21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

އިންޝުއަރެންސް

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

  • ހުޅަނގުގެ ޤައުމުތަކުގައި ވަނީ ކޮންމެވެސް ސިފައެއްގައި ތައުމީން ތަޢާރަފް ވެފައެވެ.
  • އިސްލާމީ ޢިލްމުވެރިން ވަނީ އިސްލާމީ ޤައުމުތަކުގައި ތައުމީނުގެ ތަޢާވުނީގެ އުޞޫލުން، ކުންފުނިތައް އުފައްދައި ހިންގުން ހުއަދަ ކުރައްވާފައެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 10 އޮކްޓޯބަރ 2018 | ބުދަ 17:24 | |

މަގުބޫލް

  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  3. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  6. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  7. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  8. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި


ބޯޓަކަށް ސާމާނު އަރުވަނީ: ދަތުރުފަތުރުގައި ތައުމީނަކީ ވަރަށް ބޭނުންތެރި ކަމަކަށް ވެފައި ވެއެވެ. -- ފޮޓޯ: މުހައްމަދު ޝަރުހާން

(6 އޮކްޓޯބަރ 2081 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

الله ގެ ރަސޫލާގެ ސުންނަތުން ޘާބިތު ވާ ގޮތުން މުސްލިމުން އެބައި މީހުންގެ ފައިސާގެ މުޢާމަލާތުތަކަށް ރައްކާތެރިވުމަށް ބާރުއަޅުއްވާފައި ވެއެވެ. އަދި އެ މީހަކަށް އެންމެ ފައިދަ ވާނޭ ގޮތްތަކަކީ ކޮބައިކަން ބަޔާން ކޮށްދެއްވާފައި ވެއެވެ. ކީރިތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم حديث ފުޅެއްގެ އެކުލެވިގެން ވާ މާނައަކީ: ކީރިތި ރަސޫލާ ޞައްލަ الله ޢަލައިހި ވަސައްލަމަ ގެ ޞަޙާބީންގެ ތެރެއިން ވަރަށް މުއްސަނދި ޞަޙާބީއަކު ބޮޑު ބައްޔެއް ގައި މަރުގެ އާލާސްކަންފުޅުގެ ޙާލަތު ގައި الله ގެ ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. އޭނާގެ އެންމެ އަންހެން ދަރިއަކު ހުރުމުން، އެ ޞަޙާބީ އަށް ލިބިފައިވާ މުދަލުގެ 3/2 الله ގެ މަގުގައި ހޭދަ ކުރެވިދާނެ ތޯއެވެ. މާތް ވެގެންވާ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم އެޞަޙާބީގެ ހުށަހެޅުއްވުމަށް އެއްބަސްވެ ވަޑައި ނުގަންނަވައެވެ. އަނެއްކާ ވެސް އެޞަޙާބީ ދެންނެވިއެވެ. އެހެންވެއްޖެ ނަމަ މުދަލުގެ 2/1 ދެވިދާނެ ތޯއެވެ. ޖަވާބުގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ނޫނެކެވެ. އަދި ކަލޭގެ މިލްކިއްޔާތުގެ ނުވަތަ މުދަލުގެ 3/1 އަކީވެސް ގިނަ ޢަދަދެކެވެ. އަދި އިތުރަށް ޙަދީޘްކުރެއްވިއެވެ. ތިބާ މަރުވުމަށްފަހު ވާރުތަވެރިން އެހެން މީހުންގެ ކިބައިން ސަލާންޖެހުމުގެ ބަދަލުގައި އެބައި މީހުން ތަނަވަސްކަންމަތީ ބޭތިއްބުން މާރަނގަޅެވެ.

މިޙަދީޘްފުޅުން އެނގޭ ގޮތުގައި ކޮންމެ މުސްލިމަކު ވެސް ޢާއިލާ ބަލަހައްޓައި އެހީތެރިވާ ކޮންމެ މުސްލިމަކު ވެސް އެމީހާ އަކީ ވަރަށް ތަނަވަސްކަންމަތީ ގައި ދިރިއުޅެމުންދާ ކަމުގައި ވިނަމަވެސް އޭނާ މަރުވެ ދިއުމަށްފަހު އެ ޢާއިލާގެ މުސްތަޤުބަލް އާރާސްތުވެ، ރައްކާތެރިކުރުން ވަރަށް މުހިންމެވެ. މިހެންކަމުން ޙަޤީޤީ ދިރިއުޅުން ބިނާކުރުމަށްޓަކައި ވަރަށްބޮޑަށް އެހީތެރިކަން ލިބެން ޖެހޭކަމުގެ ދަލީލު ލިބިފައި ވެއެވެ. މިވާހަކަތަކުން އިންސާނާގެ ޙަޤީޤީ ދިރިއުޅުން ބައްޓަން ކުރުމަށް ވަރަށް ބޮޑަށް އެހީތެރި ކަމެއް ވެދެއްވައި، މިކަމަކީ އިސްލާމީ އިންޝުއަރެންސާއި ދާދީ އެއްގޮތް ކަމެއް ކަން ހާމަވެއެވެ.

 މިޒަމާނުގެ ޢިލްމުވެރިން ތައުމީނު، އިސްލާމީ އުޞޫލުން ހިންގާ "ތަކާފުލް" ހުއްދަ ކުރައްވާފައި ވީނަމަ ވެސް ކުރީ ޒަމާނުގައި ޣައިރު މުސްލިމުން ހިންގި އަދި މިހާރުވެސް ހިންގާ "ތައުމީން" ނުވަތަ "އިންޝުއަރެންސް" ހުއްދަ ކުރައްވާފައި ނުވެއެވެ. ތައުމީނާ ގުޅޭގޮތުން ނެރުއްވާފައިވާ އެންމެ ފުރަތަމަ ފަތުވާއެއް ކަމުގައި ވަނީ ޢައްލާމާ އަޙްމަދު ބިން ޔަޙްޔާ އަލްމުރުޠަޟާ ލިޔުއްވާފައިވާ "އަލްބަޙުރުލް ޒައްޚާރު" ގައި ގެންނަވާފައިވާ ފަތުވާއެވެ. އެއީ "ވަގަށްނެގޭ އެއްޗެއްސާއި ކަނޑުވާ އެއްޗެއްސަށް ޖާމިނު ވުމަކީ ބާޠިލު ކަމެއްކަމަށެވެ." މިޖަވާބަކީ ކަނޑުގެ އަމާންކަމަށާއި އަލިފާނުން އަމާންކުރުމަށް ބަރާބަރަށް ފެތޭ ޖަވާބެކެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ދެކޭގޮތުގައި މިހާ ކުރީގެ ވާހަކައެއް މިޒަމާނުގައި މިހިންގާ ތައުމީން ކަމުގައި ޤަބޫލުކުރަން ދަތި ކަމުގަވެ. އަދި އެއީ ދަލީލެއް އޮވެގެން ބުނާ ބުނުމެއް ވެސް ނޫންކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެ ބުނާގޮތަށް އެކަން އޮތްކަމަށްވުން ކަމުގައެވެ. މިހެނީ އަލްޢައްލާމާ މުރުޠާޟާ ދިރިއުޅުއްވި ދުވަސްވަރުގެ ކުރިން ވެސް ހުޅަނގުގެ ޤައުމުތަކުގައި ވަނީ ކޮންމެވެސް ސިފައެއްގައި ތައުމީން ތަޢާރަފް ވެފައެވެ. އެހެންކަމުން ޔަމަނަކީ ކަނޑުގެ އައްސޭރީގައި އޮންނަ ރަށަކަށްވެފައި، ހުޅަނގުގެ ޤައުމުތަކާއި އެޤައުމާ މެދު ވިޔަފާރީގެ މުޢާމަލާތް ހިނގާފައިވާ ތަނަކަށް ވުމުން، މުރުޠަޟާގެ އަރިހުން ތައުމީނާ ގުޅޭގޮތުން އެ ދުވަސްވަރު ސުވާލުކުރީ ކަމުގައި ވެދާނެއެވެ.

އެހެން ނަމަވެސް މިޒަމާނުގެ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި، ތައުމީނުގެ "އިސްލާމީ ތައުމީން" ނުވަތަ "ތަކާފުލި" ގެ ނިޡާމަކީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ހިންގޭ ޙަލާލު ހުއްދަ ނިޡާމެކެވެ. އެގޮތުން ތަކާފުލް ނުވަތަ އިސްލާމިކް އިންޝުއަރެންސް ހިންގަނީ ވަރަށް ފުރިހަމަ އިސްލާމީ އޮނިގަޑެއްގެ ދަށުންނެވެ. ދިމާވާ ކުއްލި ޙާލަތެއްގައި ނިކަމެތިކަން ލިބޭ ފަރާތްތަކަށް ބއިވެރިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވެއެވެ.

ހުއްދަ ޙަލާލު ތައުމީނުގެ ނިޡާމަކީ، މިޒަމާނުގައި އަލަށްތަ ޢާރުފުވި ނިޡާމަކަށް ވާތީ، އިސްލާމީ ޤައުމުތަކުގެ ޢިލްމުވެރިން، އިސްލާމީ ޝަރީޢަތާ ޚިލާފު ނުވާ ގޮތަށް، މި ނިޡާމާ ގުޅޭގޮތުން ބަޙްޘު ކުރެއްވުމަށް ފަހު ނިންމަވާފައި ވަނީ، މިޒަމާނުގައި ކުރާ ވިޔަފާރި އާއި، ޤައުމު ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، މި ފަދަ ނިޡާމެއްގެ ބޭނުންތެރިކަން ބޮޑުވުމުން، ތައުމީނުގެ ތަޢާވުނީ އަކީ، އިސްލާމީ ޝަރީޢަތާ އެއްގޮތަށް، ޢަމަލުކުރެވޭ ބަޔަކަށް ވާތީ، އިސްލާމީ ޤައުމުތަކުގައި ތައުމީނުގެ ތަޢާވުނީގެ އުޞޫލުން، ކުންފުނިތައް އުފައްދައި ހިންގުމަށެވެ.

މިނިޡާމު ވަނީ، އިސްލާމީ ބައެއް ޤައުމުތަކުގައި މިފަހަކުން ޢާއްމު ވެފައެވެ. އެ ޤައުމުތަކުގެ ތެރޭ ގައި، އިސްލާމީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި، ކުދި ޤައުމުތައް ވެސް ހިމެނެއެވެ. އެ ޤައުމުތަކުގެތެރޭގައި ސޫދާނާއި، ސަޢޫދީ ޢަރަބިއްޔާ އާއި، ބަޙްރައިނާއި، ޔޫ.އޭ.އީ އާއި، ކުވައިތާއި، އުރްދުނާއި، އަދި މިނޫން އެހެނިހެން ޤައުމުތައް ވެސް ހިމެނެއެވެ. އެހެންކަމުން، މިއީ މިކަމަށް އޮތް އިސްލާމީ ޙައްލުކަމުގައި ދެންނެވިދާނެ އެވެ.

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް