15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

މަރުގެ މައްސަލަތައް

ނޭޕާލް އަންހެނެއްގެ ކުއްލި މަރެއް، ފުލުހުން ބުނީ ދަންޖެހުނީ ކަމަށް!

  • އޭނާގެ ހަށިގަނޑު އޮތީ މޯޗަރީގައި
  • މަރުވެފައި އޮއްވާ ފެނުނީ އަންގާރަ ދުވަހު
  • މީޑީއާއަށް ހިއްސާ ކުރީ ސުވާލު ކުރުމުން
ޙުސައިން ޙަސަން | hucenhassan

| 12 ސެޕްޓެންބަރ 2018 | ބުދަ 23:32 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު


2014 ވަނަ އަހަރު ދަންޖެހުނު ކަމަށް ބުނާ ބިދޭސީއަކު ގެއަކުން ނެރުމުގައި ސިފައިންނާއި އާންމުން ހަރަކާތްތެރި ވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

މާލޭގެ ގެއެއްގައި ނޭޕާލް އަންހެނަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ފެންމަތިވުމުން، އެ އަންހެން މީހާ މަރުވީ ދަންޖެހިގެން ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުއެވެ. އުމުރުން 23 އަހަރުގެ އެ އަންހެން މީހާގެ މަރާ ގުޅޭ ގޮތުން އެއްވެސް މައުލުމާތެއް ފުލުހުން ހާމަކޮށްފައި ނެތުމުން، "ރާއްޖެއެމްވީ" ބުދަ ދުވަހުގެ ރޭ ފުލުހުންގެ މީޑިއާ އޮފިޝަލަކަށް ގުޅާލުމުން ވިދާޅުވީ އެ އަންހެން މީހާ މަރުވެފައި އޮތީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރޭގައި ކަމަށާއި އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ.

ދަންޖެހިގެން މަރުވި ކަމަށް ބުނާ އެ އަންހެން މީހާގެ ނަމަކީ ރަޖުބަންޝި ސަންޖިތާއެވެ.

އޭނާގެ މަރުގެ ތަހުގީގު ފުލުހުން ފެށިތާ 24 ގަޑިއިރު ވީ އިރުވެސް، އިސްވެ ފުލުހުން އެ މަރުގެ މައުލޫމާތު ހާމަ ނުކުރި ސަބަބެއް އެނގިފައެއް ނުވެއެވެ. ދަންޖެހުމުގެ އެފަދަ މައްސަލަތަކުގެ މައުލޫމާތު މީގެ ކުރިން މީޑިއާއަށް ހިއްސާ ކުރަނީ އިސްވެ، ފުލުހުންނެވެ. ނަމަވެސް މި މަރުގެ މައްސަލައިގެ ތަފްސީލު އިސްވެ ފުލުހުން ހާމަ ނުކުރި ސަބަބާ ގުޅޭ ގޮތުން ފުލުހުން ޖަވާބެއްނުދެއެވެ.

މަރުވެފައި އޮއްވާ ފެނުނު ނޭޕާލް އަންހެން މީހާ ބާއްވާފައި އޮތް މޯޗަރީގެ ލޮކަރުގައި ހަރުކޮށްފައިވާ މައުލޫމާތު ކަރުދާސް-- ފޮޓޯ/ ޙުސައިން ޙަސަން

ނޭޕާލް އަންހެން މީހާގެ ހަށިގަނޑު ބާއްވާފައި އޮތް ގަލޮޅު މޯޗަރީއަށް "ރާއްޖެއެމްވީ"ގެ ނޫސްވެރިން ގޮސް، ބެލި ބެލުމުން އެނގުނު ގޮތުގައި އޭނާގެ ހަށިގަނޑު މޯޗަރީއަށް ލާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު އެކެއް ޖެހިފަހުންނެވެ.

އެ އަންހެން މީހާގެ ހަވާލުވެރިޔާއަށް ގުޅާލުމުން ބުނީ އެ އަންހެން މީހާއަކީ މާލޭގެ ގެއެއްގައި ގެންގުޅޭ އަންހެނެއް ކަމަށާއި އޭނާގެ މަރުވީ ކިހިނެއްތޯ ފުލުހުން ބަލަމުންދާ ކަމަށެވެ. އެ އަންހެން މީހާ މަރުވީ ދަންޖެހިގެންތޯ ސުވާލު ކުރުމުން އޭނާ ޖަވާބެއް ނުދިނެވެ.

އެ އަންހެން މީހާގެ މަރާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ދަނީ ދެކެވެމުންދެއެވެ. ނަމަވެސް ރަސްމީ އިދާރާއަކުން އެ ވާހަކަތަަކަށް ރައްދު ދީފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަޒުމޫން އަހުމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް