25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:18
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

ޝަރުއީ ދައިރާ

ޝަރުއީ ދާއިރާ ބަދަލުވިއިރު މީހުން ކުރާނެ ތައުރީފެއް ނެތް، އަދިވެސް ނަފުރަތު

  • ކޯޓުތައް ބަދަލުވީ އިންތިހާބަށް ފަހު
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 25 އޮކްޓޯބަރ 2018 | ބުރާސްފަތި 17:39 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ސަރުކާރާ އިދިކޮޅު ކޯލިޝަނުގެ މެމްބަރުންތަކެއް ސްޕްރީމް ކޯޓު ކުރިމަތީ:-ފޮޓޯ ރާއްޖެއެމްވީ -- ރާއްޖެއެމްވީ

މި ދުވަސް ވަރަކީ ނުހައްގުން އެތައް ދުވަހެއް ވަންދެން އަނިޔާ ލިބުނު ސިޔާސީ އެކި ބޭފުޅުން ކޯޓުތަކުން މިނިވަން ކުރަމުންދާ ދުވަސް ވަރެވެ. މުއްދަތެއް ނެތް ގޮތަށް ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ބޭފުޅުން ވެސް އެއްވެސް ޝަރުތެއް ނެތި އެ އޮތް މިނިވަން ވެގެން ދަނީ އެވެ. ގާނޫނީ ހަމަތަކާ އުސޫލުތައް ކޯޓުތަކުގެ ފަނޑިޔާރުންނާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އެހީގައި މީހުންގެ މައްޗަށް ހިނގަން ފަށައިފި އެވެ. އެކަމަކު ނުފެންނަ މަންޒަރަކީ އެތަން ތަނަށް ފާޑުކީ މީހުން ތައުރީފުކުރާ މަންޒަރެވެ. 

ވެރިކަން ވައްޓާލަން އުޅުނު ކަމަށް ތުހްމަތު ކުރި މީހުންނާއި ޓެރަރިޒަމްގެ ދައުވާ އުފުލާފައި ތިބި މީހުން މިނިވަން ވެގެން ދިޔައީ ޕީޖީން އެކަމަށް ކޮށްފައިނުވާ އިއުތިރާޒާއި އެމީހުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުން ބުނެ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ސިޓީއަކަށް ޝަރީއަތުން ރިއާޔަތް ކުރުމަށް ފަހު އެވެ. އެކި މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ވެސް ނިމުމަކަށް ގެނަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ ޕޮލިސް ކޮމިޝަނަރުންނާއި ކުރީގެ ބައެއް ފުލުހުން ވެސް ހިމެނެ އެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރު ކޮށްފައި ތިބި މީސް މީހުން މިނިވަންވެގެން ދިޔައީ ފަސޭހަ ކަމާއެކު އެވެ. އަދި ހުކުމް ނުކޮށް އޮތް އެތައް ދައުވާއެއް މި ދެންނެވި ބީދައިން ބާތިލްކުރީ ކްރިމިނަލް ކޯޓަށް ލިބިފައިވާ އިހްތިސާސްގެ ތެރެއިންނެވެ. ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހްމަތުކޮށް ހައްޔަރު ކުރި މީހުންގެ ތެރެއިން ކްރިމިނަލް ކޯޓުން ދޫކޮށްލެވޭނެ އެންމެން ދޫކޮށްފި އެވެ. ދައުވާ ބާތިލް ކޮށްދޭން އެދުނު ހުރިހާ ބޭފުޅުންގެ ދައުވާތައް ދައުވާ ބާތިލްކޮށްފި އެވެ. ރަނގަޅު ވާނީ މިވަރަކަށެވެ.  

ދެން އޮތީ ހައި ކޯޓަށް އައި ބަދަލެވެ. ހައި ކޯޓުގައި ސިޔާސީ އެކި ބޭފުޅުން އިސްތިއުނާފުކޮށްފައި އޮތް މައްސަލަތައް އެތައް ދުވަހެއް ފަހުން ނަގާ ބަލައި ހުކުމްކޮށްފި އެވެ. އަދި އެ މައްސަލައިގައި ހުކުމް ކުރެވެން ދެން ކާފާލާތުގެ ދަށުން ހުކުމް ތަންފީޒް ކުރުން ފަސްކޮށް މިނިވަން ވެސް ކުރީ އެވެ. ކުރީގެ ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާމެދު މި ގޮތަށް އަމަލު ކުރެވިގެންދިޔަ ފާހަގަ ކޮށްލަން ޖެހެ އެވެ. އަދި  ހައި ކޯޓުން ހުކުމް އައިރު މި ތިން ބޭފުޅުންގެ ކުށެއް ނެތްކަން ކަނޑައެޅިގެން ދިޔައީ އެވެ. އެ ބޭފުޅުންގެ މައްޗަށް އިއްވާފައި ހުރި ޖަލު ހުކުމްތައް ބާތިލްކުރީ އެވެ. ހުކުމް ބާތިލް ކުރުމުގައި ޝަރީއަތުން ރިޔާއަތް ކޮށްފައި ހުރީ ގާނޫނުގައި ކަނޑައަޅާފައިހުރި އިޖްރާއަތްތަކަށާއި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ހަމަތަކާ އުސޫލު ތަކަށެވެ. ހުކުމްތައް އިންސާފުވެރި ނޫން ކަމަށް ބުނެވޭކަށް ނެތެވެ. އިންސާފުގެ ކޮޅެއްވެސް ނެތެވެ.  

ފަހަކަށް އައިސް މިހާރު ޕްރޮސެކިއުޓާ ޖެނަރަލް އާދަޔާ ހިލާފު މިނިވަންކޮށް މަސައްކަތްކުރާތަން ފެނެވެ. ކްރިމިނަލް ކޯޓުން ސިޔާސީ އެކި ބޭފުޅުންގެ މައްޗަށް އިއްވި ހުކުމްތައް ބާތިލް ކުރަން އެންމެ ފަސޭހަވި އެއް ސަބަބަކީ ދަށު ކޯޓުން ޝަރީއަތް ހިންގުމުގައި ގެންގުޅުނު އިޖްރާއަތްތައް ރަނގަޅު ނޫން ކަމަށްވި ޕީޖީގެ އޮފީހުގެ ވަކީލުން އިއުތިރާފުގެ މައްޗަށެވެ. ޕީޖީ މިއަދު މަސައްކަތް ކުރަނީ ގާނޫނުން މަތިކޮށްފައިވާ މައްސޫލިއްޔަތުތަކާ އެއްގޮތަށް ވަކި ފަރާތަކަށް ނުޖެހި މިނިވަން ކަމާއެކު ކަމަށް ބުނެވިދާނެ އެވެ.  

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ބާއްވާ އަވަސް ކަމާއެކު ކުއްލި ގޮތަކަށް ހުކުމްކޮށްފި އެވެ. އެ ހަތަރު މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ހުކުމްކުރިއިރު ދެން ތިބި މެމްބަރުންގެ މައްސަލަތައް ވެސް އެހަރަ ފަޓާސްބަރިއެއްހެން ގެންގޮސް ހުކުމާ ހަމައަށް އައީ އެވެ.    

ކަންކަން މިހެން ހުރި ނަމަވެސް ފަނޑިޔާރުންނަށާއި ޕީޖީއަށް ބަޔަކު ކުރާނެ ތައުރީފެއް ނެތެވެ. ހާމަކަން ބޮޑު ގޮތެއްގައި ފެންނަމުން ދަނީ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކޯޓުތަކަށް ކީ ފާޑު ކީ ހަމަ ކިޔަން ޖެހިގެން ކަމެވެ. ރައްޔިތުން އެތަން ތަނަށް ޝުކުރު އަދާކުރަން ބޭނުން ނުވާ ސަބަބަކީ ކޯޓުތަކަށް އައި ބަދަލެއްއައީ ރިޔާސީ އިންތިހާބު ނަތީޖާއަށް ފަހު ކަމަށްވުމެވެ. ޖިނާއީ އަދުލު ނިޒާމާ ގުޅުންހުރި އެއްވެސް ގާނޫނަކަށް އައި ބަދަލެއް ނެތެވެ. ރިޔާސީ އިންތިހާބުގެ ކުރިން މިނިވަން ކޮށްދިނުމަށް އެދި ކުރި އާދޭސް އެއްޗަކަށް ނުވެފައި ޝަރީއަތުގެ އަޑުއެހުމެއް ވެސް ނުބާއްވާ އެކި މީހުން މީހުން މިނިވަން ކުރީމަ ޝަރުއީ ދާއިރާގެ ހާލަތު މީހުނަށް އިހުނަށް ވުރެ ބޮޑަށް އެނގުނީ އެވެ. އެތައް ސިޔާސީ ބަޔަކު މިއަދު މިނިވަންކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ގާތަށް އިންސާފު ހޯދަން ދާން ނުކެރޭ ވަރަށް އެމީހުންގެ ފެންވަރު ހައި ކޯޓުން މިހާރު އެ ނިންމި ނިންމުންތަކުން އެ އޮތް ހާމަވަނީ އެވެ. އެތައް ބަޔަކު ޖަލަށް ލީ ޖިނާޢީ އަދުލު ނިޒާމްގައި ގާއިމުވެފައި ހުރި އިޖްރާއަތްތައް މުގުރާލާފައި ކުރި ހުކުމްތަކަކުން ކަމަށް ހައި ކޯޓުން މިއަދު އެވަނީ ކަނޑައަޅާފައި އެވެ. ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތައް ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމްތަކާއެކު ކްރިމިނަލް ކޯޓުން މިއަދު ކިތަންމެ ބަޔަކު މިނިވަން ކުރިއެއް ކަމަކު ތައުރީފެއް ކުރަން ކެރޭނީ ކިހިނެތް ހެއްޔެވެ. 

ކްރިމިނަލް ކޯޓުން ބޭ އިންސާފުން ހުކުމް ކުރުމުން އެ ހުކުމްތައް ހައި ކޯޓުން މިއަދު ބާތިލް ކުރިއެއް ކަމަކު ހައި ކޯޓު ރަނގަޅޭ ބުނާނެ ދުލެއް ނެތެވެ. ކްރިމިނަލް ކޯޓުން ކޮށްފައިވާ އެ ހުކުމްތައް ބާތިލް ކޮށްދިނުމަށް އެދި ހުށައެޅި މައްސަލަތަކަށް އަހަރެއް ވީއިރުވެސް އަޅާ ނުލައި ތިބުމަށް ފަހު ރިޔާސީ އިންތިހާބު ހަމަ ނިމުމާއެކު އިންސާފުވެރި ހުކުމްތަކެއް ނެރުނަސް އެމީހުނަށް އަދާކުރާނެ ޝުކުރެއް ނެތެވެ. ހައި ކޯޓުން މިއަދު އެ ނިންމާ ގަޟިއްޔާތަކުގައި ފާހަގަކޮށްފައިވާ ކަންކަމުން ދޭހަވަނީ އެ ކޯޓުން މީގެ ކުރިން އެ ބާވާތުގެ މައްސަލަތަކުގައި ކޮށްފައިވާ ބޭ އިންސާފު ހުކުމްތަކެވެ.

ސުޕްރީމް ކޯޓުން މިއަދު މެމްބަރުންގެ ގޮނޑީގެ މައްސަލަތައް އަވަސް އަރުވާލައިގެން ނިންމާއިރު ތިޔަ މައްސަލަތަކެއް ކޯޓަށް ހުށައެޅިފަހުން ފާއިތުވިދުވަސްތަކުގައި ސުޕްރީމް ކޯޓު އޮތީ ލޯ މަރާލައިގެންނެވެ. އޭގެ ސަބަބުން ރައްޔިތުން ހޮވާފައި ތިބި މެމްބަރުންނަށް އެމީހުންގެ ވާޖިބު އަދާ ނުކުރެވި އޮތްކަން އެނގޭއިރު ސުޕްރީމް ކޯޓު މިހާރު ރަނގަޅޭ ބުނާނީ ކިހިނެއް ހެއްޔެވެ.

މިއަދު ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުން ނިންމާ ނިންމުންތަކާ ޕީޖީ ދައްކާ ވާހަކައިން އެނގެނީ ގަސްތުގައި އެނގިތިބެ އިންސާފު ގާއިމުކޮށް ނުދީ ހިފެހެއްޓި ކަމެވެ. އިންސާފު ލިބިނުދީ ލަސްވުމަކީ ވެސް އިންސާފެއް ނޫނެވެ. މިއަދު ކިތަންމެ ރަނގަޅު ނަމަވެސް އިންސާފު ގާއިމު ނުކޮށްދީ ދިގުލައިގެން ދިޔަ ކަމުގެ މައްޗަށް އެމީހުނަށް ކުރާނެ ތައުރީފެއް ނެތެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް