15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

މަގޭ ރިޕޯޓު

ދަތްދޮޅި ދުއްވާލެނުލެވުނުކަން ނަސީބުދޯއެވެ؟ މިއަދު ލަދުގަނޭހެއްޔެވެ؟

 • ގިނަ މެންބަރުންތަކަކަށް މަޖިލީހަށް ވަނުމަށް ހުރަސްއަޅާފައިވޭ
 • ގިނަ މެންބަރުންތަކަކަށް އަނިޔާވެފައިވޭ
 • ސުޕްރީމް ކޯޓުން ދަނީ ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމަމުން
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 29 އޮކްޓޯބަރ 2018 | ހޯމަ 19:40 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
 8. ސީލައިފްއިން އޮޅުވާލައިގެން ފްލެޓް ވިއްކި 191 މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި


ސިފައިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލިސްކުރާ ގޭގެ ގޭޓުމަތިން އެއްލާލަނީ -- ރާއްޖެއެމްވީ

ޤައުމުގެ ސަލާމަތީ ޚިދުމަތްތަކާއެވެ. ފުލުހުންނާއި ސިފައިންނޭވެ. ބިރުގެ ނިދިން ހޭލެވިއްޖެހެއްޔެވެ؟ ނުފޫޒުގެ ކަސްތޮޅުން މިންޖު ވެއްޖެހެއްޔެވެ؟ ރައްޔިތުންނާއި އެ ރައްޔިތުންގެ ބާރު ފެނިއްޖެ ހެއްޔެވެ؟ އިހު ހެދުނު ގޯސް އިހުސާސް ވެއްޖެހެއްޔެވެ؟ އޭރު ތިޔަ ޚިދުމަތްތަކަކީ، ރައްޔިތުންގެ މައްޗަށް ޖައްބާރުކަން އިސްކުރާން އޮތް ބާރުތަކެއް ކަމަށް ދެކެ، ރައްޔިތުންނަށް ދެއްކުނު އަނިޔާވެރިކަމަށް މިއަދު ލަދުގަނޭހެއްޔެވެ؟

މާ ދުރުނޫން މާޒީއަށް ޖެހިލާށެވެ. އެއީ ނިމިދިޔަ އަހަރުގެ ޖުލައިމަހުގެ 24 ވަނަ ދުވަހެވެ. ރައްޔިތުން ތަމްޞީލު ކުރުމަށް ރައްޔިތުން އިންތިޚާބު ކޮށްފައި ތިބި މެންބަރުން، އެ މެންބަރުންނާއި ރައްޔިތުން ހަވާލުކުރި މަސައްކަތް ކުރުމަށް، ރައްޔިތުންގެ މަޖިލީސްކުރާ ގެއަށް ދިއުމުން، އެ މެންބަރުން އެ މަޖިލީހުން ބޭރުކުރި ހަނދާން ވޭހެއްޔެވެ؟ އެ މަޖިލީހުގެ ކޮޓަރިތަކަށް ވަދެ، ފަންބޮނޑިއެއް ކޮނޑުޖަހާހެން މަޖިލިސް މެންބަރުން ކޮނޑަށް ލައިގެން މަޖިލިސް ކުރާ ގެއިން ނެރުނު ހަނދާން ވޭހެއްޔެވެ؟ ކައްކަން ނޭނގޭ މީހަކު ރިހަތެއްޔަށް އަސޭމިރުސް އަޅާހެން މެންބަރުންގެ މޫނަށް އަސޭމިރުސް ފެން ޖެހިހަނދާން ވޭހެއްޔެވެ؟

ޤައުމުގެ ސަލާމަތީ ޚިދުމަތްތަކާއެވެ. ފުލުހުންނާއި ސިފައިންނޭވެ. އެދުވަހު ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރުންނެއް އެއީ އެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ތިޔަ ޚިދުމަތްތަކުން ނިންމީމުއެވެ. އެ މެންބަރުންނަށް އަނިޔާކޮށް، މަޖިލީހުން ބޭރު ކުރީމުއެވެ. ވޮލީބޯޅައެއްހެން މަޖިލީހުގެ ގޭޓުމަތިން ޝޮޓުޖަހައި ބޭރުކޮށްލެވުނު މެންބަރުންގެ އަދަދު ހަނދާން އެބަހުރިހެއްޔެވެ؟ ރައްޔިތުން އެ މެންބަރުންނާއި ހަވާލުކުރި މަސައްކަތް ކުރުމަށް ތިޔަ ޚިދުމަތްތަކުން ހުރަސްއެޅީމުއެވެ.

އެދުވަހު ތިޔަ ޚިދުމަތްތަކުން ދެއްކި ޖައްބާރު ކަމަށް ބަޔަކު ހިތްވަރު ވެސް ދިނެވެ. ތިޔަ ޚިދުމަތްތަކުގެ އަނިޔާވެރިކަމަކީ ހިތްވަރު ކަމުގައި ތިޔަ ފުލުހުންނާއި ސިފައިންނަށް ވިސްނައިދިނެވެ. ތިޔަ ފުލުހުންނާއި ސިފައިން ދެއްކީ ކެތްތެރިކަން ކަމަށް ވެސް އެމީހުން ބުންޏެވެ. ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ މެންބަރުން ބޭރުކުރަން ތިމަންނާ ހުރިހަމަ ދަތްދޮޅި ދުއްވާލީސް ކަމަށް ބުނެ، ތިޔަ ފުލުހުންނާއި ސިފައިންގެ އަނިޔާވެރި ކަމަށް ބަޔަކު ސާބަސްވެސް ދިނެވެ.

ޤައުމުގެ ސަލާމަތީ ޚިދުމަތްތަކާއެވެ. ފުލުހުންނާއި ސިފައިންނޭވެ. ލޯ ހުޅުވާށެވެ. އަދުގެ ހަޤީޤަތަށް ހޭލާށެވެ. އޭރު ތިޔަ ފުލުހުންނާއި ސިފައިންނަށް ހަޤީޤަތް ކިޔައިދޭން ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު ދެއްކި ވާހަކަތައް ދެއްކި ސަބަބު މިއަދު ވިސްނޭހެއްޔެވެ؟ ތިޔަ ފުލުހުންނާއި ސިފައިންގެ މައްޗަށް އޭރު ނުފޫޒު ހިންގައި އަނިޔާވެރިކަމަށް އިންޒާރުދިން ވެރިން މިއަދު ކޮބާ ހެއްޔެވެ؟

އޭރު ހެދުނީ ގޯހެއްކަން ވިސްނިއްޖެ ހެއްޔެވެ؟

ޤައުމުގެ ސަލާމަތީ ޚިދުމަތްތަކާއެވެ. ފުލުހުންނާއި ސިފައިންނޭވެ. އެދުވަހު ޔުނީފޯމުން ނަންޓެގު ނައްތައިގެން، މޫނުގައި މާސްކު އަޅައިގެން އުޅުނަސް އޭރު ކުރި ކުށްތަކަށް މިއަދު އަދަބު ހައްޤެވެ. އޯގާތެރި ކަމަކީ އިންސާފުން ބަރީއަ ވުމެއް ނޫނެވެ. ކުށެއް ކުރިއްޔާ އިންސާފުގެ ތަރަހައިގެ ތެރެއިން ކުށަށް އަދަބު ލިބެން ވާނެއެވެ. ތިޔަ ފުލުހުންނާއި ސިފައިން ވެސް، ތިޔަ ޚިދުމަތްތަކުގެ ވެރިން ވެސް ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ ވާނެއެވެ.

ޤައުމުގެ ސަލާމަތީ ޚިދުމަތްތަކާއެވެ. ފުލުހުންނާއި ސިފައިންނޭވެ. ޤައުމެއްގެ އެންމެ މަތީ ބާރަކީ އެ ޤައުމުގެ ރައްޔިތުންނެވެ. ތިޔަ ޚިދުމަތްތަކުގެ ހަޤީޤީ ވެރިންނަކީ ރައްޔިތުންނެވެ. އެކަން ހަނދާން ނައްތާ ނުލައްޗެވެ. މިއަދު ނޫނީ މާދަމާ، އަނިޔާއަށް އިންސާފު ލިބޭނެތެވެ.

އެދުވަހު އެ މެންބަރުންގެ ދަތްދޮޅު ދުއްވާނުލެވުނުކަން ނަސީބޭ މިއަދު ހިތަށް އަރާދޯއެވެ. އެދުވަހު ދެވުނު އަނިޔާތަކާއިމެދު މިއަދު ލަދު ގަނޭހެއްޔެވެ؟

ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުޞާދުގައި

      ޚާލިގުލް ކައުނައިނި ވާކަން ނޭނގެނީތަ، އަޖައިބެކޭ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޢާދަން

2 ހަފްތާކުރިން

mikan hingi meehun vedio thakun balaa vaki vakin dahuva kurumah govaalan

1
0
އެކްސް ސޯލްޖަރ

2 ހަފްތާކުރިން

This article is filled with personal emmortions , hate and anger. Those what you mentioned was not their personal decisions but the Speaker of the Majlis and EC who legally forced them to implement those unlawful orders. . So better to stop those institutions do such chaos.

0
0