15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ކުޑަކުދިންގެ ބަގީޗާގެ ކިނބޫ

ކިނބޫ މަރާލި މައްސަލާގައި ވަޒީރަށް ޖަވާބު ދެއްވަން ކެރިވަޑައިނުގެންނެވި: މަހްލޫފް

  • ކިނބޫ މަރާލުމަށްފަހު ވަޅުލީ ސިފައިންގެ ބެލުމުގެ ދަށުގައިވާ އުތުރު ތިޅަފަޅުގެ މިސްކިތް ކައިރީގައި
  • ހާމުދުރުން ބުނެގެން ގިނަ ކަންކަން ވަނީ ކުރައްވާފައި
  • އާރަށުގައި ގެންގުޅުނު ކުކުޅުތައް ވެސް ވަނީ މަރާލާފައި
މުހައްމަދު ފަޒީން | phaxyn

| 11 ސެޕްޓެންބަރ 2018 | އަންގާރަ 17:21 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު


ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ -- އާކައިވް

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ މަރާލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކަމަށާއި ނަމަވެސް އެމައްސަލާގައި ޑިފެންސް މިނިސްޓަރަށް ޖަވާބު ދެއްވަން ކެރިވަޑައިނުގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ މާރާލުމަށްފަހު ވަޅުލާފައިވަނީ ސިފައިންގެ ބެލުމުގެ ދަށުގައިވާ އުތުރު ތިލަފަޅުގެ މިސްކިތް ކައިރީގައި ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވެ ނެރުއްވާފައިވާ ބަޔާނާ ގުޅިގެން މަހުލޫފް ވިދާޅުވީ ކިނބޫ މަރާލުމުގެ އޮޕަރޭޝަން ހިންގީ އެމްއެންޑީއެފްގެ ސްޕެޝަލް ފޯސް ލައްވާ ބޯކޮށް ވާރޭ ވެހެމުން ދަނިކޮށް ކަމަށެވެ. 

މީގެ އިތުރުން މަހުލޫފް ވިދާޅުވީ ކިނބޫ ބޮލަށް ބަޑިޖެހި މީހާ އެވާހަކަތައް ކިޔާދޭން މިހާރު ބާކީ އޮތީ 12 ދުވަސް ކަމަށެވެ. މަހުލޫފް އެ އިޝާރާތް ކުރައްވަނީ ރިޔާސީ އިންތިހާބުގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މިފަދަ ކަންކަމުގެ ހަގީގަތް ހާމަވާނެ ކަމުގެ އިޝާރާތެކެވެ. 

ރައީސް ޔާމީން ހާމުދުރުން (ފަންޑިތަވެރިން) ބުނެގެން ކޮށްފައިވާ ކަންކަން ކިޔައިދީ އަދީބު އަންގާރަ ދުވަހު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ކިނބުލަށް ޒަހަރު ދީގެންވެސް ކިނބޫ މަރުނުވުމުން، ބަނދެގެން ގެންގޮސް ސިފައިން ލައްވާ ބަޑިޖަހާ މަރާލާ ވަޅުލާފައިވަނީ ސިފައިންގެ ބެލުމުގެ ދަށުގައިވާ އުތުރު ތިޅަފަޅުގެ މިސްކިތް ކައިރީގައި ކަމަށެވެ.

ޖަލުގައި އޮންނެވި އަދީބު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވާ ވާހަކަތަކުގެ ތެރޭގައި ފަންޑިތަވެރިކަމާއި ޚުރާފާތާ ގުޅުން ހުރި ކަންތައްތަކެއް ހިންގެވި ކަމަށާއި އެފަދަ ބައެއް މީހުން ލައްވާ ކަންތައްތަކެއް ކުރެއްވި ކަމުގެ ތުހުމަތު އަދީބު ވަނީ ކުރައްވާފައެވެ. 

އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ހާމުދުރު ލައްވާ ރައީސް ޔާމީންގެ ދެއަތްތިލަ ބަލާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނުގެ ވެރިކަން ދެމެހެއްޓޭނީ އެ މީހުން ދޭ އިރުޝާދުތައް ތަންފީޒުކޮށްގެންކަމަށް ބުނެ ތަންފީޒު ކުރަންވީކަންކަމުގެ ލިސްޓެއް ދީފައިވާކަމަށް އަދީބު ގެ ބަޔާނުގައި ބުނެއެވެ.

އެލިސްޓުގައި މިހާތަނަށް ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ވަރަށް ގިނަ ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި ކިނބޫ މަރާލުން ހިމެނޭއިރު، އާރަށުގައި އެތައް އަހަރެއް ވަންދެން އުޅެމުން ދިޔަ ކުކުޅު ހާތައް ވެސް މަރާލުމަށް ބުނެފައިވެއެވެ. އަދި ސަލްޓަން ޕާކު ކައިރީގައި ހުރި ބިނާ ނަގާ، އިސްލާމީ މަރުކަޒުގެ ވަށާފާރު ތަޅާލާ، ކަޅުވަކަރު މިސްކިތް ނަގާ އެތަން ކޮނެ، އެތާގައި ފަންޑިތަ ހަދާފައިވާ ކަމަށްބުނެ ފަންޑިތަ ބާތިލް ކުރުމަށް އަލިފާން އެންދި ކަމަށް ވެސް އަދީބުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އދ ގެ ޖަނަވާރުތަކާބެހޭ އިސްވެރ

2 މަސް ކުރިން

ތި މައްސަލަ އދ އިންބަލާ ރާއްޖެއާއި ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން!

0
0
itself

2 މަސް ކުރިން

Let alone animal abuse, the croc doesn't even know it's a croc itself

1
0