20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އާދަޔާ ހިލާފަށް ފަލަ އަންހެން

އާދަޔާ ހިލާފަށް ފަލަ އަންހެން ކުދިންނަށް ޑިޕްރެޝަން ޖެހުމުގެ ފުރުޞަތު ބޮޑު!

  • ފިރިހެން ކުދިންނަށް ވުރެ އަންހެން ކުދިންނަށް ޑިޕްރެޝަންޖެހޭ
  • 14 އަހަރުގައި، 16 އިންސައްތަ ކުދިންނަކީ ފަލަ ކުދިން
ރިޒުނާ ޒަރީރު | RiznaZareer

| 12 އޯގަސްޓު 2018 | އާދީއްތަ 23:44 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ޑިޕްރެޝަން: މިއީ ނުރައްކާތެރި ބައްޔެއް -- ގޫގުލް

ކުޑައިރުން ފެށިގެން އާދަޔާ ހިލާފަށް ފަލަ އަންހެން ކުދިންނަށް ޑިޕްރެޝަން ޖެހުމުގެ ފުރުޞަތު ބޮޑު ކަމަށް ދިރާސާއިން ދައްކައިފިއެވެ.

ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި ސިއްޙަތު ރަނގަޅު އަންހެން ކުދިންނާއި ބަލާއިރު، އާދަޔާ ޚިލާފަށް ފަލަ އަންހެން ކުދިންގެ ތެރެއިން 44 އިންސައްތަ ކުދިން ޑިޕްރެޝަންއަށް ފަރުވާ ހޯދާފައިވެއެވެ.

އެއްލައްކަ ސާޅީސް ހަތަރުހާސް މީހުން ބައިވެރިކޮށްގެން 22 ދިރާސާއެއް މިކަމުގައި ހަދާފައިވާއިރު، ބަރުދަން އިތުރުވި ނަމަވެސް އާދަޔާ ޚިލާފަށް ފަލަވުމުން ޑިޕްރެޝަންއަށް މަގުފަހިވާ ކަމަށް ދައްކާފައިވެއެވެ. އެހެންނަމަވެސް ފިރިހެން ކުދިންނަށް މިމައްސަލަ ދިމާވެފައިވާ ކަމަށް ދިރާސާއިން ނުދައްކައެވެ.

ވަކިން ހާއްސަކޮށް އަންހެން ކުދިން އާދަޔާ ޚިލާފަށް ފަލަވުމުން ޑިޕްރެޝަންއަށް މަގުފަހިވަނީ ކީއްވެގެން ކަން ނޭނގޭ ކަމަށާއި މިކަމުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ތަފާތުވަނީ ކީއްވެގެން ކަންވެސް ހޯދިފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިހެން ދިމާވަނީ އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ވިސްނުން ތަފާތު ވުމުން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެގޮތުން ފިރިހެން ކުދިންނަށް ވުރެ ބޮޑަށް އަންހެން ކުދިން އެކުދިންގެ ހަށިގަނޑާއި ދޭތެރޭ ވިސްނާ ކަމަށް ލަންޑަން އިމްޕީރިއަލް ކޮލެޖްގެ ލީޑް އޯތަރ ޑރ. ޝައިލެން ސުތާރިއާ ބުނެފައިވެއެވެ.

ޑރ. ސުތާރިއާ އިތުރަށް ބުނެފައިވަނީ މިހެން ދިމާވަނީ ބައެއް ފަހަރު އަންހެން ކުދިންނަށް އަންނަ ޕްރެޝަރއެއްގެ ސަބަބުން ކަމަށާއި އެގޮތުން ބައެއް މީހުންގެ ފާޑު ކިޔުންތައް ޚާއްސަކޮށް އަންހެން ކުދިންނަށް އަމާޒުވާ ކަމަށެވެ. އެހެންކަމުން އަންހެންކުދިންނަށް ޑިޕްރެޝަން ޖެހުމަށް އަވަހަށް މަގުފަހިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔު އެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 40 މިލިއަން ކުދިންނަކީ އުމުރުން 5 އަހަރުން ފެށިގެން ބަރުދަން އިތުރުވެ އާދަޔާ ޚިލާފަށް ފަލަވާ ކުދިންނެވެ. އަދި ބައެއް ކުދިންނަށް ސްކޫލުގެ މާހައުލުން ދިމާވާ ކަންކަމުންނާއި، ރައްޓެހިންގެ ފަރާތުން ދެކެވޭ ބައެއް ވާހަކަތަކަުގެ ސަބަބުން ޑިޕްރެޝަން ޖެހުމަށް ރިސްކު ބޮޑުވެގެންދެއެވެ.

އެގޮތުން އެންމެ ފަހުގެ ދިރާސާއިން ދެއްކި ގޮތުގައި އުމުރުން 14 އަހަރުގައި، 16 އިންސައްތަ ކުދިންނަކީ ފަލަ ކުދިން ކަމަށާއި އޭގެ ތެރެއިން ކޮންމެ 10 އަކުން އެއް ކުއްޖަކީ ޑިޕްރެޝަންއަށް ފަރުވާ ހޯދާ ކުއްޖެކެވެ.

އެހެންކަމުން ޅަ އުމުރުގައި އާދަޔާ ހިލާފަށް ފަލަވިޔަ ނުދިނުމަށް ކުދިންނަށް ފާއިދާ ހުރި ކާނާ އެއް މިންވަރެއްގައި ދިނުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. ސުތާރިއާ ބުނެފައިވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް