19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ދިރާގު ރޯޑް ރޭސް

ރާއްޖޭގެ އެންމެ ބޮޑު ދުވުން ފެށެން 5 ދުވަސް – އަވަހަށް ޑީއެމްއާރްއާރް އެޕް ޑައުންލޯޑް ކޮށްލާ!

  • ރޯޑް ރޭސްގެ އެޕްލިކޭޝަން ހިލޭ ޑައުންލޯޑް ކުރެވޭނެ
  • ގިނަ ފީޗާސްތަކެއް ވަނީ މިއެޕްގައި ހިމަނާފައި
ރިޒުނާ ޒަރީރު | RiznaZareer

| 28 އޮކްޓޯބަރ 2018 | އާދީއްތަ 17:15 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


2016 ވަނަ އަހަރު ބޭއްވި ދިރާގު ރޯޑް ރޭސް -- ޓްވިޓަރ

ރާއްޖޭގެ އެންމެ ބޮޑު ދުވުން ފެށެން 5 ދުވަހަށް ވެފައިވާއިރު، މި ރޭސް އޮންނާނީ ނޮވެމްބަރ 2 ވަނަ ދުވަހު ކަމަށާއި އަވަހަށް ޑީއެމްއާރްއާރް އެޕް ޑައުންލޯޑް ކުރުމަށް ދިރާގުން އެދެފިއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހާއި ގުޅިގެން ދިރާގުން ވަނީ 2016 ވަނަ އަހަރު މި ރޭހަށް ހާއްސަ އެޕެއް ތައާރަފު ކޮށްފައެވެ. މި އެޕްގެ ޒަރިއްޔާއިން ދުވުންތެރިންގެ ބިބުގައި ހަރުކޮށްފައިވާ ޗިޕް މެދުވެރިކޮށް ނަގާ ޑޭޓާތައް ދުވުންތެރިއާ ހަމައަށް ގެނެސްދޭނެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް ފެށެން ކައިރި ވެފައިވާއިރު މި އެޕަކީ ދުވުންތެރިންނާއި އަދި ދުވުންތެރިންގެ އާއިލާ އަދި ރަހުމަތްތެރިން ކޮންމެހެންވެސް ޑައުންލޯޑް ކޮށްލަންޖެހޭ އެޕެކެވެ.

މިއެޕްގެ އެންމެ ފާހަގަ ކޮށްލެވޭ ފީޗާއަކީ ރިއަލް ޓައިމް ޓްރެކިން އެވެ. މާނައަކީ ދުވުންތެރިއާ އަށް އޭނާ ދުވަމުންދާއިރު ވެސް އެޕް މެދުވެރިކޮށް، އޭނާ ދުވަމުންދާ ސްޕީޑާއި ދުވަމުންދާ ރާސްތާ ބަލައިލެވުމެވެ. އަދި އޭނާގެ އާއިލާ މެމްބަރުންނާއި ގާތް މީހުންނަށް ވެސް އޭނާގެ ސްޓޭޓަސް އެޕުން ބަލައިލެވޭނެ އެވެ. މިއީ ޖީޕީއެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާއިމްކޮށްފައިވާ ފީޗަރެކެވެ. ލައިވް ޓްރެކިން އަކީ ބައިނަލްއަގްވާމީ ދުވުންތަކުގައި ވެސް ދުވުންތެރިންގެ ތެރޭގައި މަގުބޫލު ފީޗަރެކެވެ.

ރޭސް އޮންނަ ދުވަހު ފޭސް ބުކް އަދި ޓުވިޓަރ އެކައުންޓާއި އެޕް ގުޅުވާލައި އާއިލާ އަދި ރައްޓެހިންނަށް ދުވާ ރާސްތާ ޓްރެކް ކޮލެވޭނެއެވެ. އަދި ދުވާ ނިމުމުން ފޭސްބުކް އަދި ޓުވިޓަރގައި ޝެއަރ ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ކޮންމެ ދުވުންތެރިއަކު ވެސް ރޭސް ނިންމުމާ އެކު، އެތަނުގައި ހަރުކުރެވިފައިވާ އޮޓޮމެޓިކް ކެމެރާ ސިސްޓަމުން ފޮޓޯ ނެގި އެ ފޮޓޯ ވަގުތުން އެޕުން ފެންނަން ހުންނާނެ އެވެ.

މީގެ އިތުރުން ވެސް މި އެޕް މެދުވެރިކޮށް ރޭހުގެ ކައުންޓްޑައުން އާއި ރޭހުގެ ރޫޓް މެޕާއި ތައްޔާރުވާންވީ ގޮތުގެ ޓިޕްސް އަދި މޫސުމާ ބެހޭ މައުލޫމާތު ލިބެން ހުންނާނެ އެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާ ތަޖުރިބާތަކެއް ކުރެވޭނެ މަގުތަށް ކަސްޓަމަރުންނަށް ފަހިކޮށްދެމުން ކަމަށާއި މި އެޕް އަކީވެސް އޭގެ އަގުހުރި މިސާލެއް ކަމަށް އެކުންފުނިން ބުނެއެވެ.

ސަބަބަކީ ރާއްޖޭގައި ބާއްވާ އެހެން އެއްވެސް ދުވުމެއްގައި ނުފެންނަ ފަދަ ޑިޖިޓަލް ޓެކްނޮލޮޖީތައް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ފެނިގެންދާތީ ކަމަށާއި ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރ އިން ހިލޭ ޑައުންލޯޑް ކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް