11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ބޮލީވުޑް

ޕްރިޔަންކާ ކައިވެންޏަށް ތައްޔާރުވާން ފަށައިފި

  • ޕްރިޔަންކާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 31 އޮކްޓޯބަރ 2018 | ބުދަ 06:43 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


މަޝްހޫރު ފިލްމީތަރި ޕްރިޔަންކާ ޗޯޕްޅާ -- ގޫގުލް

ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނި އަންނަ ޑިސެމްބަރު މަހު 2 ގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފައި ވަނިކޮށް ޕްރިޔަންކާގެ އާއިލާ އާއި ރަހުމަތްތެރިން މިވަނީ ނިއުޔޯކްގައި އޭނާގެ ބްރައިޑަލް ޝަވަރ ފާހަގަ ކޮށްފައެވެ.

ޕްރިޔަންކާ ވަނީ އޭނާގެ އިންސްޓަގްރާމުގައި ބްރައިޑަލް ޝަވަރ ފާހަގަކުރި ކުރި އިރު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކޮށްފައެވެ.

ޕްރިޔަންކާގެ ބްރައިޑަލް ޝަވަރއަށް ދިޔަ ގާތް އެކުވެރިންގެ ތެރޭގައި ލުޕިޓާ ނަޔޯންގޯ އަދި ކެލީ ރިޕާގެ އިތުރުން ވެސް ގިނަ ރައްޓެހިން ހިމެނެއެވެ.

ފިލްމް މޭކަރ މުބީނާ ރެޓޯންސޭ އާއި އޭނާގެ އަންޖުލާ އަޗާރިއާއަށް ޕްރިޔަންކާ ވަނީ އެހާ ފުރިހަމަ ބްރައިޑަލް ޝަވަރއެއް ބާއްވަދީނީތީ ޝުކުރު އަދާކޮށްފައެވެ.

ޕްރިޔަންކާ ހިއްސާ ކޮށްފައިވާ ވީޑިއޯގައި އޭނާގެ މަންމަ މަދޫ ޗޯޕްޅާ އާއި ނިކްގެ މަންމަ  އެޑެނީސް ރިޗާޑް އަދި އޭނާގެ އެކުވެރިންނާ އެކު ނަޝާ ވީޑިއޯއެއް ހިއްސާ ކޮށްފައެވެ. އޭގެ ތެރޭގައި ޕްރިޔަންކާގެ އެކުވެރި ހޮލީވުޑް ތަރި ލުޕިޓާ ނަޔޯންގޯ އަދި ކެލީ ރިޕާ ހިމެނެއެވެ.

ޕްރިޔަންކާގެ ބަރައިޑަލް ޝަވާގައި އޭނާ ލާފައި ހުރީ ގައުން އެކެވެ. އަދި ކަރުގައި ވަނީ ހިމަ ޑައިމަންޑް ނެކްލޭސްއެއް އަޅާފައެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ އާއި ނިކް ވަނީ އެ މީހުންގެ ކައިވެނީގެ ހަފްލާ ޖޯދްޕޫރުގައި ބާއްވަން ފައިނަލްކޮށްފައެވެ. ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ މެހްރަންގަތު ފޯޓްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕްރިޔަންކާ އާއި ނިކް އެންގޭޖް ކޮށްފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 18 ގައެވެ. އެ ދެ މީހުންގެ އެންގޭޖްމެންޓް ހަފްލާ ބާއްވާފައި ވަނީ އިންޑިއާގެ ސަގާފަތާ އެއްގޮތަށް މުމްބާއީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް