25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:18
މަޣްރިބް 18:18
އިޝާ 19:29

ލަންކާގެ ސިޔާސީ މަސްރަހު

ރަނިލްއަށް ތާއީދުކޮށް ލަންކާގައި ބޮޑު ހިނގާލުމެއް

  • ރަނިލް މަގާމުން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށްކަމަށް އެތައް ބަޔަކުދަނީ ބުނަމުން
އަބުދުﷲ މުހައްމަދު | 8Abbo

| 30 އޮކްޓޯބަރ 2018 | އަންގާރަ 19:07 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


މުޒާހަރާގައި އެތައް ހާސް ބަޔަކުވަނީ ބައިވެރިވެފައި -- އޭޕީ

 

ބޮޑުވަޒީރުކަމުގެ މަގާމުން ވަކިކުރި ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައަށް ތާއީދުކޮށް އެތައް ހާސް ބަޔަކު ވެރިރަށް ކޮލަމްބޯގައި މުޒާހަރާ ކޮށްފިއެވެ.

ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީން(ޔޫއެންޕީ) އަންގާރަ ދުވަހު ކުރި މުޒާހަރާ ފަށާފައިވަނީ އެ މަނިކުފާނުގެ ރަސްމީ ގެކޮޅު ކުރިމަތީގައެވެ.

ބޮޑުވަޒީރުކަމުގެ މަގާމުން ވަކިކުރުމަށް ފަހު އެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވާފައިވާއިރު ރަނިލް އަދިވެސް ދިރިއުޅުއްވަނީ ރަސްމީ ގެކޮޅުގައެވެ.

"މަގާމުން ވަކިކުރުމާ އަޅުގަނޑުމެން ދެކޮޅު ރައްޔިތުން ސިރިސެނާއަށް ވޯޓްދިނީ މިގޮތަށް ކަންތައްކުރާކަށް ނޫން" އެއްވެފައިވާ މީހުންނާ މުޚާތަބް ކުރައްވައި ރަނިލް ވިދާޅުވިއެވެ.

"ރައީސް އެ ކުރެއްވި ކަންތަކަށް އަޅުގަނޑުމެން ދެކޮޅު ހަދާނަން" 

ވަރަށް އަވަސްގޮތަކަށް ރާވާލެވިގެން ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު މުޒާހަރާގެ ބައިވެރިންތިބީ ޔޫއެންޕީގެ ކުލަ ކަމަށްވާ ފެހި ކުލައިގެ ތޮފިއަޅައިގެންނެވެ.

މުޒާހަރާއާ ގުޅިގެން އެތައް މަގެއް ވަނީ ބަންދު ކޮށްފައެވެ.

ސްރީލަންކާގެ ސިޔާސީ މަސްރަހު ހޫނުވެގެންދިޔައީ މިދިޔަ ހުކުރު ދުވަހު ބޮޑުވަޒީރުކަމުގެ މަގާމުން ރަނިލް ވިކްރަމަ ސިންހަ ވަކިކޮށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތު ތަކެއް ކުރެވޭ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސަ މަގާމަށް އައްޔަން ކުރެއްވުމާއެކުއެވެ.

ބޮޑުވަޒީރުކަމުގެ ހުވައި ރާޖަޕަކްސަ ކުރެއްވީ ޤާނޫނާއި ޚިލާފަށް ކަމަށް ރަނިލް ވިދާޅުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް