15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރައީސް ސޯލިޙް ހުވައި ކުރެއްވުން

އިބްރާހިމް މުހައްމަދު ސޯލިޙް އަނެއްކާވެސް ދެއްކެވީ މިސާލެއް

  • މަޝްވަރާ ކުރިއަށް ނެރުއްވާ ބޭފުޅެއްކަމަށް ކުރިންވެސް މަޝްހޫރު
  • ހުވައި ކުރައްވާނެ ތާރިޚް އެންމެންނަށް އެއްބަސްވެވޭ ގޮތަކަށް ނިންމުމަށް އެދިވަޑައިގެންނެވި
މިއުވާން މުހައްމަދު | Miuvaan

| 28 އޮކްޓޯބަރ 2018 | އާދީއްތަ 18:42 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ސީލައިފްއިން އޮޅުވާލައިގެން ފްލެޓް ވިއްކި 191 މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި


އިންތިޚާބީ ރައީސް ސޯލިޙް ރައްޔިތުންގެ މަޖިލީހުގައި -- މަޖިލިސް

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އަކީ ހިތްތިރި، އެންމެނާއި ގުޅޭ، މަޝްވަރާގެ އުޞޫލު ކުރިއަށް ނެރުއްވާ ބޭފުޅެއްކަަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ. އޭގެ ތެރޭގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ބޭފުޅުންގެ އިތުރުން ވާދަވެރި ޕީޕީއެމްގެ ބޭފުޅުންވެސް ހިމެނެއެވެ. ގުޅިފައިވާ ޕާޓީތަކުން މިއަހަރުގެ އިންތިޚާބަށް ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިޙް ނެރުމަށް ޕާޓީތަކުން ނުނިންމަނީސް އެކަމަށް ތާޢީދުކޮށް ވާހަކަ ދެއްކީވެސް ޕީޕީއެމްގެ ލީޑަރޝިޕުންނެވެ.

ކޮންމެއަކަސް، ކެމްޕޭންގެ ތެރޭގައި ރައްޔިތުންނަށް އެމަނިކުފާނުގެ މިސިފަފުޅުތައް ވަރަށް ކައިރިން ވަނީ ފެނިފައެވެ. ކެންޑިޑޭޓެއްގެ ގޮތުގައި އެމަނިކުފާނު ނެރުމަށް އުކުޅަހުގައި އެމްޑީޕީއިން ބޭއްވި ކޮންގްރެސްގައި ނިންމުމާއިއެކު ދެއްވި ސްޕީޗުން ވެސް ސަޕޯޓަރުން ފާހަގަކުރެއްވީ އެކަންކަމެވެ. ކެމްޕޭންގައި ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކަށް ރައީސް ސޯލިޙް ވަޑައިގަތްއިރު، ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުން ރައްޔިތުންނަށް ފާހަގަ ކުރެއްވުނީ ހިތްތިރިކަމާއި ސާބިތުކަމެވެ. ސިޔާސީ ބައެއް ބޭފުޅުން އުޅުއްވާހެން ޖަޒުބާތުގައި ޖެހިވަޑައިގެން ވާހަކައެއް ނުދައްކަވައެވެ. ސިޔާސީ ވާދަވެރިންނަށް ހިތުހުރި އެއްޗެއް ވިދާޅެއް ނުވެއެވެ. ނުފުއްދޭ ވަރުގެ ވައުދެއް ވެވަޑައިނުގަންނަވައެވެ. 

ކެމްޕޭންގައި އެކި ހިސާބުތަކުން ގުޅިފައިވާ ޕާޓީތަކަށާއި ޚުދު ރައީސް ސޯލިޙަށް ތަފާތު ހުރަސްތަކާއި ކުރިމަތިވެވަޑައިގަތެވެ. އެހެން ނަމަވެސް އެހުރިހާ ކަމަކާއި ކުރިމަތިލެއްވީ ކެތްތެރިކަމާއިއެކުގައެވެ. އެމަނިކުފާނަށް ޖިސްމާނީ އަނިޔާކުރުމަށް ވެސް ބަޔަކު ދިމާކޮށްލި ނަމަވެސް، އެމަނިކުފާނު ކެތްތެރިކަމާއިއެކު ކެމްޕޭން ޙަރަކާތްތައް ކުރިއަށް ގެންދެވިއެވެ. 

އަނެއްކާވެސް އާދިއްތަ ދުވަހު ފެނިގެން ދިޔައީ އެމަނިކުފާނު ނަމޫނާ ދެއްކެވިތަނެވެ. ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރައްވައި، އެމަނިކުފާނު އެހުންނެވީ ސިޔާސީ ގޮތުން ބޭރުގައެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ބާރު އެއްކޮށް ކެނޑި، ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުން ވެސް ގުޅިފައިވާ ޕާޓީތަކުގެ އެދުމާއި އެއްގޮތަށް މަޖިލިސް ތެރެއިންވެސް ކަންތައް ކޮށްދޭން ތައްޔާރަށް ތިބި މިދަނޑިވަޅުގައި ހަމަ ކުޑަކޮށް ވާން ކޮށްލިޔަސް އެކޮޅުން އެއޮތީ ދޫދޭށެވެ. ހުވައި ކުރަން ޖެހޭނީ ނޮވެމްބަރު 11ގައި ކަމަށް ނިންމުމަށް ތަންކޮޅެއް ބޮޑަށް ހިފާލައި، އެކަމަށް ރައީސް ސޯލިޙް އެދިވަޑައިގެންފިނަމަ އެކަންވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެހެން ނަމަވެސް އެމަނިކުފާނު އިސްކުރެއްވީ މަޝްވަރާގެ އުޞޫލެވެ. އަދި އަމިއްލަފުޅު މަސްލަހަތު ހިމެނޭކަމެއްގައި އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނޫން ކަމަށް ވިދާޅުވިއެވެ. އަމިއްލަ މަސްލަހަތު އިސްކުރެއްވުމަށް ލިބިވަޑައިގެންނެވި މިފަދަ ފުރުސަތުގައިވެސް އެމަނިކުފާނު އަމަލު ކުރެއްވީ ނަމޫނާ ގޮތަކަށެވެ. ދެން އޮތީ ވެރިކަމަށް ވަޑައިގެން، އެމަގުން ހިންގެވުމެވެ. 

މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވީ އެމަނިކުފާނު ހުވާ ކުރައްވާނެ ދުވަހަކާމެދު ހިޔާލު ތަފާތު ވެފައިވާއިރު، އެފަދަ ކަމެއް ނިންމަން ޖެހޭނީ އެންމެންނަށް އެއްބަސްވެވޭ ގޮތެއް ހޯދައިގެން ކަމަށެވެ. އަދި މަޖިލީހުން ކަމެއް ނިންމަން ވާނީ އެކަމާއި ގުޅިގެން ސާފު ކުރަން ހުރި ކަންކަން ސާފުކޮށް ނިންމުމަށް ފަހު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއިންވެސް ފެނިގެން ދިޔައީ މަޝްވަރާގެ އުޞޫލު ކުރިއަށް ނެރުއްވި މަންޒަރެވެ. 

ރައްޔިތުން އިބްރާހިމް މުހައްމަދު ސޯލިޙަށް ވެރިކަން ދޭން ނިންމީ އެކަކު އަމިއްލައަށް ބޭނުން ގޮތަކަށް 'އައިމް ދަ ބޮސް، ސޯ މައި ވޭ ގޯސް' އޭ ބުނެ ކަންކަން ނިންމާ ވެރިކަމުގެ ނިޒާމެއް ބޭނުން ނުވާތީއެވެ. ރައީސް ސޯލިޙަކީ މަޝްވަރާ ކުރިއަށް ނެރުއްވާ ބޭފުޅެއްކަމަށް ސިޔާސީ ބޭފުޅުން އެވިދާޅުވާ ވިދާޅުވުމަށް ރައްޔިތުން އެވަނީ އެމަނިކުފާނަށް އިތުބާރުކޮށް، ބޮޑު އަމާނާތެއް ހަވާލު ކޮށްފައެވެ. ޚިޔާނާތްތެރިވެވަޑައި ނުގަންނަވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް