26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރިޔާސީ އިންތިހާބު 2018

ނިހާނަށް މަހްލޫފްގެ ރައްދު: 23 ސެޕްޓެމްބަރުގައި އަޅުގަނޑުމެންގެ ސައިޒް ދައްކާލާނަން!

  • ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ފުރުސަތު ލިބުނީ ތިން އަހަރަށް ފަހު
މުހައްމަދު ފަޒީން | phaxyn

| 11 ސެޕްޓެންބަރ 2018 | އަންގާރަ 10:32 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


މަހްލޫފް އެއްވެފައިވާ ބަޔަކާ ސަލާމް ކުރައްވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާނިވަލުގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުން ފެނިފައި، ރަސްމީ ސައިޒު ދައްކަން ޕީޕީއެމުން ބޮޑު ޖަލްސާއެއް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެފައި ވާތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ރައްދު ދެއްވައިފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނުގެ ގޮތުގައި ހުންނަވަނިކޮށް، މުޒާހަރާއަކަށް މާސްކް ބެހި ކަމަށް ބުނާ މައްސަލައެއްގައި ޖަލުގައި ބަންދު ކުރުމަށް ފަހު މިހާރު ގޭބަންދުގައި ހުންނެވި މަހްލޫފް ކުރެއްވި ޓްވީޓެއްގައި ނިހާނަށް އިހުތިރާމު ކުރެއްވުމާ އެކު މްހްލޫފް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރަސްމީ ސައިޒް ސެޕްޓެމްބަރު 23 ވަނަ ދުވަހު ދައްކާލާނެ ކަމަށެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް މީގެ ތިން އަހަރު ދުވަސް ކުރިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ބޮޑު ޖަލްސާއާ އެކުގައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ލިޔުމުން ހުށަހެޅުމުން ވެސް ޖަލްސާއެއް މާލެގައި ބޭއްވުމުގެ ފުރުސަތެއް އިދިކޮޅު ފަރާތަކަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ޕީޕީއެމުން ބޭނުން ދުވަހު މާލޭގައި ޖަލްސާތަކާއި ހަރަކާތްތައް ގެންދިޔައީ ހިންގަމުންނެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހު ރޭ، ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފައިވާ އިރު، ހުކުރު ދުވަހުގެ ރޭ ޕީޕީއެމުން ވެސް ވަނީ ހަމަ އެސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އެ ދެ ޖަލްސާގެ ތަފާތު ފެނިފައި ނިހާނު ވިދާޅުވެފައި ވަނީ ޕީޕީއެމްގެ "ރަސްމީ ސައިޒު" ދައްކާލުމަށް ބޮޑު ޖަލްސާއެއްް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ އެޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ރެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް