16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އިންޝުއަރެންސް

ޙަލާލު ގޮތުގައި ތައުމީނު ކުންފުނިތައް ހިންގުން

  • ޙަލާލު ތައުމީނު ދުނިޔެއަށް ތަޢާރަފުވެފައި ވަނީ 20 ވަނަ ޤަރުނުގައި.
އަހްމަދުﷲ ޖަމީލް | adjameel

| 15 ސެޕްޓެންބަރ 2018 | ހޮނިހިރު 00:21 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


އޭޓީއެމްގެ ޚިދުމަތް ހޯދަނީ: ދުނިޔޭގެ ބޮޑެތި ބޭންކްތަކުގައި ތަކާފުލްގެ ޚިދުމަތް ޤާއިމުކޮށް ފުޅާކުރަމުން ގެންދޭ -- ރާއްޖެއެމްވީ

(13 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

ހުއްދަ ޙަލާލު ތައުމީން (އިސްލާމިކް އިންޝުއަރެންސް ނުވަތަ ތަކާފުލު) ދުނިޔެއަށް ތަޢާރަފުވެފައި ވަނީ 20 ވަނަ ޤަރުނުގައެވެ. މީގެ 40 ހަކަށް އަހަރު ކުރިން ފެށުނު މި ޚިދުމަތް، މި ނިޡާމު ނުވަތަ މި ވިޔަފާރި ދަނީ މުޅި ދުނިޔޭގައި ވަރަށް ބާރަށް ތަޢާރަފު ވަމުންނެވެ. އަދި ހުއްދަ ޙަލާލު ތައުމީނު ނުވަތަ ތަކާފުލު (އިސްލާމީ އިންޝުއަރެންސު)ގެ ފައިދާ ފެންނަން ފެށުމުން މި ނިޡާމު މިހާރު ވަނީ ޣައިރު މުސްލިމް ޤައުމުތަކުގައި ވެސް ތަންފީޛުކޮށް އެކަމުން ނުހަނު ބޮޑު ފައިދާ ހޯދަމުންނެވެ. އަދި މި ޚިދުމަތް ފުޅާދާއިރާގައި ފޯރުކޮށްދިނުމަށްޓަކައި މިހާރު ޝަރިކާ ނުވަތަ ކުންފުނި ހަދައި ވިޔަފާރީގެ އުޞޫލުން ކުރަމުންގެންދާ މަސައްކަތަކަށް ވާތީ މި ފަދަ ކުންފުނި ހިންގާ ގޮތް ވީހާ ގިނަބަޔަކަށް ކިޔައިދީ މި ނިޡާމުގެ ރަނގަޅުކަން ހާމަކުރަން ޖެހެއެވެ.

މިހެންކަމުން ހުއްދަ ޙަލާލު ތައުމީނު ނުވަތަ ތަކާފުލް (އިސްލާމިކް އިންޝުއަރެންސް)ގެ ޚިދުމަތް ހޯދާ ކޮންމެ މުސްލިމަކަށް ވެސް ޝަރީޢަތާއި އެއްގޮތްވާ ގޮތުގެ މަތިން ރަނގަޅު ގޮތާއި ނުރަނގަޅު ގޮތް އެނގެން ވަރަށް މުހިއްމެވެ. އަދި ޙަލާލު ގޮތުގައި ތައުމީން ނުވަތަ ތަކާފުލް ކުންފުނިތައް ހިންގާ އެންމެހައި ވެރިންނާއި މުވައްޒަފުން އަދި މީގެ އިތުރުން މި ދާއިރާއަށް އަލަށް ނިކުންނަ ނުވަތަ ގުޅޭ މީހުންނާއި، އެންމެހައި ކުންފުނިތަކުން ވެސް ޝަރީޢާ ހުއްދަކުރާ، އަދި ހުއްދަ ނުކުރާ ކަންތައްތައް އެނގުން ވަރަށް މުހިއްމެވެ. ވިޔަފާރީގެ ތެރެއަށް އަލަށް ވަންނަ ނަމަ މާރކެޓްގައި ޚިދުމަތް ހޯދާ މީސްމީހުންނަށް އަމާޒުކޮށް އެބައި މީހުންގެ ބޭނުންތައް ފުއްދޭވަރަށް ޚިދުމަތް ތަޢާރަފް ކުރަން ޖެހެއެވެ. ދުނިޔޭގެ ބޮޑެތި ބޭންކްތަކުގައި އިސްލާމިކް ބޭންކިންގެ ޚިދުމަތް އަދި ތައުމީން ނުވަތަ ތަކާފުލްގެ ޚިދުމަތް ޤާއިމުކޮށް ފުޅާކުރަމުން ދާކަމީ މީގެ ހެއްކެއްގެ ގޮތުގައި ފުދޭ ކަމެކެވެ.

التأمِيْن (އައްތައުމީން) އަކީ أمَّنَ މިބަހުގެ މަޞްދަރެވެ. މާނައަކީ ހިތްހަމަ ޖެހުންލިބުމެވެ. ނުވަތަ އަމާންކަން ލިބުމެވެ. ތައުމީނުގެ ލުޣަވީ މާނައަކީ ވެސް މިއީ އެވެ. ކީތިރި ޤުރްއާނުގެ قريش ސޫރަތުގެ 4 އާޔަތުން ވެސް އަންގަވައި ދެއްވާފައި އެވަނީ ހަމަ މިޙަޤީޤަތެވެ. الله سبحانه وتعالى ވަޙީ ކުރައްވާފައި ވަނީ الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ އެކުލެވިގެންވާ މާނައީ: "އެކަލާނގެއީ ބަނޑުހައި ހޫނުގައި ވަނިކޮށް އެއުރެންނަށް ކާންދެއްވައި އަދި ބިރުވެރި ކަމުގައި ވަނިކޮށް އެއުރެންނަށް އަމާންކަން ދެއްވި ރަސްކަލާނގެއެވެ." މި މަތިވެރި އެންގެވުމުން އަންގަވައި ދެއްވާ އެއް ޙަޤީޤަތަކީ ތަނަކަށް ނުވަތަ ޤައުމަކަށްވި ނަމަވެސް އެތަނަކީ އަމާންތަނެއްކަމުގައި ބުނެވިއްޖެނަމަ އެއިން ދޭހަވަނީ އެތަނެއްގެ އަހުލުވެރިންނަކީ ބިރުވެރިކަމެއްނެތް އަމާންކަން ލިބިގެންވާ ބަޔަކު ދިރިއުޅޭ ތަނެއްކަމެވެ. މިގޮތުން ތައުމީނަކީ ނުރައްކަލުން ސަލާމަތްކޮށްދޭ އަމާންކަމުގެ މަގަށް މީހާ ގެންގޮސްދޭ ވަޞީލަތެއްކަމެވެ. އެހެން ނަމަވެސް ބައެއް ޑިކްޝަނަރީ ތަކުގައި "التأمِيْن" ގެ މާނަ "عدل" ގެ މާނައިގައި ވެސް ގެނެސްފައި ވެއެވެ. ކޮންމެއަކަސް މި ލިޔުމުގައި "التأمِيْن" މާނަ ކަމުގައި ބަލަނީ ފަހުގެ ޒަމާނުގައި އުފެދުނު ވިޔާފާރީގެ ވައްތަރެއް ކަމުގައިވާ "تأمِيْن" އިނގިރޭސި ބަހުން ކިޔާ "އިންޝުއަރެންސް" ނުވަތަ ނުރައްކަލެއް، ނުވަތަ ގެއްލުމެއް، ނުވަތަ މުޞީބަތެއް ކުރިމަތިވާ ހިނދު، އޭގެ ބަދަލު ދޭ ދިނުމަށެވެ.

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް