21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ތައުމީން

‏ޙަލާލު ގޮތުގައި ތައުމީނު ކުންފުނިތައް ހިންގުން ‏

  • ވިޔަފާރިއަކީ އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައިވާ ކަމެކެވެ. ނަމަވެސް އެކަން ކުރަން ޖެހެނީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށެވެ.
  • ތައުމީން ތަޢާރަފްވެ މި ޚިދްމަތް ފޯރުކޮށްދޭން ފެށިފައި ވާކަމަށް ތާރީޚުން ފެންނަނީ 13 ވަނަ ޤަރުނުގައި
އަހްމަދުﷲ ޖަމީލް | adjameel

| 18 ސެޕްޓެންބަރ 2018 | އަންގާރަ 11:35 | |

މަގުބޫލް

  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  3. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  6. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  7. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  8. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި


ގުރުއަތު ލުމުގައި. ވިޔަފާޜީގައި ހިންގާ މުޢާމަލާތަކީ ޙަލާލު މުޢާމަލާތަކަށް ވާން ޖެހޭ -- ފޮޓޯ: މުހައްމަދު ޝަރުހާން

(17 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

ތައުމީނުގެ ޝަރުޢީ މާނައަށް ބަލާއިރު މި ޢަޤުދަކީ މި އިންޝުއަރެންސުގެ ޚިދުމަތްދޭ ފަރާތާއި، ޚިދުމަތް ލިބިގަންނަ ފަރާތާއި ދެމެދު ކުރެވޭ އެއްބަސްވުމެއް ގައި ހިމެނިފައިވާ ގޮތަށް ކުރިމަތިވާ ޙާދޘާއަކުން ދިމާވާ ގެއްލުމަކަށް، ނުވަތަ އެހެން ކަމަކަށް، ވިއަސް ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ޢަޤުދުގައިވާ މިންވަރުގެ ފައިސާ ނުވަތަ އެނޫން ވެސް މާލީ ބަދަލެއް ދިނުމަށް އެއްބަސްވެ ކުރެވޭ ޢަޤުދެކެވެ. އަދި ކުރިމަތިވި ނުރައްކާ، ކުރިމަތިވުމުން ދޭން އެއްބަސްވާ ބަދަލަކީ އިންޝުއަރެންސް ހޯދާ ފަރާތުން އިންޝުއަރެންސްގެ ޚިދުމަތްދޭ ފަރާތަށް އެއް ފަހަރާ ނުވަތަ ވަކިވަކިން ދައްކާ ފައިސާގެ ބަދަލެއްގެ ގޮތުގައި ދެވޭ އެއްޗެކެވެ.

ވިޔަފާރިއަކީ އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައިވާ ކަމެކެވެ. ނަމަވެސް އެކަން ކުރަން ޖެހެނީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށެވެ. الله سبحانه وتعالى ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا (البقرة: ٢٧٥)  މާނައީ: "ވިޔަފާރި ކުރުންވަނީ، الله، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ." މި އާޔަތުން އެނގޭ ގޮތުގައި ވިޔާފާރި ކުރުމަކީ ހުއްދަ ޙަލާލު ކަމެކެވެ. ނަމަވެސް އެކަން ކުރާއިރު ރިބާ އެކުލެވިގެން ވާނޭހެން ވިޔަފާރި ކުރުމަކީ ޙަރާމްކަމެއް ކަމުގައި އަންގަވާފައި ވެއެވެ. މިހެންވުމުން ދޭހަވަނީ ޙާލާލު ކަންކަން ކުރާއިރު އެއާ އެކު އެކީގައި ކުރާ ކަންކަމުގައި ޙަރާމް ނުވަތަ ޙަލާލު ނޫން ކަންކަން އެކަމެއްގެ ތެރޭގައި ލާމެހިފައި ހުރިތޯ ނުވަތަ ނޫންތޯ ޔަޤީން ކުރަން ޖެހޭކަމެވެ. އަދި ﷲ ޙަރާމް ކުރައްވާފައިވާ ކަންކަން، ރިބާ ފަދަ ކަންކަމުން ސަލާމަތްވެ ތިބެ ވިޔަފާރި ނުވަތަ އެހެނިހެން ކަންކަމުގައި ވެސް މުޢާމާލާތު ކުރަން ޖެހޭކަމެވެ.

އަޅުގަނޑު މެންނަކީ މުސްލިމުންނެވެ. އެހެން ކަމުން ދިރިއުޅުމުގައި، އަދި ދިރިއުޅުމާއި ގުޅިފައިވާ އެންމެހައި ކަންކަމުގައި ވެސް އެންމެ ބޮޑު ސަމާލު ކަމެއް ދޭންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގައި ހުއްދަ ޙަލާލު ހަމަތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށެވެ. އަޅުގަނޑުމެންގެ ތެރެއަށް "ތައުމީން" ނުވަތަ "އިންޝުއަރެންސް" ތަޢާރަފް ވީއްސުރެ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި އެހެނިހެން ދީންތަކުގެ މީހުން ވެސް މިޚިދުމަތް ލިބިގަންނަމުން ދެއެވެ. އެންމެ ފުރަތަމަ ކޮންވެންޝަނަލް އިންޝުއަރެންސް ނުވަތަ ތައުމީން ތަޢާރަފްވެ މި ޚިދްމަތް ފޯރުކޮށްދޭން ފެށިފައި ވާކަމަށް ތާރީޚުން ފެންނަނީ 13 ވަނަ ޤަރުނުގައި އިނގިރޭސިވިލާތުގަ އެވެ. ހުއްދަ ޙަލާލު ތައުމީން، އިސްލާމިކް އިންޝުއަރެންސް ނުވަތަ ތަކާފުލް، ދުނިޔެއަށް ތަޢާރަފް ވެފައިވާ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވަނީ 1979 ވަނަ އަހަރުއެވެ. އެއީ އެފްރިކާ ބައްރުގެ އިސްލާމީ ދައުލަތެއް ކަމުގައިވާ ސޫދާނުގައެވެ.

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް