25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:18
މަޣްރިބް 18:18
އިޝާ 19:29

މަގޭ ރިޕޯޓް

ފަސްފަހެތިން ބަލިވެ ޔާމީން ކުޑަކަކޫ މައްޗަށް....

 • ރައްޔިތުން ބޮޑުތަނުން ބުނީ ނޫނެކޭ
 • ކޯޓަކުންވެސް ގޮތެއް ނުހެދުނު
 • މިއަދު ވަނީ އެކަނިވެރިވެ ގޮތް ހުސްވެފައި
އަހުމަދު މުހުސިނު | dhonbandaara

| 21 އޮކްޓޯބަރ 2018 | އާދީއްތަ 18:57 | |

މަގުބޫލް

 1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
 2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
 3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
 4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
 5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
 6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
 7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
 8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ރައީސް ޔާމިން: މިއަދު ވަނީ އެކަނިވެފައި -- ޓްވިޓަރ

ކޮންމެ ހުކުރު ދުވަހަކު ހުކުރުން ނިމި އިސްލާމީ މަރުކަޒުގެ ދާލަ މައްޗަށް ނިކުމެލާއިރަށް ފެންނަނީ އެމަންޒަރެވެ. ފުލުހުން އައިސް ބަޔަކު ހުއްޓުވާ ތަނެވެ. ބައެއް ފަހަރަށް އަނިޔާވެސް ވާގޮތަށެވެ. ފަހަތަށް ބިޑިއަޅުވާ ހައްޔަރުވެސް ކުރާތަނެވެ. ގާތުގައި ހުންނަ ކުޑަކުޑަ ދަރިފުޅުވެސް އަހާލަނީ ބައްޕާ އެއުޅެނީ ކީއްވެގެންތޯއޭ؟ ކޮންކަމަކާ ހުރެތޯއެވެ. ބުނާނީ ކީކޭތޯއެވެ. ﷲ އަށް ދުއާ ކުރާތީއޭ ބުނާއިރަށް ދެން އެއަންނަ ސުވާލުތައް މާގިނައެވެ.

ނިދާފައި އޮއްވާ ގެއަށް ވަދެ ގެއަށް ވެއްދި ފިސްތޯލައެއް ބޮލުގައި އަޅުވާފައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ހުރަގެއަށްލީ ބޮޑު ސިންގާ ޓެރަރިޒަމްގެ ދައުވާގައެވެ. ފިސްތޯލައާއި ނާޒިމާ އެއްވެސް ގުޅުމެއް ނެތްކަމާ އެކަން ކުރި ގޮތާއި އޭގެ ހަޤީގަތް އެނގޭ މީހާ އެވާހަކަ ބުނީމާވެސް އަދިވެސް އެ އަނދިރި ކުޑަގޮޅީގައެވެ.

ނާޒިމްގެ މައްސަލައިގައި އެހެން ނުހެދުމަށް ވިދާޅުވި ވިދާޅުވުމާއެކު ރައީސް ނަޝީދު ޖަލަށްލީ ހަވާ ފަޓާސްބަރިއެއް ހެން ރެއާއި ދުވާލު ބޭއްވި އިންސާފެއް ނެތް ޝަރީޢަތްތަކަކުންނެވެ. އިއްވި ހުކުމަކީ ރައީސް ޔާމީން ވިދާޅުވެގެން ލިޔެ، ހުކުމް ކުރާންވީ ވަގުތާއި ސާޢަތު ބުނެދީފައި ފޮނުވުމުން ކުރި ހުކުމެއްކަން އެނގުނީ އެކަން ކުރި މީހުންވެސް އެހާލަތައް ގެނެސް ޖަލުގެ ތޭރިތަކުގެ ފަހަތަށް ލީ ފަހުންނެވެ.

އެންމެން ދައްކާ ވާހަކައެއް ޝައިޚް އިމްރާން މޭޑޭގައި ވިދާޅުވީތީ އެމަނިކުފާނު އެވީ މުޅި ދުނިޔެ ބިރުގަންނަ ވަރުގެ ޓެރަރިސްޓަކަށެވެ. ހިތަށް އެރިވަރަކަށް ހުކުމްކޮށް ޖަލުގެ ތޭރިތަކުގެ ފަހަތަށްލީ ބަސްބުނި ހިނދުންނެވެ. ބަލި އެނދުގައި އޮއްވާ ޤާސިމަށް ހުކުމްކުރީ އިސްލާހަށް މަސައްކަތް ކުރަން އަތުވެއްޖެނަމަ ދެން އޮންނަ އިންތިޚާބެއްގައި ހޮވައިދޭން މަސައްކަތް ކުރާނޭކަމަށް ބުނީތީ އެއީ ބޮޑު ރިޝްވަތަކަށް ބަލާފައެވެ.

ރިޝްވަތު ދިނިއްޔޭ ބުނެ ރިޝަވަތު ހިފިމީހާ ބައްހައްޓާފައި ފާރިސް މައުމޫން ހައްޔަރުކުރީ ރިޝްވަތު ގެންގޮސްދިންކަމަށް ބުނާ މީހާ އެކަން ކުރިކަން ސާބިތުވެސް ނުވެ އޮއްވައެވެ. އެކަމަކު ފާރިސް ވެސް ޖަލަށެވެ. ވެރިކަން ވެއްޓިދާނެ ކަމުގެ ބިރަށްޓަކައި އެއްބަފާ ބޭބެ ގެންގޮސް ދަންވަރު ޖަލަށް އެއްލާލީ އެއްވެސް ރަހުމެއް ނެތިއެވެ. މަރުވެދާނެހާ މިންވަރަށް ސިއްހީ ހާލަތު ގޯސްވީމާވެސް އެމަނިކުފާނަށް ހުކުމްކޮށް ޖަލުގޮޅިއަށް ހެޔޮވަރުކޮށްލީ އަމިއްލަ ފޯނު ނުދިންކަމަށް ބުނެއެވެ.

ޢަދްލު އިންސާފަށް ގޮންޖައްސަވައި ސުޕްރީމް ކޯޓް ބޮލާލާ ޖަހައި ފަނޑިޔާރުން ހައްޔަރުކުރީ ކޯޓު ފުރާޅުން ޓިނު ނަގައިގެންނެވެ. ކުރި ހުކުމް ބަދަލުކުރުވާވަރަށް އެހުކުމް ކުރި ފަނޑިޔާރުން ފިތްކަނޑައިގެންދާވަރުގެ ބިރުވެރިކަމެއް ގެނުވި ކުއްލި ހާތުންނެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ މަދު ސަފްހާއެކެވެ. މިއަނިޔާތަކަށް މީހުން އައީ ތާއަބަދު ދުއާ ކުރަމުންނެވެ. ހަމައެކަނި އިސްލާމީ މަރުކަޒަކު ނޫނެވެ. ހުރަގެތަކުގައެވެ. ނަމާދު ވަގުތު ތަކަށް ފަހުގައެވެ. މިނޫން ދުވަހެއް ދައްކުވައިދެއްވުން އެދިއެވެ.  

ރައީސް ޔާމީން ގެންދެވީ އެމަނިކުފާނު ނުރުހޭ ކޮންމެ މީހަކީ އެއްވެސް މީހެއް ނޫންކަމަށް ބުނަމުންނެވެ. ހަތުރަކަށްވާ ކޮންމެ މީހަކު ހަންމަތަ ކުރަމުންނެވެ. އެވެރިންގެ ވިޔަފާރިއާ ކުޅެމުންނެވެ. ވަޒީފާއެއްގައި ހުރިނަމަ އެކަމުގެ ބިރު ދައްކަމުންނެވެ. ހުކުމެއްގައި ހުރި އާދައިގެ މީހެއްނަމަ އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ. މިސަބަބަށްޓަކައި ރައްޔިތުން ތިބީ ގޮތް ހުސްވެފައެވެ. ބިރުން ރޫރޫ އަޅައަޅައެވެ. ހަޤީގީ މަންޒަރު ފޮރުވާ މުޅިން އެހެން އެއްޗެއް ދައްކައިގެންނެވެ.

ރައްޔިތުން ބުނަމުން ދިޔައީ އެންމެ ވާހަކައެކެވެ. ތިމަންމެންގެ ދުވަސް އެބައޮތް ކަމަށެވެ. މީދަލަކަށް ދުވަހެއް އައްޔާ ހިކަންޖަކަށް ދުވަހެއް އަންނާނެކަން ހަނދާން ކޮށްގެންނެވެ. ރޯމުގައި ކުރި ބާރުގަދަ ވެރިކަންވެސް ނިމުމަކަށް އަޔަތީއެވެ. ކިސްރާގެ ކޮއިލުގައި ހުރި އަލިފާންގަނޑުވެސް ނިވުނު ފަދައިންނެވެ. ތޮށަލި ދުޅައަށް ހިނގާ މި ދުނިޔޭގައި އެކަން އަންނާނެކަން ޔަޤީން ކޮށްގެންނެވެ.

ރައްޔިތުން ހިތްވަރު ކުރީކީ އަމަށަކު ވަރަކަށް ނޫނެވެ. ފަލިވަޅު ހަމަކޮށްލީ އަތުގައިލާ ފޮޅު ފަޅައިގެންދިޔަޔަސް ހެޔޮކަމަށެވެ. ނަތީޖާއެއްގެ ގޮތުން ވޯޓު ކަރުދާސް ލިބުނީމާ ހަމައެކަނި ފާހަގައިން މަނިކުފާނަށް ނޫނެކޭ ބުނީކީ އެކަންޏެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އެވޯޓް ވަގަށް ނަގާފާނެތީ ރައްޔިތުން ފިސާރި ރަނގަޅަށް ފާރަލި އެވެ. ބުޅާ މަސްގަނޑަށް ބަލަހައްޓައިގެން ހުންނަހެން ވޯޓް ފޮށިދޮށަށް މަނިކުފާނުލީ އޮފިޝަލުންގެ ހަރަކާތްތަކަށް ކަޅިއަޅައިގެންނެވެ. ތިޔަ ވިދާޅުވާ އަނގޮޓި ގެނައިކަން އެނގިތިބެ އެއަނގޮޓިން ކޫރުމެއް އަޅާލިއަވެސް ނުދީއެވެ. ފޮށިދޮށުގައި އޮތް ގަލަމަށް އިތުބާރު ނުކޮށް ވޯޓު އެލީ އަމިއްލަ ގަލަމުންނެވެ.

މަނިކުފާނަށް ތިޔަ ހީވީ އަދި ރަނގަޅަކަށް ނޫނެވެ. އެންމެ ބުއްދިވެރި މީހަކީ މަނިކުފާނުކަމަށް ތިޔަހީކުރެވުނީ ކުށްހީއެކެވެ. ޒަމާނީ އާލާތްތަކާއި ޖާދޫގަރުންގެ އަތްފަރިތަކަން އެހެން މީހުންވެސް ދަންނާނެކަން މަނިކުފާނަށް ނަގައި ނުގަނެވުމަކީ މަނިކުފާނުގެ ނުކުޅެދުންތެރިކަމެވެ. ހަދާ އިސްތިރިވަރިތޮޅިއާ ޒަމާނީކޮށްލާފައި ތިބުނާ ބްލެކް މެޖިކުގެ މައިތިރި ދަންނަ މީހުން ތިބެދާނެކަން ޤަބޫލުކުރެވޭވަރަށް އެވަނީ އެކަން ދައްކާލާފައެވެ. ހަމަ އެންމެ ކަމެއް ހިތުގައި އަޅައިގެންނެވެ. ސޫރަތުލް އާލް އިމްރާންގެ 54 ވަނަ އާޔަތް ރައްޔިތުން ޤަބޫލު ކުރީތީއެވެ. އެއާޔަތުގައި ވަނީ މިހެންނެވެ.

"އެއުރެން (އެބަހީ ކާފިރުވި މީހުން) މަކަރުވެރި ނުބައި ރޭވުންތައް ރޭވިއެވެ. ﷲ (އެއުރެންގެ ރޭވުންތައް ބާތިލް ކުރައްވައި، އެއުރންނަށް ކެހި ލިބޭނޭ ގޮތަށް) ތަދްބީރު ކުރެއްވިއެވެ. ﷲ އީ މަކަރުވެރިންނަށްވުރެ ތަދްބީރު ކުރެއްވުން މޮޅު ރަސްކަލާނގެއެވެ." މިފަދައިންނެވެ.

އެއަޤީދާގައި ހިފައިގެންތިބެ ރައްޔިތުން މަނިކުފާނަށް ނޫނެކޭ އެބުނީ ބޮޑުތަނުންނެވެ. ގާތުގައި ތިބި މީހުންވެސް މަނިކުފާނަށް އެދެއްކީ ބޮޑު އަވާމެންދުރެކެވެ. ހަކުރު ދޭތީ ބޮޑުބޭބެވެފައި އެވެރިން އުޅުނީ ކަންވެ ނިމެންދެންނެވެ. އޮފީސް ކުރިމަތީގައި ކޮންމެ ރެއަކު ތިޔަޖަހާ ސަކަރާތުގައި ބައިވެރިވާ ހައެއްކަ މީހުންނަށް ބަލާލީމާ އިތުރަށް އެވާހަކަ ދައްކާކަށް ނުޖެހެއެވެ. އެއްކަލަ ބޮޑު މަންޒަރުގެ އަވައިގައި ޖެހިވަޑައިގެން ހުންނެވި މަނިކުފާނަށް ދޮންކަޅުވެސް ތިވަނީ ރޭކާ ނުލައެވެ. ހަމަ ހަޤީގަތުގައިވެސް މަނިކުފާނު ތިޔަވަނީ ބޮޑުތަނުން ބަލިވެފައެވެ. ގަދަބާރު ދައްކައިގެން އުޅުއްވި އުޅުއްވުން ނެތިގޮސް ތިޔަވަނީ އެކަނިވެރިވެފައެވެ. ގާތުގައި ތިބި މީހުންގެ ހިލަމެއް ނެތިފައެވެ. ދެއްކި ބިރާ އޮބަހެއްޓި އޮބަހެއްޓުން ފިލާގޮސް ރައްޔިތުން އެވަނީ ހަށިފޮޅާލައިފައެވެ. މިއަދަކު ދައްކާނެ ވަޒީފާގެ ބިރެއް ނެތެވެ. ކުޑަގޮޅި ދައްކައިގެން ދެއްކޭނެ ބިރެއްނެތި މަނިކުފާނު ތިޔަވަނީ އެގޮޅީގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައެވެ. ފައިސާއާ އެހެނިހެން އިނާޔަތްތަކުގެ ދަޅަ ދެއްކެން ނެތްވަރަށް މަނިކުފާނު ތިޔަވަނީ އެއްކުރިހާ ފައިސާއާ މުދަލުގެ ބޭނުމެއް ނުކުރެވި ހުސްއަތާވެފައެވެ.

އެދުވަހު ރައްޔިތުން ބިރުން ރުޔެވެ. ބައެއް މީހުން ދުނިޔެއަޅާވެސް ދިޔައެވެ. އާއިލާތައް ރޫޅި އެތައް ކުޑަކުދިންނެއް ބިކަވެގެންވެސް ދިޔައެވެ. އެމީހުން އެބުނަނީ މިއަދު މަނިކުފާނެއް ނެތްކަމަށެވެ. ކުޑަކަކޫ މައްޗަށް ތިރިވެ އާދޭސް ދަންނަވަން މިއަދު ޖެހޭނީ މަނިކުފާނު ކަމަށެވެ. ބަލިވާ ކޮންމެ ފަހަރަކު ވަގަށް ޖަހާ ހުކުމުގެ ރަނގަ ހުސްވެ ފަސްފަހެތިން ބަލިވެއްޖެ ކަމަށެވެ. މަނިކުފާނު ޚަތިމްވެއްޖެ ކަމަށެވެ. މޫނުއަޅައި ސަންދޯކުގައި އަރިއަކަށް ބާއްވާ ނިމެންވާއިރަށް މަތިގަނޑު ޖަހާލަން ކައިރިވާނެ މީހަކުވެސް ނެތްހާ އެކަނިވެރިވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް