15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ކަނޑުގެ ދިރުން

ކަނޑުގެ ދިރުންތައް ޕްލާސްޓިކްގެ ޝިކާރައަކަށް!

  • ވެލާ، ކަހަނބު މަރުވެގެންދަނީ ޕްލާސްޓިކް ކެވިގެން ކަމަށް ގިނަ މާހިރުން ބުނޭ
  • މާލޭގެ ފަޅު ތެރޭގައި ގިނަ ޕްލާސްޓިކް ކޮތަޅާއި، ކުނީގެ ބާވަތްތައް ހުރޭ
އަމްނާ އިމާދު | @amnabinthimad

| 23 އޮކްޓޯބަރ 2018 | އަންގާރަ 11:14 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު


މާލޭގެ ފަޅު ތެރެއަށް އަޅާފައި ހުރި ކުނިތަކެއް--- -- ރާއްޖެއެމްވީ

އިންސާނުންގެ ބޭނުންތަކަށް އުފައްދާ ޕްލާސްޓިކް މޫދަށް އުކާލުމުގެ ސަބަބުން ކަނޑުގެ އެތަކެއް ދިރުންތަކަށް ދަނީ ގެއްލުން ވަމުންނެވެ. ކަނޑުގެ އެތެކެއް ދިރުންތަކެއް މި ޕްލާސްޓިކް ޝިކާރަޔަކަށް ވެ މަރުވަމުން ދެއެވެ. ސަބަބަކީ ކަނޑުގެ ދިރުންތަކަށް ނޭނގި ނަމަވެސް މި ޕްލާސްޓިކް ކޮތަޅު، ފުޅި ފަދަ ތަކެތި ކާއެއްޗެހި ކަމަށް ހީކޮށް ކެވުމުގެ ސަބަބުންނެވެ.

ޕްލާސްޓިކަކީ އޭގެ ޒާތުގައި ފަނާވެ ނެތި ދިޔުމަށް އެތައް ސަތޭކެ އަހަރުތަކެއް ނަގާ އެއްޗެކެވެ. އެހެންކަމުން މިގޮތަށް މޫދަށް އުކާލެވޭ ޕްލާސްޓިކް ކަނޑުގެ އަޑީގަޔާއި އަދި މަތީގައި ހުރުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް މިކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރެއެވެ.

ޅަ ވެލައެއްގެ ބަނޑުން ނަގާފައިވާ ޕްލާސްޓިކް

މި ފޮޓޯގައި ރީއްޗަށް އަތުރާލެވިފައި އެވާ އެކި ކުލަ ކުލައިގެ ޕްލާސްޓިކް އެތިކޮޅުތަކަކީ މީހަކު ރީއްޗަކަށް އަތުރާލައިފައިވާ އެއްޗެހިތަކެއް ނޫނެވެ. މި ޕްލާސްޓިކް އެތިކޮޅުތަކަކީ މަރުވެފައިވާ ޅަ ވެލައެއްގެ ބަނޑުން ނަގާފައިވާ ތަކެއްޗެވެ.

ތިމާވެށި ހިމާޔަތް ކުރުމުގައި ހަރަކާއްތެރިވާ ބަޔަކު ވަނީ އާޖެންޓީނާގެ އައްސޭރިފަށުން މަރުވެފައި ވަނިކޮށް ފެނިފައިވާ މި ވެލާ އެހާ ޅަ އުމުރުގައި މަރުވާން މެދުވެރިވި ސަބަބު ބެލުމަށް ދިރާސާއެއް ކޮށްފައެވެ. އަދި މިހާ ބައިވަރު ޕްލާސްޓިކް އެތިކޮޅުތައް ވެލާގެ ބަނޑުން ފެނުމުން އެ މީހުން ވެސް ތިބީ އަޖައިބު ވެފައެވެ. އަދި އެ މީހުން ބުނާ ގޮތުގައި އިންސާނުންގެ ބޭނުންތަކަށް އުފައްދާ މި ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރިމަތިވެފައިވާ ނުރައްކާއާ މެދު އަހަރުމެން އިންސާނުންގެ ހޭލުންތެރިކަން ނެތް މިންވަރު މިކަމުން ދޭހަވެއެވެ. އަދި ހަމައެކަނި ޕްލާސްޓިކްގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު މިހާރު ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ބަލައި ހައްލު ހޯދަން ޖެހިފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ވެލަޔަކީ އާންމުކޮށް މިގޮތަށް ޖެލީފިޝް ނުވަތަ އެހެން ބާވަތެއްގެ ކާނާ ކަމަށް ހީކޮށް ޕްލާސްޓިކް ގިނަ އަދަދަކަށް ކައި އުޅޭ އެއްޗެކެވެ. މިގޮތަށް ޕްލާސްޓިކް ކެވުމުން ވެލާގެ ކާ އެއްޗެހި ހަޖަމް ކުރުމުގެ ނިޒާމާއި ބޮޑުކަމު ދިޔުމުގެ ނިޒާމު ބެދި، ވަރުދެރަވެ އެންމެ ފަހުން މަރުވާން މެދުވެރިވެއެވެ. ވެލަޔަކީ އުމުރު ދިގު އެއްޗެއް ނަމަވެސް ފަހަކަށް އައިސް ޕްލާސްޓިކްގެ ޝިކާރައަކަށްވެ ވެލާ މަރުވުން ދަނީ އިތުރުވަމުންނެވެ. 

ބްރެޒިލްގެ ރިއޯ ގްރޭންޑް ސްޓޭޓްގެ ގޮޑުދޮޝުން މަރުވެފައި ވަނިކޮށް ފެނިފައިވާ 92 ވެލާގެ ތެރެއިން 50 ވެލާގެ ބަނޑުން ޕްލާސްޓިކްގެ ބާވަތްތައް ވަނީ ފެނިފައެވެ. އެހެންކަމުން ކަނޑުގެ ދިރުންތަކަށް މިކަމުގެ ސަބަބުން ލިބެމުން ދާ ގެއްލުން ވަރަށް ވެސް ބޮޑެވެ. ނަމަވެސް މިކަން ހައްލު ކޮށްދޭން ތިބި ބަޔަކީ ވެސް ހަމަ އަހަރުމެން އިންސާނުންނެވެ.

އަހަރެއްގެ މައްޗަށް 260 މިލިއަން ޓަނުގެ ޕްލާސްޓިކް އުފައްދައެވެ. އަދި ބޭނުން ކޮށްފަ މޫދަށް އުކާލުމުގެ ސަބަބުން ކަނޑުގެ އޮއިވަރުގއި ޖެހި މި ތަކެތި ކުދިކުދިވެ ކަނޑުގެ އަޑިއަށާއި، މަތީގައި ދައުރުވުމުގެ ސަބަބުން މަސްމަހާ މެހި ކާނާ ކަމަށް ހީކޮށް މި ޕްލާސްޓިކް އެތިކޮޅުތަށް ކައިހަދައެވެ. އަދި މިކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ.

ކަނޑުގެ ހުރިހާ ދިރުންތައް ޕްލާސްޓިކްގެ ޝިކާރަޔަކަށް ވެފައިވާއިރު ރާއްޖޭއިން ވެސް މިކަމާ މެދު މިއަދު ވަނީ ވިސްނަން ޖެހިފައެވެ. ރާއްޖޭގެ އެކި ރަށްރަށުގެ ގޮނޑު ދަށުންނާއި ކަނޑުމަތިން ވެލާ، ކަހަނބުގެ އިތުރުން މަސްމަހާމެހި މަރުވެފައިވާ ތަން ފެންނަ ފެނުން މިވަނީ އާންމު ކަމަކަށް ވެފައެވެ. އެހެންކަމުން މިއީ ޕްލާސްޓިކްގެ ސަބަބުން ވާކަމެއް ކަމަށް ވުން ގާތެވެ. 

ރާއްޖޭގެ ވެރިރަށް މާލެއަށް އެކަނި ބަލާލި ކަމުގައި ވިޔަސް މާލޭގެ ފަޅު ތެރޭގައި ވެސް ގިނަ ޕްލާސްޓިކް ކޮތަޅާއި، ކުނީގެ ބާވަތްތައް ހުރެއެވެ. ދޭތެރެ ދޭތެއިން އެކި ޖަމިއްޔާ ޖަމާއަތްތަކުން ނުކުމެ ސާފު ކުރި ނަމަވެސް މިއީ މިކަމުގެ ހައްލެއް ނޫނެވެ. އެހެނީ އަހަރުމެންގެ އަމަލުތައް ވެސް ބަދަލުކުރަން ޖެހެއެވެ. ކަނޑަށް ކުނި އެޅުން ހުއްޓަން ޖެހެއެވެ. ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ޖެހެއެވެ. އަހަރުމެންގެ އަމިއްލަ އަތުން އަހަރުމެންގެ އަމިއްލަ ވެށި ހަލާކުވެގެންދަނީއެވެ. އެހެން ކަމަށްވާއިރު، އަންނަ އޮތް ޖީލަށް މިވެށި ރައްކާތެރިކަމާ އެކު ފޯރުކޮށްދެވޭނެ ކަމާ މެދު ސުވާލު އުފެދައެވެ.

ކޮންމެ އަހަރެއްގެ ޖޫން 5 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ތިމާވެށި ދުވަސް ކަމަށްވާއިރު، މި އަހަރުގެ ތިމާވެށީގެ ދުވަހު ރާއްޖޭގެ ތިމާވެށީގެ ހަލާތާ ބެހޭ ގޮތުން 14 ޖަމިއްޔާއަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ސިޔާސަތުތައް ކަނޑައަޅާ އެކަށީގެންވާ ފެންވަރަކަށް ތަންފީޒުނުކުރެވޭ ކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ.

ޓްރާންސް ޕޭރަންސީ މޯލްޑިވްސްގެ ސީނިއާރ ޕްރޮޖެކްޓް ކޯޑިނޭޓަރު ޝާޒިޔާ އަލީ ވިދާޅުވީ ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ގައުމެއް ކަމަށާއި، ރާއްޖޭގެ އިގްތިސާދު ބިނާވެފައި ވަނީ ފަރުތަކުގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކުން ފެންނަނީ ތިމާވެށި ހަލާކުވެގެންދާ މަންޒަރު ކަމަށެވެ. ޝާޒިޔާ ވިދާޅުވީ ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު 2017 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރި ކަމަށް އެންމެ ނުރައްކާބޮޑު އެއްކަމަކީ ޕްލާސްޓިކު ފުޅި އާއި ޕްލާސްޓިކު ކޮތަޅު އަދި އެހެނިހެން ޕްލާސްޓިކު އިތުރުވެ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި މޫދު ތަގައްޔަރުވުން ކަމަށެވެ. އަދި ޕްލާސްޓިކު ފުޅި އުފެއްދުމުގައި ފަތުރުވެރިކަމުގެ ދާއިރާގައި އިސްވެ ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ޝާމިލުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޝާޒިޔާ ވާނީ ފާހަގަކުރައްވާފައެވެ. 

ޓްރާންސް ޕޭރަންސީ މޯލްޑިވްސްގެ ސީނިއާރ ޕްރޮޖެކްޓް ކޯޑިނޭޓަރު ޝާޒިޔާ

މޫދަށް އެއްލައިލާ ޕްލާސްޓިކް ސަބަބުން ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާއިރު، ކަނޑުގެ ބައެއް ދިރުންތައް މިވަނީ ނެތިދާން ފަށާފައެވެ. އެހެންކަމަށްވާއިރު، ރާއްޖޭއިން މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. ތިމާވެށި ރައްކާތެރިކުރުމަށް ކޮންމެ މީހަކު ވެސް ފަރުދީ ފެންވަރުގައި މަސައްކަތް ކުރަންޖެހެއެވެ. ކަނޑަށް ކުނި އަޅާ ފަރާތްތަކާ މެދު ފިޔަވަޅު އެޅެން އެބަޖެހެއެވެ. އަދި ތަރައްގީއަށް ހިންގާ މަޝްރޫއުތައް ތިމާވެއްޓާ ރައްޓެހި މަޝްރޫއުތަކަކަށް ހެދުމަށް މިއަދު ދިވެހިން އަޑު އުފުލަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް