16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ރިޔާސީ އިންތިހާބު 2018

ހުކުމަށް ކުރާ އިންތިޒާރު: ރައްޔިތުންނަށް ދޭ އަނިޔާއެއް!

  • މުޅި ގައުމު އޮތީ ހުކުމުގެ އިންތިޒާރުގައި
  • ހުކުމް ކުރުން ލަސްކުރަމުން ދާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
އަލީ ޔޫސުފް | AliYooosuf

| 20 އޮކްޓޯބަރ 2018 | ހޮނިހިރު 17:44 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  8. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ


ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައިގެ އަޑުއެހުމަށް ވަނުމަށް އެތައް އިރެއް ކުރިން ބަޔަކު ކިޔުގައި ޖެހިފައި: އަޑު އެހުންތަކަށް ވަނީ ނުނިދައި ކިޔުގައި ތިބެގެން -- އާކައިވް

"ރާއްޖޭގައި ވޯޓު ދިން ހުރިހާ ރައްޔިތުން އެ ތިބެނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި އިނގޭތޯ، ކޯޓުން ވެސް އެބަ ޖެހޭ، އަޅުގަނޑު ހަމަ އިލްތިމާސްކުރަން ވީހާ ވެސް އަވަހަކަށް މި ހުކުމް ނެރެދެއްވުމަށް، އެއީ ހުކުމް ނުނެރެ މިދާ ކޮންމެ ގަޑިއިރަކީ ދިވެހި ރައްޔިތުން ދެން ކިހިނެއްބާއޭ ތިމަންނަމެންގެ ވޯޓަށް ވާނީ ހިތަށް އަރާފައި ބޮޑު ބިރުވެރިކަމުގައި މި ތިބެނީ. ހެޔޮ ނުވާނެ މި ރާއްޖޭގެ ހުރިހާ ރައްޔިތުން މިފަދަ ނަފްސާނީ  ހާލަތެއްގައި ބައިތިއްބަ،" ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެފައި ވެއެވެ.

ރޮޒެއިނާ ވިދާޅުވި ފަދައިން މުޅި ރާއްޖެ މި ވަގުތު އިންތިޒާރުކުރަމުން ގެންދަނީ ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ހުކުމަކަށެވެ. އެ ހުކުމް އަންނާނެ ގޮތެއްގެ ކޮންމެ ވެސް ވަރެއްގެ ލަފައެއް ކުރެވުނެއް ކަމަކު ރާއްޖޭގެ ކޯޓުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ، ޝަރީއަތުގެ ކަންކަން ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް ހުކުމެއް އަތުވެދާނެ ގޮތަކާ މެދު އަންދާޒާކުރަން ވެސް ދައްޗެވެ.

އެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާފައިވާ އިރު މައްސަލަ ސާބިތުކުރުމަށް އެއްވެސް ހެއްކެއް ކޯޓުން ބަލައި ގަނެފައެއް ނުވެއެވެ. ރައީސް ޔާމީނުގެ ފަރާތުން ކޯޓަށް ސިއްރު ހެކިތަކެއް ހުށަހެޅި ނަމަވެސް އެއީ ބަލައިގަނަންޖެހޭ ހެކިތަކެއްގެ ގޮތުގައި ފަނޑިޔާރު ގަބޫލުކުރައްވާފައެއް ނުވެއެވެ. އެހެންކަމުން އިންތިހާބު ބާތިލުކުރުމުގެ ފުރުސަތު ނެތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެން ނަމަވެސް ކުރިން ވެސް ފާހަގަކުރިހެން ރާއްޖޭގެ ކޯޓުތަކާ މެދު އަދި ހާއްސަކޮށް ސުޕްރީމް ކޯޓާ މެދު އާންމުން ދެކޭ ގޮތް ވަރަށް ތަފާތެވެ. ހުކުމް ކޮންމެ ގޮތަކަށް ވެސް ނުކުމެދާނެއެވެ.

މި ހުކުމުގެ އިންތިޒާރުގައި ތިބީ ހަމައެކަނި ރައީސް ޔާމީނަށް ވޯޓު ތިން 96،000 ރައްޔިތުން އެކަންޏެއް ނޫނެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ރައީސަކު އިންތިހާބުކުރުމަށް ސެޕްޓެމްބަރު 23 ވަނަ ދުވަހު ނުކުމެ ވޯޓު ލީ ކޮންމެ މީހަކު ވެސް އަދި ތަފާތު އެކި ސަބަބުތަކާ ހުރެ ވޯޓު ނުލެވުނު މީހުން ވެސް ތިބީ އެ ހުކުމުގެ އިންތިޒާރުގައެވެ. އަބަދާ އަބަދު ކުރެވެނީ އެ ފިކުރެވެ. ދެ މީހަކު ދިމާވިޔަސް އެ ވާހަކައެކެވެ. ސައި މޭޒު ދޮށުގައި ވެސް އެ ވާހަކައެވެ. ކޮފީތަކުގައި ވެސް އެ ވާހަކަތަކެވެ.

މިފަދަ ހާލަތެއްގައި ރައްޔިތުން ތިބެންޖެހުމަކީ އަނިޔާއެކެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ ތެރެއިން 234000 ރައްޔިތުން ނުކުމެ ވޯޓު ދިނީ ކޯޓުން ނަތީޖާ ނެރުމަކަށް ނޫނެވެ. މިއިން ޒަމާނެއްގައި ވޯޓު ލުމަށް ނުކުރާހާ ދިގު އިންތިޒާރަކަށް ފަހު އެތައް އިރެއް ވަންދެން ކިޔުގައި ތިބެ ވޯޓު ލީ ފަސް ފަނޑިޔާރުން ކަނޑައަޅާ ގޮތަކަށް ރުހޭކަށް ނޫނެވެ. ކޯޓުތަކުން ނިންމާ ނިންމުންތަކަށް ތަބާވާންޖެހެއެވެ. ނަމަވެސް އެހާ ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުލާން ނުކުތީ ކޯޓަކުން ނަތީޖާ ނެރޭނެ ކަމަށް ބަލައިގެން ނޫނެވެ. އެ މީހުންގެ ނިންމުމަށް އިހްތިރާމުކުރާނެ ކަމަށް ބަލައިގެންނެވެ.

މައްސަލަތަކެއް ހުރި ކަމަށް ފެންނަ ނަމަ ކޯޓަށް ހުށަހެޅުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް މިފަދަ ހައްސާސް މައްސަލައެއްގައި މިހާ ދުވަސް ވެގެނެދާއިރު ކޯޓުން ގޮތެއް ނިންމައި ދިގުލައިގެން ދިއުމަކީ ރައްޔިތުންނަށް ދޭ އަނިޔާއެކެވެ. ބޮޑެތި މައްސަލަތަކުގައި ރެއާއި ދުވާލު ކޯޓު ހުޅުވައިގެން ވެސް މައްސަލަތައް އަވަހަށް ނިންމާފައި ވެއެވެ. އެހެން ކަމުން ރިޔާސީ އިންތިހާބާ ގުޅޭ މިފަދަ މައްސަލައެއް ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެގެންދާއިރު ހުކުމް ލަސްވެގެންދާތީ ރައްޔިތުން ހަގީގަތުގައި ވެސް ތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހާއްސަކޮށް އަޑުއެހުންތައް ނިމި ހުކުމެއް ލިޔަން ހަތަރު ފަސް ދުވަސް ފަނޑިޔާރުން ނެންގެވުމަކީ ރައްޔިތުންގެ ހިތުގައި އޮތް ބިރުވެރިކަން އިތުރަށް ބޮޑުވެގެންދާ ސަބަބެކެވެ. މީގެ ކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމްތަކުގެ ސަބަބުން ވެސް އެ ބިރުވެރިކަން ބޮޑުވެގެން ދެއެވެ. ހުކުމްތަކަކީ ގަނެ ވިއްކާ އެއްޗެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މި ދަނޑިވަޅުގައި ހުކުމް ކުރުން ލަސްވެގެން ދިޔުމަކީ ވެސް ރައްޔިތުން ކަންބޮޑުވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް