26 މާރޗް 2019 | އަންގާރަ | 02 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

ވެރިކަން ބަދަލުކުރުމުގެ މަރުހަލާ

އާ ސަރުކާރު އެކުލަވާލުމުގެ މަރުހަލާގެ މައުލޫމާތަށް ރައްޔިތުން ވަނީ ފެން ބޮވައިގެންފައި، ހާމަކަން ބޮޑުކުރަންޖެހޭ!

 • އައު ސަރުކާރު އެކުލެވިގެންދާނެ ގޮތާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރަންޖެހޭ
 • ޕާޓީތަކަށް ސްލޮޓްތައް ބެހިފައިވާގޮތުގެ ތަފްސީލްތައް ރައްޔިތުންނަށް އެނގެންޖެހޭ
 • ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރިއަށްގެންދާ މަޝްވަރާތަކުގެ ތަފްސީލްތައް ހާމަކުރަންޖެހޭ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 29 އޮކްޓޯބަރ 2018 | ހޯމަ 21:15 | |

މަގުބޫލް

 1. އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
 2. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
 3. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
 4. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
 5. ތުޅާދޫ ދާއިރާގެ ކެންޑިޑޭޓަށް ކުރި ތާއިދު ޕީޕީއެމުން އަނބުރާ ގެންގޮސްފި
 6. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
 7. ވެލާ ރިސޯޓުގެ ފަރާތުން 43 މިލިއަން ޑޮލަރު ހޯދަން އަމިއްލަ މީހަކު ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު!
 8. ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލްއާ ކައިވެނި ކުރަން ރިހާނާ ތައްޔާރުވީތަ؟


24 ސެޕްޓެމްބަރ 2018 ގައި ބޭއްވި އުފާ ފާޅުކުރުމުގެ އެއްވުމުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަރުހާން

ނިމިދިޔަ ރިޔާސީ އިންތިހާބު، އިންތިހާބީ ރައީސްް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރެއްވީ ހާމަކަން ބޮޑު ސަރުކާރެއް ޤާއިމްކުރައްވާނެކަމުގެ ވައުދާއެކު އެވެ. ދެ ފުށްފެންނަ، ނޫސްވެރިންނާއި ގާތުން މަސައްކަތްކުރާ ސަރުކާރެއް ޤާއިމްކުރައްވާނެކަމުގެ ވައުދާއެކު އެވެ.

އިންތިހާބު ނަތީޖާއަށްފަހު، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް ކުރިއަށްދާއިރު، އައު ސަރުކާރު އުފެއްދުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް އިންތިހާބީ ރައީސްގެ ޓީމުން ހާމަކުރެ އެވެ. ކޮމެޓީތަކުން މިނިސްޓްރީތަކާއި، ކުންފުނިތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ހާލަތު ދިރާސާކުރަމުންދާއިރު، އިސް ބޭފުޅުންނާއި މަޝްވަރާކޮށް، އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް އިންތިހާބީ ރައީސާއި، ނައިބް ރައީސްވެސް ބާރު ސްޕީޑެއްގައި ކުރިއަށްގެންދާ މަންޒަރު ފެނިގެންދެ އެވެ.

ބައެއް މިނިސްޓްރީތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތަކަށް އެއްބާރުލުން ނުދިން ނަމަވެސް، އިންތިހާބީ ރައީސްގެ ޓީމަށް މަރުހަބާކިޔާ މިނިސްޓްރީތަކާއި، ކުންފުނިތައް މަދެއް ނޫނެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ބޮޑެތި މަޝްވަރާތައް ބާއްވައި، ބޮޑެތި ދިރާސާތައްވެސް ހަދަ އެވެ. ނަމަވެސް މި މަރުހަލާގެ މަސައްކަތްކާއި، އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތްތަކުގެ ތެރެއިން މަދުވާ ކަމަކީ މައުލޫމާތު ހާމަކުރުމެވެ.

ޓްރާންސިޝަން ކޮމެޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ޓްރާންސިޝަން ޓީމްގައި އިސްކޮށް އުޅުއްވާ ބޭފުޅުން ދޭތެރެއިން ނޫސްްވެރިންގެ ބައްދަލުވުންތައް ބޭއްވި ނަމަވެސް، އެ ބައްދަލުވުންތަކުގައި މުޅިންވެސް އެ ބޭފުޅުން ހިއްސާކުރައްވާ މައުލޫމާތެއްގެ ގޮތުގައި އޮންނަނީ އެވަނި މިނިސްޓްރީއަކަށް ވަޑައިގެންނެވި ވާހަކައާއި މިވެނި މިނިސްޓްރީއަކުން އެއްބާރުލުން ނުލިބުނު ވާހަކަ އެވެ. އެޗްޑީސީން ޕްރޮޖެކްޓެެއް އިއުލާންކުރި ވާހަކައާއި، އެހެން ކުންފުންޏަކުން މި މަރުހަލާގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒިފުންތަކެއް ނަގައި، ބޮޑެތި ޕްރޮމޯޝަންތަކެއް ދެމުންގެންދާ ވާހަކަ އެވެ.

ރައްޔިތުން ނުކުމެ ކުރި ބުރަ މަސައްކަތުން ހިންތިޚާބުކޮށް އާ ސަރުކާރެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަންކަމާއި، އެއްކުރެވުނު މައުލޫމާތުތަކުގެ ވާހަކަތަކަކީ ކޮބައިކަން އެނގުމަށް އެ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާއިރު، ހާމަކުރެވެން ހުރި މިންވަރަކަށް މައުލޫމާތު  ހާމަކުރަމުން ދިއުން މުހިންމެވެ. މިހާރު މި އޮތް ރައީސް ޔާމީންގެ ސަރުކާރުން އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހްމަތުތައް ހުރިއިރު، މިނިސްޓްރީތައް އޮތް ހާލަތާއި، އެ މިނިސްޓްރީތަކުން ކޮށްފައި ހުރި ކަންތައްތަކުގެ މައުލޫމާތާއި، ކުންފުނިތައް އޮތް ހާލަތާއި، އެ ކުންފުނިތަކުގެ ތެރެއިން އެއްކުރެވުނު ސާފު މާއުލޫމާތު ބެނެދެމުންދާންޖެހެ އެވެ.

ފުލުފުލުގައި އިންތިހާބީ ރައީސް މުއައްސަސާތަކާއި، ނުފޫޒުގަދަ ބޭފުޅުންނާއި ބައްދަލުކުރައްވަމުންގެންދަވާއިރު، އެ ބޭފުޅުން ބައްދަލުކުރެއްވިކަން ފިޔަވައި އެހެން މައުލޫމާތުތަކެއް އިންތިހާބީ ރައީސްގެ ޓީމުން މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. ބޭރުގެ އިސް ބޭފުޅަކާއި ފޯނު ގުޅުއްވައި، މަޝްވަރާއެއް ކުރައްވައިފިކަމުގައިވާނަމަ ކުރު ބަޔާނެއް ފެނިގެންދެ އެވެ. ނަމަވެސް ރާއްޖޭގެ މުއައްސަސާތަކާއި، ނުފޫޒުގަދަ މަޤާމުތަކުގައި ތިއްބެވި އިސްބޭފުޅުންނާއި ބައްދަލުކުރައްވާއިރު، ފެނިގެންދަނީ ޓުވީޓެއް އެކަންޏެއެވެ. ނުވަތަ އެ ބައްދަލުވުމަކާއި ގުޅޭ ދެ ތިން ޓުވީޓެކެވެ.

އެމްއެމްއޭގެ އިސްވެރިންނާއެކު އިންތިހާބީ ރައީސް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: އިންތިހާބީ ރައީސްގެ އޮފީސް

ކުޑަކުޑަ މިސާލަކަށްބަލާއިރު، އަށް މަސް ދުވަހަށްވުރެ ގިނަ ދުވަސްވަންދެން ރައީސް މައުމޫން އަބްދުއްޤައްޔޫމް ޖަލު ބަންދުގައި ހުންނެވުމަށްފަހު، އެމަނިކުފާނު މިނިވަންވެވަޑައިގަތުމާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމަށްފަހު، ދެ ބޭފުޅުންވެސް ނޫސްވެރިންނާއި ބައްދަލުކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވިި އެވެ. ނަމަވެސް އިންތިހާބީ ރައީސް، ރައީސް މައުމޫނާއެކު ދެ ވަނަ ބައްދަލުވުމެއް ބޭއްވިކަން އެނގުނީވެސް ރައީސް މައުމޫން ކުރެއްވި ޓުވީތަކުންނެވެ.

އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ގުޅިފައިވާ އިއްތިހާދުގެ ތެރެއިން ވުޒާރާތައް ބަހަނީ ކޮންގޮތަަކަށްކަމާއި، ކޮން ޕާޓީއަކަށް ދިނީ ކޮން ސްލޮޓެއްކަން ފަދަ މައުލޫމާތުތައް މިހާތަނަށްވެސް ހުރީ ބޮޑު ސިއްރުގެ ގޮތުގައި ރައްކާކޮށްފަ އެވެ. ޕާޓީތަކަށް ސަރުކާރުގެ މަޤާމުތައް ބަހާއިރު، ކޮން ޕާޓީއަކަށް ކިތައް އިންސައްތަދިންކަންވެސް ހާމަކޮށްފައެއް ނުވެ އެވެ. މަޤާމުތަކަށް އައްޔަނުކުރައްވާނެ ބޭފުޅުންނާއި، އުފައްދާ ވުޒާރާތަކުގެ ތަފްސީލީ މައުލޫމާތު އާންމުކޮށްފައެއް ނުވެ އެވެ.

މިއީ ރައްޔިތުން ޖަވާބު ބޭނުންވާ މުހިންމު ސުވާލުތަކެވެ.

ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގުރޫޕްގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ހާމަކަން ބޮޑު، ދެ ފުށް ފެންނަ ސަރުކާރެއް ޤާއިމްކުރާކަމުގައިވާނަމަ ކަންތައްތައް އިތުރަށް ހާމަކޮށް، އިތުރު މައުލޫމާތުތައް މިހާރުވެސް އާންމުކުރަންޖެހެ އެވެ. ވެރިކަން ބަދަލުވުމުގެ މި މަރުހަލާގެ ތެރޭގައި އެ ރީތި މަންޒަރު ނުދެއްކެއްޖިނަމަވެސް ވެރިކަމުގެ ތެރޭގައިވެސް އެ މަންޒަރު ނުފެނި، ގެންނަން ވައުދުވިި ބަދަލުތައް ގެނެސް ނުދެވުމަކީ ހަމަވުން ގާތްގޮތެކެވެ.

އިންތިހާބީ ރައީސްގެ ޓީމުން މި ކަންކަމަށް ވިސްނައި، ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. ކަންކަން އިސްލާހްކޮށް، ރަނގަޅުކުރަން އައި ޓީމުން އެ ބަދަލުތައް ދައްކަދޭންޖެހެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފުރެންޑު

5 މަސް ކުރިން

އެހެން ނުވާނެ އިނގޭތޯ. މީވަރަށް ދެފުށްފެންނަ ސަރުކާރަކަށް ވާނެ. ކުރާހުރިހާ އެގްރީމެންޓް ތަކުގެ ކޮޕީވެސް މީޑިއާއަށް ލިބޭނެ. ހުރިހާ މިނިސްޓަރުންގެ ބޭންކް ސްޓޭޓްމަންޓްތަށްވެސް ލިބޭނެ

0
0