15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ތައުމީން ނުވަތަ އިންޝުއަރެންސް

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

  • ތަކާފުލް އެންމެ ބޮޑަށް ވައްތަރު ވަނީ އިސްލާމްދީނުގެ އެއްރުކުން ކަމުގައިވާ ޒަކާތާއެވެ.
  • އިސްލާމިކް ތައުމީން ނުވަތަ އިސްލާމިކް އިންޝުއަރެންސްގެ މަޤްޞަދުތަކާއި، ކޮންވެންޝަނަލް އިންޝުއަރެންސްގެ މަގްސަދުތައް ތަފާތެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 15 އޮކްޓޯބަރ 2018 | ހޯމަ 11:50 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ފިހާރައެއްގެ ތެރެ: ބައެއް ކުންފުނިތަކުން އިސްލާމިކް އިންޝުއަރެންސްގެ ޚިދުމަތް ލިބިގަންނަމުން އެބަދެއެވެ. -- ފޮޓޯ: މުހައްމަދު ޝަރުހާން

(10 އޮކްޓޯބަރ 2081 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

 

އިސްލާމީ ތައުމީން ހިންގާ ގޮތް.

އިސްލާމިކް ތައުމީން ނުވަތަ އިސްލާމިކް އިންޝުއަރެންސްގެ މަޤްޞަދުތަކާއި، ކޮންވެންޝަނަލް އިންޝުއަރެންސްގެ މަގްސަދުތައް ތަފާތެވެ. ނަމަވެސް ހިންގާ ގޮތް ދާދި އެއްގޮތެވެ. ކޮންވެންޝަނަލް އިންޝުއަރެންސް ނުވަތަ ތައުމީނުން ލިބިދޭ ފައިދާއަކީ އިސްލާމިކް އިންޝުއަރެންސްގެ ނަޒަރުން ބަލާލާއިރު ޝަރީޢާ އާއި އިސްލާމިކް އުޞޫލުތަކާއި ފުށުއަރާގޮތަށް ލިބިދޭ އެއްޗެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް އިސްލާމިކް އިންޝުއަރެންސްގެ ފައިދާ ވާންޖެހެނީ ޝަރީޢާ އާއި އިސްލާމީ އުޞޫލުތަކާއި، ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ލިބިދޭ އެއްޗަކަށެވެ. މިއަދު އަޅުގަނޑުމެންގެ މިކުޑަ ކުޑަ ދިވެހި ރާއްޖޭގައި ވެސް އިސްލާމިކް އިންޝުއަރެންސް މިވަނީ ތަޢާރަފް ވެފައެވެ. އަޅުގަނޑުމެންގެ ތެރެއިން މަދު ބައެއް ނަމަވެސް އިސްލާމިކް އިންޝުއަރެންސްގެ ޚިދުމަތް ލިބިގަންނަމުން އެބަދެއެވެ. އިސްލާމިކް އިންޝުއަރެންސްގެ ޚިދްމަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކިއެކި ފެންވަރުގައި ދެމުން ގެންދިޔަ ނަމަވެސް ސައްތައިން ސައްތަ އިސްލާމީ ޝަރީޢާ އާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ހިންގޭ ކުންފުނިތައް އިނގިލިތަކުން ގުނައިލެވޭނެ ކަމަށް ވެސް ދިރާސާ ކުރައްވާ ބައެއް ފަރާތްތަކުން ދެކެއެވެ.

ތަކާފުލް ނުވަތަ އިސްލާމިކް އިންޝުއަރެންސް އަކީ ވަރަށް ފުރިހަމަ އޮނިގަޑެއްގެ ދަށުން، ދިމާވާ ކުއްލި ހާލަތެއްގައި ނިކަމެތިކަން ލިބޭ ފަރާތަށް، ދެފަރާތް ޙިއްޞާވާ ގޮތަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ދީނީ ނަޒަރަކުން ބަލާއިރު މިކަން އެންމެ ބޮޑަށް ވައްތަރު ވަނީ އިސްލާމްދީނުގެ އެއްރުކުން ކަމުގައިވާ ޒަކާތާއެވެ. ކުރިންވެސް ދެންނެވުނު ފަދައިން އިސްލާމިކް އިންޝުއަރެންސް އާއި ކޮންވެންޝަނަލް އިންޝުއަރެންސްގެ މަޤްޞަދުތައް ފުށުއަރައެވެ. މިހެންވުމުން ތައުމީނުލްއިސްލާމީ ހިންގުމުގައި މަޤްޞަދުތައް ތަފާތު ކުރެވެއެވެ. މިގޮތުން، އިސްލާމިކް އިންޝުއަރެންސް ހިންގަނީ ބައިވެރިން ދައްކާ (ހިއްސާ) ކޮންޓްރިބިއުޝަންގެ އެހީގައެވެ. އެބައިވެރިންގެ މެދުގައި އެއްބަސްވެފައިވާ އުޞޫލުގެ މަތިން ގެއްލުމެއް ދިމާވާ ބައިވެރިޔާއަށް އެހެން ހުރިހާ ބައިވެރިންގެ ރުހުމާއި އެކު އެއްކުރެވިފައިވާ އެ ކޮންޓްރިބިއުޝަން އިން ގެއްލުމުގެ ބަދަލު ދެވޭ ގޮތަށެވެ. އެހެންކަމުން ގެއްލުންވާ ފަރާތަށް ބަދަލު ދެވެނީ އެންމެހައި ބައިވެރިންގެ ރުހުމާއި އެކު އިސްލާމީ އުޞޫލު ތަކާއި ހަމަތަކުގެ މަތިން އެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ މަޤްޞަދުގައެވެ. މީގެ އިތުރުން އެއްބަސްވެފައިވާ އުޞޫލުގެ މަތިން އިސްލާމިކް އިންޝުއަރެންސްގެ ކަންތައް ހިންގައިގެން ފައިދާ ވެއްޖެނަމަ ހަމަހަމަކަމާއި އެކު ކޮންމެ ބައިވެރިޔަކަށް ވެސް އެ ބައިވެރިޔަކު ދެއްކި (ކޮންޓްރިބިއުޝަން) ޙިއްޞާއަށް ބެލި ފައިދާ ވެސް ބަހަން ޖެހެއެވެ.

ދެން ސުވާލަކީ އިސްލާމިކް އިންޝުއަރެންސްގެ ކަންތައް ހިންގައިގެން ގެއްލުން ވެއްޖެނަމަ ވާނީ ކިހިނެއްތޯއެވެ؟ ކުންފުންޏެއް ހިންގުމުގައި ގެއްލުން ވެއްޖެނަމަ ބައިވެރިން އެ ވާ ގެއްލުމުގައި ބައިވެރިވާން ޖެހެއެވެ. ކޮންމެ ބައިވެރިޔަކު ވެސް ދައްކާ ކޮންޓްރިބިއުޝަން ބިނާ ވަނީ އެފަރާތަކުން ހުށަހަޅާ "ރިސްކް" ނުވަތަ އިންޝުއަރ ކުރާ އެއްޗެއްގެ މައްޗަށެވެ. މި "ރިސްކް" އަށް ކޮންޓްރިބިއުޝަން ކަނޑައަޅަނީ މިކަމުގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި އިންޝުއަރެންސް ކުންފުނީގެ "އަންޑަރ ރައިޓަރުންނެވެ." ކޮންމެ "ރިސްކް" އަކަށް ވެސް ކޮންޓްރިބިއުޝަން ކަނޑައެޅުމަށްޓަކައި ވަކި ހަމަތަކަކާއި އުޞޫލު ތަކެއް ގެންގުޅެއެވެ. މިއީ އިސްލާމިކް އިންޝުއަރެންސް އަދި ކޮންވެންޝަނަލް އިންޝުއަރެންސް ގައި ވެސް ޕްރީމިއަމް ނުވަތަ ކޮންޓްރިބިއުޝަން ކަނޑައެޅުމުގައި ވެސް ގެންގުޅޭ އުޞޫލުތަކެވެ.

ތަކާފުލް ނުވަތަ އިސްލާމިކް އިންޝުއަރެންސް ކުންފުނިން ކުރަމުންދާ މަސައްކަތަކީ ބައިވެރިން ގެ ކޮންޓްރިބިއުޝަން ނުވަތަ ހިއްސާ، އެންމެ ރަނގަޅު ފައިދާވަނިވި ގޮތެއްގެ މަތީން ބަލަހައްޓައި ހިންގުމެވެ. މިގޮތުން ހިންގައި ބެލެހެއްޓުމަށްޓަކައި އުޖޫރައެއް ކަނޑައެޅި އެއްބަސްވާ ގޮތެއްގެ މަތިން ކުންފުންޏަށް ލިބިދޭންޖެހެއެވެ. އިންޝުއަރެންސް ކުންފުނީގެ ޒިންމާއަކީ އިދާރީ ކަންތައް ބެލެހެއްޓުމާއި އެއްކުރެވިފައިވާ ކޮންޓްރިބިއުޝަން ޝަރީޢާ އަދި އިސްލާމީ އުޞޫލުތަކާއި ހަމަތަކުގެ މަތިން ފައިދާ ކުރަނެވި ގޮތަކަށް އިންވެސްޓް ކުރުމެވެ. ލިބޭ ގެއްލުންތަކަށް އެއްބަސްވާ އުޞޫލުން ބަދަލު ދިނުމުގައި ބޭނުން ކުރެވެނީ ކުރީގައި ވެސް ދެންންވުނު ފަދައިން ބައިވެރިންގެ ފަރާތުން ދައްކާ ކޮންޓްރިބިއުޝަން ނުވަތަ ދެއްކި އެއްޗެއްގެ ޖަމާކުރެވިފައިވާ ފަންޑެވެ. މިފަންޑު ބަލަހައްޓަނީ އިންޝުއަރެންސް ކުންފުނިންނެވެ. އަދި ގެއްލުންވާ ފަރާތްތަކަށް ބަދަލު ދިނުމުގައި އިންޝުއަރެންސް ކުންފުނީގެ ޙިއްޞާއެއް ނޯވެއެވެ.

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް