26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ބީއެމްއެލް

ބީއެމްއެލް އިސްލާމިކް އިން އާ ޖެނެރަލް ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށްފި

  • ޖެނެރަލް ފައިނޭންސިންގ ޕްރޮޑަކްޓް ތައާރަފް ކުރީ މިއަދު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 29 އޮކްޓޯބަރ 2018 | ހޯމަ 12:28 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


ބީއެމްއެލް އިސްލާމިކް ބިލްޑިން -- ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ޖެނެރަލް ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށްފިއެވެ.

މި ފެސިލިޓީގެ ދަށުން ޝަރީޢާ ހުއްދަކުރާ ކޮންމެ ބޭނުމަކަށް ވެސް 50,000ރ. އިން ފެށިގެން މަތީ އަދަދެއްގެ ފައިނޭންސް ހަމަޖެހޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ޕްރޮޖެކްޓްގެ ނުވަތަ ގަންނަން ބޭނުންވާ ތަކެތީގެ ޖުމްލަ އަގުގެ 70 އިންސައްތައާ ހަމަޔަށް ބޭންކުން ފައިނޭންސް ހަމަޖައްސައިދޭ އިރު މަހުންމަހަށް ފައިސާ ދައްކާ ޚަލާސްކުރުމަށް 12 މަހުގެ ގްރޭސް ޕީރިއަޑަކާ އެކު 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

"އިސްލާމީ އުސޫލުތަކުގެ މަތިން ތަފާތު އެކި ކަންކަމަށް ބޭނުންވާ ފައިނޭންސް ފެސިލިޓީއެއް ތައާރަފްކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޚިދުމަތާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ހަރުމުދާ ގަތުމާއި، އާ ވިޔަފާރި އެއް ފެށުމަށާ އަދި ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިނޭންސަށް ވެސް އެދި ހުށަހެޅޭނެއެވެ. މިއާ އެކު ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށް މި ވަނީ އިތުރު ފުރިހަމަ ކަމެއް ގެނެވިފަ،" ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައި ވަނީ އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން ކަމަށާއި ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީ ވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައި ކަމަށް ބީއެމްއެލުން ބުނެއެވެ. އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަން ކަމަށް ކަމަށާއި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުންނާއި އަދި އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ކޮންމެ ބްރާންޗަކުން ވެސް ޖެނެރަލް ފައިނޭންސް އަށް އެދި ހުށަހެޅޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް