11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

އެންޑްރޫ ހީލީ

އެންޑްރޫ ހީލީ ލީކް ޔުނައިޓްގެ ސީއީއޯ ކަމަށް!

  • ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެންޑްރޫ ހީލީ ހަވާލު ވެވަޑައިގެންނެވީ 2014 ވަނަ އަހަރު
ސިމާހާ ނަސީމް | sim_kamana

| 24 އޮކްޓޯބަރ 2018 | ބުދަ 17:34 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ -- ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ އިނގިރޭސިވިލާތުގެ ފައިނޭންޝަލް ކުންފުންޏެއް ކަމަށްވާ ލީކް ޔުނައިޓެޑާ ގުޅިވައިޑައިގަންނަވަން ނިންމަވައިފިއެވެ.

ލީކް ޔުނައިޓަޑްގެ ވެބްސައިޓށް ދެއްވި އިންޓަވިއުގައި އެންޑްރޫ ވިދާޅުވީ އޭނާ އަށް އެ ފުރަސަތު ލީކް ޔުނައިޓަޑްގެ ފަރާތުން ދިނުމުން އެކަމާއި ފަހަރުވެރިވެލައްވާ ކަމަށާއި ލީކް ޔުނައިޓަޑް ފަދަ ތަނެއްގައި މަސައްކަތް ކުރެއްވުމަކީ ވަރަށް ޗެނެލެންޖިންގް ކަމަކަށްވާނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެންޑްރޫ ހީލީ ހަވާލުވެވަޑައިގެންނެވީ 2014 ވަނަ އަހަރުން ފެށިގެންނެވެ.

ލީކް ޔުނައިޓެޑުގެ ވެބްސައިޓުގައި ބުނެފައި ވަނީ އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވި ކެވިން ވިލްސަން މަގާމުން ދުރު ވާނީ މިއަހަރުގެ ޑިސެމްބަރު މަހު ކަމަށާއި އެއަށް ފަހު ހީލީއާ ކުންފުނި ހަވާލުކުރުމުގެ ކަންތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެ ކަމަށެވެ.

ހީލީ އަކީ 25 އަހަރަށް ވުރެ ގިނަ އަހަރު ފައިނޭންޝަލް ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޔޫރަޕާއި އޭޝިއާގެ ގިނަ ގައުމުތަކެއްގައި ބޭންކިން އާއި ފައިނޭންޝަލް ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ހީލީގެ ލީޑަރޝިޕްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އަށް ވަނީ ގިނަ ކާމިޔާބީތަކެއް ހޯއްދަވައި ދެއްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް