15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މޯދީގެ ދިވެހި ޓްވީޓް

ބޮޑުވަޒީރު މޯދީ ދިވެހިންނާއި ގާތަށް! އެންމެގާތަށް!

  • މިއީ ދިވެހިބަހުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ލީޑަރަކު ވެސް އަދި އިންޑިއާގެ ބޮޑުވަޒީރަކު ވެސް ކުރެއްވި ފުރަތަމަ ޓްވީޓް
އާމިނަތު ނުޒުހާ | nuzu8121

| 20 އޮކްޓޯބަރ 2018 | ހޮނިހިރު 19:04 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު


އިންޑިއާގެ ބޮޑުވަޒީ މޯދީ ރާއްޖޭގެ ފޮރިން މިނިސްޓަރާ އެކު -- ފޮރިން މިނިސްޓްރީ

އަޅުގަނޑުމެން އެބަހަކަށްޓަކައި ފަޚުރުވެރިވާ މާދަރީ ބަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކުރެއްވި ޓްވީޓަކާ އެކު ދިވެހިންނަށް ހައިރާންކަމާ އެކު އުފާވެރިކަން ގެނެސްދީފިއެވެ.

މިއީ ދިވެހިބަހުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ލީޑަރަކު ވެސް އަދި އިންޑިއާގެ ބޮޑުވަޒީރަކު ވެސް ކުރެއްވި ފުރަތަމަ ޓްވީޓެވެ.

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެ ގައުމަކީ ފެށުނީއްސުރެ ވެސް އަޚްވަންތަކަމުގެ ގާތްގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. ދިވެހިންނަށް ދިމާވާ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އެންމެ އަވަހަށް އެހީގެ އަތް ދިއްކޮށްލާ، ދެގޮތެއް ނުވާ ބައިވެރިއަކީ އެކުވެރި އިންޑިއާއެެވެ. އެހެން އެކަން އޮއްވައި ފާއިތުވި ދުވަސްތަކުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ކުޑަ ހީނަރުކަމެއް އައި ނަމަވެސް މީހާރު އަނެއްކާ ވެސް މި ފެންނަނީ އެގުޅުން ވަރުގަދަ ވަމުން  އަންނަ ކަމުގެ އަލާމާތްތަކެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމު ކަމުގައިވާ އިންޑިއާގެ ބޮޑުވަޒީރު ދިވެހި ބަހުން ޓްވީޓެއް ކުރައްވައި، ދިވެހިންގެ ހިތްތަކާ ކުޅެލެއްވުމަކީ ކުޑަ ޝަރަފެއް ނޫނެވެ. މި ޓްވީ އެކު އެމަނިކުފާނަށް އެތައް ދިވެހިންނެއް އެދަނީ ޝުކުރުގެ ގުލްހާރުތައް އަމުނަމުންނެވެ. ދިވެހި ބަހުން އަމިއްލަފުޅަށް ޓްވީޓެއް ކުރައްވަން އެމަނިކުފާނަށް އެނގިވަޑައި ނުގެންފާނެއެވެ. އެހެނަސް މިފަދަ ޓްވީޓެއް ކުރެއްވުމަށް ވިސްނަވައި އެކަން އެގޮތަށް ކުރެއްވުމަކީ އެމަނިކުފާނު ދިވެހިންނާއި ގާތްކަން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ.

ބޮޑުވަޒީރު މޯދީ ކުރެއްވި އެ ޓްވީޓަކީ އެމަނިކުފާނުގެ ރޯލްމޮޑެލް އަދި އެންމެ ލޯބިފުޅުވާ އެގައުމުގެ މިނިވަންކަމުގެ ބާނީ މޯހަންދަސް ކަރަމްޗަންދް ގާންދީ ނުވަތަ މަހާތްމާ ގާނދީ (ބާޕޫ) އަށް އެންމެ ކަމުދާ ލަވައެވެ. އެމަނިކުފާނުގެ ޓްވީޓްގައި "ވައިޝްނަވް ޖާން ތޯ" ލަވަ ކިޔުއްވާފައި ވަނީ ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާ ކަމަށް ވިދާޅުވެފައި ވެއެެވެ. އަދި ގާންދީގެ ސުލްޙައިގެ ފަލްސަފާ އާއި ދެމެހެއްޓެނިވި ތަރައްޤީ އާއި، ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ކަމަށް ވަނީ ވިދާޅުވެފައެެވެ.

އިންޑިއާގެ ބާޕޫ ނުވަތަ އެ ގައުމުގެ ބައްޕަ ގާންދީގެ 150 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ 124 ގައުމެއްގެ އާޓިސްޓުން ބައިވެރިކޮށްގެން ކިޔާފައިވާ "ވައިޝްނަވް ޖާން ތޯ" މި ލަވައިގައި ދިވެހި ދެ ފަންނާނުން ކަމުގައިވާ މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާގެ ހުނަރު ވެސް ފެނިގެންދެއެެެވެ. އެއިންކޮންމެ ފާންނާނަކު ވެސް އެ ލަވައިން ކުޑަތަކޮޅެއް ކިޔާފައި ވެއެވެ. މި ލަވަ އިންޑިއާގެ އެކްސްޓާނަލްއެފެއާޒްގެ ޔޫޓިއުބް ޗެނަލް އިން ވަނީ އަޕްލޯޑްކޮށްފައެވެ.

އެހެނަސް ދިވެހި ދެ ފަންނާނުން ކިޔާފައިވާ މުޅި ލަވަ އެކީގައި ހިމެނޭ ގޮތަށް ބޮޑުވަޒީރު މޯދީގެ އަމިއްލަފުޅު ޔޫޓިއުބް ޗެނަލް އިން ވަނީ އަޕްލޯޑްކުރައްވާފައެެވެ. މަހާތަމާ ގާންދީގެ ސުލުހައިގެ ފަލްސަފަ އާއި ދެމެހެއްޓެނިވި ތަރައްގީ އާއި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އެމަނިކުފާނު ގުޅުވާލެއްވިއެެވެ.

"ވައިޝްނަވް ޖާން ތޯ" މި ޅެމަކީ ވަރަށް ރީތި ފުރިހަމަ ޅެމެކެވެ. އިންޑިއާގައި އެންމެ މަގުބޫލު ޅެންތަކުގެ ތެރޭގައި މިޅެން ހިމެނެއެވެ. މިއީ 15 ވަނަ ގަރުނުގައި އުޅުއްވި އިންޑިއާގެ ގުޖުރާތުގެ މޝްހޫރު ޅެންވެރިޔާ ނަރްސިން މެހެތާ ހައްދަވާފައިވާ ޅެމެކެވެ.

ބޮޑުވަޒީރު މޯދީގެ ދިވެހިބަހުގެ މި ޓްވީޓަށް ދިވެހިންގެ އިތުރުން އިންޑިއާގެ އެތަށް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ޓްވީޓަށް ރިޕްލައިކުރަމުންދާ ދިވެހިން އިނގިރޭސި ބަހުގެ އިތުރުން ދިވެހިބަހުން ވެސް ބުނަމުންދަނީ "ޝުކުރިއްޔާ މޯދީ ސާހަބް! އަޅުގަނޑުމެންގެ ބަހުން ޓުވީޓެއް ކުރެއްވުމުން މިބަހަށް ލިބިގެންދާ ސަމާލުކަން ވަރަށް ވެސް ބޮޑުވެއްޖެ. ހަމަ މިނޭވާގައި އެދެނީ ކުރިޔަށް އޮތްތާގައި އަޅުުގަނޑުމެންގެ މި ކުޑަ ގައުމަށް އަޅުއްވާ ލައްވައި، ގާތްކަން ބަހައްޓަވައި އަދި މިނިވަންކަމަށް އިހުތިރާމް ކުރެއްވުން" މިގޮތަށެވެ.

ކޮންމެއަކަސް މޯދީ ދިވެހި ބަހުން ކުރެއްވި މި ޓްވީޓް ދުނިޔޭގެ ސަމާލުކަން ހޯއްދެވުމާ އެކު ދިވެހިންނާއި ގާތަށް، ހިތްތަކުގެ އެންމެ ގާތަށް ވަޑައިގަންނަވައިފިއެވެ.  

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް