11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ދިވެހި ލަވަ

ލަވަފޮށީގެ އާޓިސްޓް ރޭންކިންގައި އަލީ ރަމީޒު ފަހަތަށް ޖައްސާލައި މާޓު އެއްވަނައަށް

  • ދުވާލަކު 300 އެއްހާ މީހުން މި އެޕްލިކޭޝަން އަލަށް ބޭނުންކުރަން ފަށާ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 31 އޮކްޓޯބަރ 2018 | ބުދަ 06:36 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


މާރޯކާ އަލްބަމްގެ ޕޯސްޓަރެއް -- އާކައިވް

ރާއްޖޭގެ އެންމެ މަޤުބޫލު އޯޑިއޯ ސްޓްރީމިންގ ޕްލެޓްފޯމް، ލަވަފޮށީގެ އާޓިސްޓް ރޭންކިންގެ އެންމެ އުހުގައި ގިނަ ދުވަސްތަކެއް ވަންދެން ރަސްކަން ކުރަމުންދިޔަ ކުރީގެ މަޝްޙޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ފަހަތަށް ޖައްސާލައި، ސިމްބޮލިކް ރިކޯޑްސްގެ އާޓިސްޓް މުޙައްމަދު މާހިދު (މާޓު) އެ ލިސްޓުގެ އެއްވަނައަށް އަރައިފިއެވެ.

މީގެ އެއް އަހަރާއި ދެ މަސް ކުރިން ލޯންޗްކުރި ލަވަފޮށި އެޕްލިކޭޝަން މިހާރު 60،000 އަށް ވުރެ ގިނަ މީހުން ބޭނުންކުރަމުންދާއިރު، ދުވާލަކު 300 އެއްހާ މީހުން މި އެޕްލިކޭޝަން އަލަށް ބޭނުންކުރަން ފަށާ ކަމަށް ލަވަފޮށި ޓީމުން ބުނެއެވެ.

ލަވަފޮށީގައި މާޓުއަށް މިވަރުގެ މަޤުބޫލުކަމެއް ލިބިގެން ގޮސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ރިލީޒްކުރި އޭނާގެ ސޯލޯ އަލްބަމް "މާރޯކާ"، ސެޕްޓެމްބަރ 19 ވަނަ ދުވަހު އެ އެޕްލިކޭޝަނުގައި ހިމެނުމުންނެވެ. ޖުމްލަ 12 ދުވަހުގެ ތެރޭގައި "މާރޯކާ" ވަނީ ލަވަފޮށީގައި އެންމެ މަޤުބޫލު އަލްބަމްގެ މަޤާމު ވެސް ހޯދާފައެވެ.

ގިނަ ދުވަސްތަކަކަށް ފަހު ލަވަފޮށީގެ އާޓިސްޓް ރޭންކިންގއަށް މި އައި ބަދަލާ ގުޅިގެން ލަވަފޮށީގެ މެނޭޖްމަންޓުން ބުނީ، ޒުވާން ދިވެހި އާޓިސްޓަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާބޮޑު ތަރުހީބެއް ލިބިގެންދިއުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

ސިމްބޮލިކް ރިކޯޑްސްގެ އާޓިސްޓަކަށް ލިބުނު މި ކާމިޔާބާއި ގުޅިގެން އެ ލޭބަލްއިން ވަނީ މިއީ ޒުވާނުންގެ މެދުގައި ރެޕް މިއުޒިކަށް އޮތް މަޤުބޫލުކަން އިތުރުވަމުންދާކަން ހާމަވާ ކަމެއްކަން ފާހަގަކޮށް، މި ކާމިޔާބީއާ މެދު ފަޚުރުވެރިވާކަން ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް