 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ސަލްމާން ޚާން -- ގޫގުލް

ސަލްމާން ޚާންގެ ފިލްމް "ބާރަތު"ގައި އޭނާގެ ތަފާތު ފަސް ސިފައެއް ފެނިގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެފައި ވަނިކޮށް އެ ފިލްމުގައި ސަލްމާން ފެނިގެންދާނެ ދެ ސިފައެއްގެ ފޮޓޯ ލީކް ވެއްޖެއެވެ.

ސަލްމާންގެ ފޭން ކްލަބުން ހިއްސާކޮށްފައިވާ މި ދެ ފޮޓޯގެ ތެރެއިން އެއް ފޮޓޯގައި ސަލްމާން ފެނިގެން ދަނީ ގަޔަށް ބާރުކޮށް ހުރި ގޮޅި ޖެހި ގަމީހެއްގައެވެ. އަނެއް ފޮޓޯގައި ސަލްމާން ފެނިގެން ދަނީ ވެއިސްޓް ކޯޓެއްގައި އިސްތަށިގަނޑު ފަހަތަށް ވާގޮތަށް ބޮލީގައި ފުނާ އަޅާފައި ހުއްޓައެވެ. މި ފޮޓޯ ބެލެވެނީ އަބޫދާބީގައި ޝޫޓިން ކުރިއަށް ދިޔައިރު ސެޓްގައި ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މި ފިލްމްގައި ސަލްމާންގެ އުމުރުން 18 އަހަރާއި 70 އަހަރާ ދެމެދުގެ ފަސް ސިފައެއް ފެނިގެން ދާނެއެވެ. އެގޮތުން ސަލްމާން އޭނާގެ ޒުވާން ދުވަސްވަރު ކެރިއަރ ފެށުނުއިރު ކުޅެފައިވާ ފިލްމް މައިނޭ ޕްޔާރްކިޔާ އިން ފެނިގެންދާ ގޮތުން ފެށިގެން މިހާރާއި ހަމައަށް ދައްކުވައިދޭނެއެވެ.

މީގެ ކުރިން ވެސް ވަނީ "ބާރަތު"ގެ ސެޓްގައި އޭނާގެ ފޭންއަކާ އެކު ނަގާފައިވާ ފޮޓޯއެއް ލީކް ވެފައެވެ.

އަލީ ވެސް ވަނީ "ބާރަތު"ގެ އޮފިޝަލް ޕޭޖްގައި އެ ފިލްމްގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. ނަމަވެސް އެ ފޮޓޯގައި ސަލްމާންގެ ސިފަ އެހާ ބޮޑަށް ސާފެއް ނުވެއެވެ.

"ބަރާތު"ގައި ސަލްމާނާ އެކު ކުރިން ލީޑް ރޯލް ކުޅުމަށް ހަމަޖެހިފައި އޮތީ ޕްރިޔަންކާ ޗޯޕްޅާއެވެ. ނަމަވެސް އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނި ކުރުމަށް ޕްރިޔަންކާ ވަނީ އެ ފިލްމް ދޫކޮށްލާފައެވެ. އެ ރޯލަށް ފަހުން ހަމަޖައްސާފައި ވަނީ ކެޓްރީނާ ކައިފެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ 5 ގައި ރިލީޒްކުރާ މި ފިލްމް "ބާރަތު" ގައި ސަލްމާން އާއި ކެޓްރީނާގެ އިތުރުން މުހިއްމު ރޯލްތަކުގެ ފެނިގެންދާ ތަރިންގެ ތެރޭގައި ތައްބޫ އާއި ދިޝާ ޕަޓާނީ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އައްޔު

5 މަސް ކުރިން

ލީކް އެއް ނުވި އެއްނު. ލީކް ވިނަމަ މި ޚަބަރުގަ ޖަހަން ވާނެ ދޯ. މޮޅެތި އެއްޗެހި ލިޔަންވާނެ

0
0
Idhuris

5 މަސް ކުރިން

Leak v 5 balan mi vadhelany. Ekam noohugai suruhee molhugothaka jahaalevuneema kaleymenah nimunee. Mashaves thihen report liyevidhaane muhanmaa kalo bunaahen bunnhe bunnhey kiyaafa

2
0