26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ފަތުރުވެރިން އިތުރުވުން

ސެޕްޓެމްބަރުގެ ނިޔަލަށް 1.08 މިލިއަން ފަތުރުވެރިން އަތުވެއްޖެ

  • އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުން
މިއުވާން މުހައްމަދު | Miuvaan

| 26 އޮކްޓޯބަރ 2018 | ހުކުރު 03:21 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


ސެޕްޓެމްބަރު 9 ވަނަ ދުވަހު ރާއްޖެއަށް މިއަހަރު އައި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔަނީ -- އެމްއެމްޕީއާރްސީ ޓުވިޓަރ

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1،080،459 (އެއް މިލިއަން އަށްޑިހަ ހާސް ހަތަރު ސަތޭކަ ފަންސާސް ނުވަ) ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 8.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 998،009 އެވެ. 

މިއަހަރުގެ ފުރަތަމަ 9 މަސް ދުވަހު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުންނެވެ. ޔޫރަޕުން މި މުއްދަތުގެ ތެރޭގައި 516،487 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 14.8 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދުގެ 47.8 އިންސައްތައެވެ. ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިންވެސް އެންމެ ގިނަ އަދަދަކަށް ސެޕްޓެމްބަރުގެ ނިޔަލަށް ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން މިމުއްދަތުގައި 83،311 ފަތުރުވެރިން އައެވެ. މި މުއްދަތުގައި ޔޫރަޕުން ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ޖަރުމަންވިލާތުން އައިސްފައިވަނީ 80،253 ފަތުރުވެރިންނެވެ. ޔޫރަޕުން ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިޓަލީވިލާތާއި ރަޝިޔާ އަދި ފަރަންސޭސީވިލާތް އަދި ސްޕެއިންއެވެ. 

ސެޕްޓެމްބަރުގެ ނިޔަލަށް އޭޝިއާ އަދި ޕެސިފިކް ސަރަހައްދުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 462،828 އެވެ. މީގެ ތެރެއިން 222،108 ފަތުރުވެރިންނަކީ ޗައިނާއިން އައި ފަތުރުވެރިންނެވެ. އާދައިގެ މަތިން މިމުއްދަތުގައިވެސް ރާއްޖެއަށް އެންމެ ގިނައިން އެއް ޤައުމަކުން ފަތުރުވެރިން އައި ޤައުމަކީ ޗައިނާއެެވެ. 

އޭޝިއާ ސަރަހައްދުގެ ޤައުމުތަކަށް ބަލާއިރު އިންޑިއާ އިން ސެޕްޓެމްބަރުގެ ނިޔަލަށް 56،319 ފަތުރުވެރިން ރާއްޖެ އައެވެ. އަދި ޖަޕާނުން މިމުއްދަތުގައި 30،465 ފަތުރުވެރިން ރާއްޖެ އައެވެ. 

އޭޝިއާ ޕެސިފިކް ސަރަހައްދުން އައި ފަތުރުވެރިންނާއި ޔޫރަޕުން އައި ފަތުރުވެރިން އެއްކޮށްލާއިރު އެއީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ 90.6 އިންސައްތައެވެ. މި 2 މާކެޓަކީ އާއްމުކޮށް ރާއްޖޭގެ ފަތުރުވެރިކަން އަބަދުވެސް މާކެޓްކޮށް އުޅޭ މާކެޓެވެ. 

ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވަކިވަކި ބައެއް ޤައުމުތަކުން ރާއްޖެއަށް މިިދިޔަ އަހަރު އައި ފަތުރުވެރިންނަށްވުރެ، މިއަހަރު އައި ފަތުރުވެރިންގެ އަދަދު ނިސްބަތުން ގިނަވެފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ޕޮލެންޑް، ފިންލެންޑް، ސްލޮވީނިއާ، ތައިލެންޑް އަދި އާޖެންޓީނާއާއި ޤަތަރު ފާހަގަކޮށްލެވެއެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ އައިސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައެވެ. އެއީ ތުރުކީ ރައްޔިތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް