23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރިޔާސީ އިންތިހާބު 2018

'3357135' ނަމްބަރުން ޖަޒީރާ ރާއްޖޭގެ ނަމުގައި ގުޅަމުންދޭ، އެކަމަށް ވިސްނަވާތި: މާރިޔާ

  • އެނަމްބަރަކީ ޖަޒީރާ ރާއްޖޭގެ ކެމްޕެއިން ނަމްބަރެއް ނޫން
މުހައްމަދު ފަޒީން | phaxyn

| 11 ސެޕްޓެންބަރ 2018 | އަންގާރަ 14:53 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ


މާރިއާ އަހުމަދުދީދީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ގުޅިފައިވާ ސިިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތް "ޖަޒީރާ ރާއްޖެ"ގެ ނަމުގައި ބަޔަކު މީހުން ގުޅަމުންދާ ކަމަށާއި ނަމަވެސް އެއީ ޖަޒީރާ ރާއްޖޭގެ ކެމްޕެއިން އޮފީހުން ކުރާ ފޯނު ކޯލެއް ނޫން ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫގެ ތަރުޖަމާނު މާރިޔާ އަންގާރަ ދުވަހު ވިދާޅުވީ އޮޅުވާލުމުގެ ނިޔަތުގައި "3357135" ޖަޒީރާ ކެމްޕެއިން އޮފީހުން ކަމަށްބުނެ ބައެއް މީހުންނަށް ގުޅަމުންދާ ކަމަށެވެ. ނަމަވެސް އެ ނަމްބަރަކީ ކާކުގެ ނަންމަތީ ރެޖިސްޓްރީ ކޮށްފައިވާ ނަމްބަރެއްކަން ނޭނގޭ ކަމަށާއި އެއީ ޖަޒީރާ ރާއްޖޭގެ ކެމްޕެއިން ކުރާ ފޯނު ކޯލެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އެ ފަދަ ފޯނު ކޯލްތަކަށް ވިސްނާވަޑައިގެން ތިއްބެވުމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން އެކިއެކި މައުލޫމާތު ހޯދުމަށް ގުޅަމުންދާ ކަމުގެ ޝަކުވާތަކެއް ވެސް ލިބެމުންދާ ކަމަށެވެ.

އާއްމު އިންތިހާބެއް އޮންނަ ދުވަސްވަރު ކެމްޕެއިން އޮފީސްތަކުން ފޯނު ކޯލް ކުރަމުންދެ އެވެ. ނަމަވެސް ބައެއް ފޯނު ކޯލުތައް މެދުވެރިކޮށް އޮޅުވާލަން މަސައްކަތްކުރަމުންދާ ކަމަށް ވެސް ރައްޔިތުން ދަނީ ފާހަގަކުރަމުން ނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް info@raajje.mv އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް