11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ދެކުނު ޗައިނާ ކަނޑުގެ މައްސަލަ

ހަނގުރާމައަށް ތައްޔާރުވުމަށް އަސްކަރިއްޔާގެ ވެރިޔާއަށް ޗައިނާގެ ރައީސް އަމުރުކުރައްވައިފި

  • ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައި
އާމިނަތު ނުޒުހާ | nuzu8121

| 30 އޮކްޓޯބަރ 2018 | އަންގާރަ 00:59 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައި -- އަލްޖަޒީރާ

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ނުތަނަވަސްކަން ބޮޑުވަމުންދާއިރު، ހަނގުރާމައަށް ތައްޔާރުވުމަށް ޗައިނާގެ ރައީސް ޝީ ޖިންގ ޕިން އެގައުމުގެ އަސްކަރިއްޔާގެ ވެރިޔާއަށް އަންގަވައިފިއެެވެ.

ޗައިނާއިން އެ ގައުމުގެ ޓެރިޓަރީގެ ގޮތުގައި ބަލާ ސަރަހައްދުން އިންޗިއެއް ވެސް ދޫ ނުކުރާނެ ކަމަށް އެ ގައުމުން ބުނެއެވެ.

އެމެރިކާއިން ޗައިނާގެ އަސްކަރިއްޔާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި، ވިޔަފާރީގެ ހަނގުރާމަ އާއި، ޓައިވާނަށް ވޮޝިންގޓަނުން މަދަދު ދިނުމާއި، ދެކުނު ޗައިނާ ކަނޑުގައި އެމެރިކާގެ އަސްކަރިއްޔާއިން ބާއްވާ ޑްރިލްތަކުގެ ސަބަބުން ޗައިނާ އޮތީ ރުޅިއައިސްފައެވެ.

އަމިއްލަ ވެރިކަމެއް ހިނގަމުންދާ އަދި ޗައިނާއިން އެ ގައުމުގެ ބައެއްގެ ގޮތުގައި ދެކޭ ޓައިވާން ކަމަށްވިޔަސް ނުވަތަ ޚިލާފް އުފެދިފައިވާ ސައުތު ޗައިނާ ކަނޑުވިޔަސް އެންމެ އިންޗިއެއް ވެސް ދޫނުކޮށްލާނެ ކަމަށް ޗައިނާއިން ބުނެއެވެ.އަދި ޓައިވާނަކީ ޗައިނާގެ އެންމެ ބޮޑު މަސްލަހަތު ކަމަށާއި ބޭރުގެ އެއްވެސް ބަޔަކު ދެކުނު ޗައިނާ ކަނޑުގައި އެބައެއްގެ ބާރުތައް ދައްކާލުމަކީ ޗައިނާ އިން ދެކޮޅު ހަދާ ކަމެއް ކަމަށްެވެސް ޗައިނާއިން ވަނީ ބުނެފައެވެ.

އެމެރިކާއިން ޓައިވާނުގެ ކަނޑުގެ ސަރަހައްދަށް ހަނގުރާމަ މަތީ ދެ މަނަވަރު ފޮނުވާފައިވާއިރު މިއީ އެ ގައުމުން މިފަދަ އޮޕަރޭޝަނެއް އެ ސަރަހައްދުގައި ހިންގާ ދެވަނަ ފަހަރެވެ.

ޗައިނާގެ ރައީސް ވަނީ ކަނޑުގެ ސަރަހައްދު ބެލެހެެއްޓުމުގައި ހަރަކާތްތެރިވާން ސިފައިންނަށް އިތުރު ހަތިޔާރާއި ތަމްރީންވެސް ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި ދެކުނު ޗައިނާ ކަނޑު ބެލެހެއްޓުން އިތުރަށް ވަރުގަދަކުރުމަށް ޝީ ވަނީ އެގައުމުގެ ސިފައިންނަށް އަންގަވާފައެވެ.

ޗައިނާ އިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ ވެސް ޗައިނާގެ ބައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް