24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:19
މަޣްރިބް 18:18
އިޝާ 19:29

މީޑިއާނެޓްގެ ޕްރޮމޯޝަން

މީޑިއާނެޓްގެ ބޮޑު ޗުއްޓީ ޕްރޮމޯޝަން ފަށައިފި

  • ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެމްބަރު 1 ވަނަ ދުވަހާ ހަމައަށް
  • ޕްރޮމޯޝަންގެ ދަށުން ވީކްލީ އިނާމު ލިބޭނެ
ސިމާހާ ނަސީމް | sim_kamana

| 18 އޮކްޓޯބަރ 2018 | ބުރާސްފަތި 18:59 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


M580 އެޗްޑީ ސެޓްޓޮޕް ބޮކްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ރާއްޖެއެމްވީ

މީޑިއާނެޓްގެ ބޮޑު ޗުއްޓީ ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން އޮކްޓޯބަރު 17 ވަނަ ދުވަހު ފަށާފައިވާއިރު ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެމްބަރު 1 ވަނަ ދުވަހާ ހަމައަށެވެ.

މީޑިއާނެޓުން ބުނީ ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުން ނަގާފައިވާ ޕެކޭޖުގެ މަހު ފީ ދައްކާއިރު އެއްފަހަރާ ދެ މަހުގެ ފީ ދެއްކުމުން ޕެކޭޖް އަޕްގްރޭޑް ވެގެންދާނެ ކަމަށެވެ. މިސާލަކަށް ލޯކަލް ޕެކޭޖް ނަގާފައިވާ ކަސްޓަމަރަކު އެއްފަހަރާ ދެ މަހުގެ ފީ ދެއްކުމުން ކުރިއަތް އޮތް ދެ މަހު އެ ކަސްޓަމަރުގެ ޕެކޭޖް ބޭސިކް ޕެކޭޖަށް އަޕްގްރޭޑް ވެގެންދާނެއެވެ.

މީޑިއާނެޓުން އިތުރަށް ބުނީ ޕްރޮމޯޝަންގެ ދަށުން ފުލް ޕެކޭޖު ނަގާފައިވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ގުރުއަތުލުމެއް ކުރިއަށްދާނެ ކަމަށެވެ. އަދި އެ ގުރުއަތުލުމުގެ ދަށުން ހޮވޭ ފަރާތަކަށް ކޮންމެ ހަފްތާއަކު M580 ގެ ޑީކޯޑަރެއް ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ހަމައެކަނި މީޑިއާނެޓްގެ ސޭލްސް ސެންޓަރަށާއި ޑީވާ ޝޮޕްތައް މެދުވެރިކޮށް މަހު ފީ ދައްކާ ކަސްޓަމަރުންނަށެވެ.  

މީޑިއާނެޓް އިން ވަނީ މީގެ ހަތަރު މަސް ކުރިން M580 އަލްޓްރާ އެޗްޑީ ސެޓްޓޮޕް ބޮކްސްއަށް ތައާރަފު ކޮށްފައެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ވަނީ M580 އަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް