24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

އައިފޯން ލޯންޗްކުރުން

ދިރާގުން އައިފޯން 10އެސް އަދި 10އެސް މެކްސް ލޯންޗުކޮށްފި

  • މި ފޯނު ތަކަށް ބޮޑު ތަރުހީބެއް ލިބުނު
  • އައިފޯނުތަކުގެ އަގު އުޅެނީ 20،000ރ ފެށިގެން
ރިޒުނާ ޒަރީރު | RiznaZareer

| 19 އޮކްޓޯބަރ 2018 | ހުކުރު 18:58 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


އެޕަލްގެ އައު ފޯން -- އާކައިވް

ދުނިޔޭގެ އެންމެ ގިނަ ބައެއްގެ މެދުގައި މަޤްބޫލު ކަން ހޯދާފައިވާ އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ދިރާގުން ބާޒާރަށް ނެރެފިއެވެ.
ދިރާގު ހެޑް އޮފީހުގައި ހުކުރު ދުވަހު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ބާޒާރަށް ނެރެފައި ވަނީ އައިފޯން 10އެސް އަދި 10އެސް މެކްސްއެވެ.
މިފޯނުތައް ލޯންޗުކުރުމާ އެކު ޕްރީއޯޑަރ ކުރި ކަސްޓަމަރުންނަށް މިހާރު ފޯނުތައް ދޫކުރަން ފަށާފައިވާ ކަމަށާއި އަދި މިއަދު ފޯނާ ހަވާލުވެވެން ނެތް މީހުންނަށް ދިރާގުގެ ކަސްޓަމާ ސަރވިސް ސެންޓަރުން މާދަމާ ފޯނު ލިބެން ހުންނާނެ ކަމަށް ދިރާގުގެ ޑިވައިސް މެނޭޖަރު އަހުމަދު އިޝާން ވިދާޅުވިއެވެ.

އިޝާން ވިދާޅުވީ ޕްރީ އޯޑަރުގެ މުއްދަތުގައި އެފުރުޞަތު ނުލިބުނު ފަރާތްތަކަށް އިތުރު ފުރުޞަތެއް ހުޅުވާލާނެ ކަމަށާއި ކައިރި މުސްތަޤްބަލެއްގައި އިތުރު ޝިޕްމަންޓެއް ލިބޭނެ ކަމަށެވެ. އަދި ޕްރީ އޯޑަރ އަށް ހުޅުވާލުމާއި އެކު ވަރަށް ގިނަ މީހުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕްރީ އޯޑަރ ކުރި ކަމަށާއި ގިނަ ބައެއްގެ ތަރުހީބު މި ދެ ފޯނަށް ލިބިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. 
އެންމެ ފަހުގެ އައިފޯނުތަކުގެ އަގު އުޅެނީ 20،000ރ އިން ފެށިގެން 30،000ރ. އާ ދެމެދުގެ އަގުތަކެއްގައެވެ.
އެޕަލް އިން ވަނީ ދާދި ފަހުން ދުނިޔޭގެ ބާޒަރަށް ތިން ފޯނެއް ނެރެފައެވެ. އެއީ އައިފޯނު 10އެސް އަދި 10އެސް މެކްސްގެ އިތުރަށް އައިފޯން 10އާރް އެވެ.

އައިފޯން އެކްސް އެސް އާއި އައިފޯން އެކްސް އެސް މެކްސްގެ ފީޗާސްއަށް ބަލާލާއިރު

އައިފޯން 10އެސް މެކްސް: ގިނައިރު ގޭމް ކުޅޭ މީހުނަށް ސެމްސަންގް ނޯޓް 9 އަށްވުރެ ގިނައިރި ގޭމް ކުޅުން ފަސޭހަކޮށްދިނުމަށް "ކޯރް އެމްއެލް" އިންޖީން އެއް މިފޯނުތަކުގައި ހުރެއެވެ. މިހާތަނަށް އެންމެ ވަރުގަދަ ޕްރޮސެސާ "އޭ ޓުވެލް ބަޔޮނިކް - ސެވަން އެންއެމް ސީޕީޔޫ" ހުރުމުގެ ސަބަބުން މި ފޯނު އައިފޯން އެކްސްއަށްވުރެ 15 ޕަސެންޓް ހަލުވިވާނެއެވެ. އައިފޯން އެކްސްއަށްވުރެ ޗާޖު ވެސް ދޮޅުގަޑިއިރަށްވުރެ ގިނައިރު ހިފަހައްޓާނެ ކަމަށް އެޕަލްއިން ބުނާއިރު، ފޮޓޯ ފެންނަލެއް ކުރިއަށްވުރެ ސާފުވާނެއެވެ. އަދި ޕޯޓްރެއިޓް މޯޑްގައި ނަގާ ފޮޓޯތަކުގެ ފަހަތް ބޭނުން ވަރަކަށް ފުސްކޮށްލެވޭނެ ކަމަށާއި، އީ ސިމް އަކާއި ފިޒިކަލް ނެނޯ ސިމެއް މި ފޯނުތަކަށް ސަޕޯޓްކުރާނެއެވެ.

އައިފޯން އެކްސް އާރް، މިއީ މިފަހަރު ތައާރަފުކުރި އާ ދެ އައި ފޯނަށްވުރެ އަގު ހެޔޮކޮށް އައިފޯނު ގަންނަން ބޭނުންވާ މީހުނަށް ހާއްސަކޮށް ތައާރަފުކުރި ފޯނަކަށް ވާއިރު އައިފޯން އެކްސް އަށްވުރެ މި ފޯނު ބޮޑުވެފައިވާ އަގު ވެސް ހެޔޮވާނެއެވެ. މި ފޯނުގައި ވެސް ބޭނުން ކުރާނީ އަލަށް ތައާރަފުކުރި އައިފޯނުތަކުގައި ބޭނުންކުރާ ޕްރޮސެސާ، އޭޓުވެލް ބަޔޮނިކް ޗިޕް އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް