
| 30 އޮކްޓޯބަރ 2018 | އަންގާރަ 16:35 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އިންޑިޔާގެ އެންމެ ބޮޑު ލޯ ކޮސްޓް އެއަރލައިން އިންޑިގޯގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެއެވެ.
ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިންޑިގޯގެ ދަތުރުތައް ފަށަން ތައްޔާރު ވަމުންދާއިރު މިއީ އެ އެއަރލައިންގެ 13 ވަނަ ބައިނަލްއަޤްވާމީ މަންޒިލް ކަމަށް ވަނީ އިއުލާން ކޮށްފައެވެ.
އެގޮތުން ކޮންމެ ދުވަހަކު މާލެ-ކޮޗިން އަށް ދަތުރުތައް ބާއްވާއިރު މާލެ- މުމްބާއީ އާއި ދެމެދު ހަފްތާއަކު ފަސް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ- ބެންގަލޫރުއާއި ދެމެދެ ހަފްތާއަކު ދެ ދަތުރު ކުރުމަށް ޝެޑިއުލް ކޮށްފައިވެއެވެ.
މިފްލައިޓްތަކަކީ ބިޒްނަޒް ކްލާސްއާއި އެކު އެންމެ ހެޔޮ އަގުގައި ދަތުރުތައް ކުރުމަށް ތައްޔާރު ކޮށްފައިވާ އެއަރލައިންތަކަށްވާއިރު އިންޑިގޯ ވެބްސައިޓުން ދަތުރުތަކަށް ބުކިން ހެދޭނެ ކަމަށް އެއަރލައިނުން ވަނީ ބުނެފައެވެ.
އަލަށް ފަށާ މިމަންޒިލްތަކާއި އެކު މާލެ-ކޮޗިން، މާލެ- މުމްބާއި، މާލެ- ބެގަލޫރަށް އޯލް އިންކްލޫސިވް ފެއަރ ފަށާނީ 80 ޑޮލަރުން ކަމަށް އިންޑިގޯއިން ވަނީ ހާމަކޮށްފައެވެ.
އިންޑިގޯގެ ޗީފް ކޮމާޝަލް އޮފިސަރ ވިލިއަމް ބޯލްޓާރ ވިދާޅުވެފައިވަނީ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ދަތުރުތައް ފެށޭތީ އެކަމާއި ވަރަށް އުފާކުރާ ކަމަށާއި އިންޑިޔާގެ އެންމެ ހިތްގައިމު ތިން މަންޒިލަށް ދަތުރުތައް ފެށުމަކީ މިތަންތަނުގެ ރީތިކަން ކުޑަ އަގަގެއްގައި ދެ ގައުމުގެ ފަތުރުވެރިންނަށް ވެސް ބަލާލެވޭނެ ރަނގަޅު ފުރުޞަތެއް ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންގެ ޑިމާންޑަށް ބެލުމަށް ފަހު އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށާނެ ކަމަށް ވެސް ބޯލްޓަރ ވަނީ ވިދާޅުވެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް