16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

މުހައްމަދު ނަދީމް

ނަދީމް ޑޮކްޓަރަށް ދެއްކުން ލަސްވާތީ ވަކީލުގެ ކަންބޮޑުވުން!

  • ނަދީމް ހައްޔަރުކުރީ އެކެއް ފެބްރުއަރީގެ އަމުރާއި ގުޅިގެން
  • ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަން ލަފާ ދިންތާ ތިން ހަފްތާ
  • ނަދީމް ބަންދުގައި ހުންނަވަތާ ހަތް މަހަށް ވުރެ ގިނަ ދުވަސް
އަޒުމޫން އަހުމަދު | azmoon_ahmed

| 12 ސެޕްޓެންބަރ 2018 | ބުދަ 23:29 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ރައީސް މައުމޫނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް -- ފޮޓޯ: އަޒުމޫން އަހުމަދު

އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ޓެރަރިޒަމުގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މުހައްމަދު ނަދީމް ޑޮކްޓަރަށް ދެއްކުން ލަސްވަމުންދާތީ ގާނޫނީ ވަކީލު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނަދީމްގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ ނަދީމްގެ އުނަގަނޑުގައި ރިއްސާތީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެމްއާރްއައި ހެއްދި ކަމަށެވެ. އަދި އޭގެ ފަހުން ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް ކަރެކްޝަނުގެ ޑޮކްޓަރު ލަފާދީފައިވާ ކަމަށާއި ނަމަވެސް، މިއަދާ ހަމައަށް ވެސް ޑޮކްޓަރަށް ދައްކާފައިނުވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ނަދީމާ ބައްދަލުކުރުމަށް ފޯމް ހުށަހެޅުމުން، ފޯމް ޕްރޮސެސް ކުރުމަށް 8 ހަފްތާ ނެގި ކަމަށެވެ. ކަރެކްޝަނުގެ ޑޮކްޓަރު ދިން ލަފައާ އެއްގޮތަށް ނަދީމް ޑޮކްޓަރަށް ދައްކަން އިތުރު 8 ހަފްތާ ނަގާނެތޯ ޝަމީމް ވަނީ ސުވާލުކުރައްވާފައެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަނބިދަރިކަލުން ނަދީމް ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފެބްރުއަރީ ފަސް ވަނަ ދުވަހު އެވެ.

ނަދީމްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް ޝަރީއަތް ހިންގަމުންދާއިރު، އޭނާ ބަންދުކޮށްފައި ހުންނަތާ މިހާރު ހަތް މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ނަދީމްގެ އިތުރުން ރައީސް މައުމޫނާއި، ރައީސް މައުމޫނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ޖަލަށް ލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް