16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ޤަތަރު އެއަރވޭސް

ޤަތަރު އެއަރވޭސްއިން މާލެއަށް ކޮންމެ ދުވަހަކު އިތުރު ފްލައިޓެއް ބާއްވަނީ

  • މިހާރުވެސް ޤަތަރު އެއަރވޭސްއިން ކޮންމެ ދުވަހަކު 2 ފްލައިޓް މާލެއާއި ދޯހާ އާއި ދެމެދު ބާއްވާ
މިއުވާން މުހައްމަދު | Miuvaan

| 26 އޮކްޓޯބަރ 2018 | ހުކުރު 02:17 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  8. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ


ޤަތަރު އެއަރވޭސްގެ މަތިންދާބޯޓެއް ދޯހާ އެއަރޕޯޓުގައި -- ސޯޝަލް މީޑިއާ

ޤަތަރުގެ ޤައުމީ އެއަރލައިން ޤަތަރު އެއަަރވޭސްއިން ދޯހާއާއި މާލެއާއި ދެމެދު ކޮންމެ ދުވަހަކު އިތުރު އެއް ފްލައިޓް ބާއްވަން ނިންމައިފިއެވެ. 

މިހާރުވެސް ކޮންމެ ދުވަހަކު ދޯހާއާއި މާލެއާއި ދެމެދު ޑައިރެކްޓް 2 ފްލައިޓް ބާއްވަމުން އަންނައިރު، އިތުރު ކުރި ފްލައިޓްތަކާއިއެކު ކޮންމެ ދުވަހަކު 3 ފްލައިޓް އަދި ހަފްތާއަކު 21 ފްލައިޓް ބާއްވާނެއެވެ. އިތުރު ކުރި ފްލައިޓް ދަތުރުކުރަން ފަށާނީ އާދިއްތަ ދުވަހުން ފެށިގެންނެވެ. ކޮންމެ ދުވަހަކު އިތުރު އެއް ފްލައިޓް ބާއްވަން ޤަތަރު އެއަރވޭސްއިން ނިންމިއިރު، މި ފްލައިޓްގައި ބޭނުންކުރާނީ އެއަރބަސް އޭ-320 އަދި އޭ-330 މަރުކާގެ މަތިންދާބޯޓެވެ. 

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޤަތަރު އެއަރވޭސްއިން ވަނީ ރާއްޖެއަށް އޭ-350 މަރުކާގެ މަތިންދާބޯޓު ފޮނުވާ ފުރަތަމަ އެއަރލައިނަށްވެސް ވެފައެވެ. 

ރާއްޖެއަށް އިތުރުކުރި މި ފްލައިޓަކީ ޤަތަރާއި ދެކޮޅަށް ގަލްފުގެ ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުތަކަށް އުދުހުން ހުއްޓާލަން ޖެހުމާއިއެކު ޤަތަރު އެއަރވޭސްއަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެ ކުންފުނިން ފެށި މަސައްކަތުގެ ތެރެއިން އިތުރުކުރި ފްލައިޓެކެވެ. އެހެންނަމަވެސް ރާއްޖެއަކީވެސް ގަލްފުގެ ޤައުމުތަކާއި ގުޅިގެން ޤަތަރާއިއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލި ޤައުމެއްކަން ފާހަގަކޮށްލެވެއެވެ. އިތުރު ފްލައިޓެއް ބާއްވަން ފެށުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ޤަތަރު އެއަރވޭސްއިން ބުނެއެވެ. 

އަލަށް ދަތުުރުފަށާ ފްލައިޓް ދޯހާއިން އައިސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާނީ މެންދުރު 12:20 ގައެވެ. އަދި މާލެއިން ދޯހާއަށް ދާން ފުރާނީ އިރު އޮއްސި 6:30 ގައެވެ.

ރާއްޖެއަށް ކޮންމެ ދުވަހަކު އިތުރު އެއް ފްލައިޓް ބާއްވަން ނިންމުމުގެ އިތުރުން ކައިރި މުސްތަޤުބަލެއްގައި ކެންޔާގެ މޮމްބާސާއާއި ވިއެޓްނާމްގެ ޑަނަންގްގެ އިތުރުން ސްވިޑަންގެ ގޮތެންބަރގްއަށް ދޯހާއިން ފްލައިޓްތައް ބާއްވަން އެ އެއަރލައިނުން އަންނަނީ ތައްޔާރުވަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް