21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ހާރޓްއެޓޭކް ޖެހުން

ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟

  • ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭނީ މާބަނޑު ދުވަސްވަރު
  • ހާރޓްއެޓޭކް ޖެހޭ މިންވަރު ވަނީ 25 އިންސައްތަ އިތުރުވެފައި
  • ޅަ އުމުރުގައި ހާރޓްއެޓޭކް ޖެހޭ އަންހެނުން މަދު
ރިޒުނާ ޒަރީރު | RiznaZareer

| 18 ޖުލައި 2018 | ބުދަ 23:13 | |

މަގުބޫލް

  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  3. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  6. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  7. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  8. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި


ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހެނީ މާބަނޑު ދުވަސްވަރު: ދިރާސާ -- އާކައިވް

ހާރޓްއެޓޭކް ޖެހި ގިނަ މީހުން ދުނިޔެ ދޫކޮށް ދިޔުން މިދަނީ އާންމު ކަމަށް ވަމުންނެއެވެ. މިކަމުން ސަލާމަތްވެ ތިބުމަށް ތަފާތު އެތައް ކަމެއް ކުރެވެން ހުންނައިރު އަންހެނުންނަށް ހާރޓްއެޓޭކް ޖެހުން އާންމުވެގެން މިދަނީ އެހެން ސަބަބަކާއި ހުރެއެވެ.

އެގޮތުން އެންމެ ފަހުގެ ދިރާސާއިން ދައްކާ ގޮތުގައި ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭނީ މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައިކަން މިވަނީ ހާމަވެފައެވެ. ޖާރނަލް މަޔޯ ކްލިނިކަލް އިން އެންމެ ފަހުން ހެދި ދިރާސާގައި ސާޅީސް ނުވަ މިލިއަން އަންހެނުން ވަނީ ބައިވެރިކޮށްފައެވެ. އޭގެ ތެރޭގައި 1061 މީހަކަށް ވަނީ ވިހެމުގެ ތެރޭގައި ހާރޓްއެޓޭކް ޖެހިފައެވެ. އަދި މާބަނޑު ދުވަސްވަރު 922 މީހަކަށް ހާރޓްއެޓޭކް ޖެހިފައިވާއިރު، 2390 މީހުންނަށް ވަނީ ވިހެއުމަށްފަހު ހާރޓްއެޓޭކް ޖެހިފައެވެ.

 

ޖުމްލަކޮށް ބަލާއިރު ހާރޓްއެޓޭކް ޖެހުމަށް އޮންނަ ފުރުޞަތު ހަނިކަމަށް ފާހަގަކުރެވުނު ނަމަވެސް 2002 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ހާރޓްއެޓޭކް ޖެހޭ މިންވަރު ވަނީ 25 އިންސައްތަ އިތުރުވެފައެވެ. މިއީ ކަންބޮޑުވާންޖެހޭ އަދަދެއް ކަމަށް ދިރާސާތަކުން ދައްކައެވެ. މާބަނޑު ދުވަސްވަރު ނުވަތަ މާނބަޑުވުމާއި ވިދިގެން ހާރޓްއެޓޭކް ޖެހިގެން ހޮސްޕިޓަލްގައި މަރުވާ މީހުންގެ އަދަދު ވަނީ 4.5 ޕަސެންޓަށް އަރާފައި ކަމަށާއި މިއީ އަޖައިބުވާފަދަ އަދަދެއް ކަމަށް ދިރާސާއިން ދައްކައެވެ. އެހެނީ، ދަރިމައިވުމުގެ އުމުރު ކަމަށްވާ (20 އަހަރާއި 35 އަހަރާއި) ދެމެދުގެ އުމުރުގެ އަންހެނުންނަކީ ހާރޓްއެޓޭކް ޖެހުމުގެ ފުރުޞަތު ކުޑަ ބައެކެވެ.  

" ޅަ އުމުރުގައި ހާރޓްއެޓޭކް ޖެހޭ އަންހެނުން މަދުކަމުގައިވީ ނަމަވެސް މާބަނޑު ދުވަސްވަރު ނުވަތަ މާނބަނޑުވުމާއި ވިދިގެން ހާރޓްއެޓޭކް ޖެހުމަކީ ނާކުޒު ކަމެއް ކަމަށް" އެންވައިޔޫ ލެންގޮން ހެލްތްގެ އިންޓަރވެންޝަނަލް ކާރޑިއޮލޮޖިސްޓް އެންޑް އެސިސްޓަންޓް ޕްރޮފެސަރ އޮފް މެޑިސިން ޑރ. ނަތަނިއަލް ސްމިލޮވިޗް ބުނެފައިވެއެވެ.

މާނބަނޑު ދުވަސްވަރާއި ވިހެމުގެ ތެރޭގައި ހާރޓްއެޓޭކް ޖެހޭ މައިގަނޑު ސަބަބު އަދިވެސް ހާމަވެފައިނުވާއިރު ހާރޓްއެޓޭކް ޖެހުމަށް މެދުވެރިވާ ބައެއް ސަބަބުތައް ވަނީ ދަނެގަނެވިފައެވެ. އެގޮތުން ގިނަ އަންހެނުންނަކީ އުމުރުން ދުވަސް ވުމުން ދަރިން ހޯދާ ބަޔަކަށްވާއިރު، ޅައުމުރުގައި ދަރިން ހޯދާ މީހުންނަށްވުރެ ބޮޑަށް އުމުރުން ދުވަސްވީ އަންނެހުންނަށް ހާރޓްއެޓޭކް ޖެހުމުގެ ފުރުޞަތު ބޮޑެވެ.

20 އަހަރުން ފެށިގެން މަތީ އުމުރުގައި މާބަނޑުވާ އަންހެނުންނާއި އަޅާކިޔާއިރު، 35 އަހަރާއި 39 އަހަރާއި ދެމެދުގައި މާބަނޑުވާ އަންހެނުންނަކީ ހާރޓްއެޓޭކް ޖެހުމުގައި ފަސްގުނަ އިތުރަށް ރިސްކް ބޮޑު މީހުންނެވެ. އަދި 40 އަހަރުން މަތީގެ އަންހެނުންނަކީހާރޓްއެޓޭކް ޖެހުމުގެ ފުރުޞަތު މާބޮޑެވެ. އަދި ހަކުރު ބައްޔާއި އާދަޔާ ހިލާފަށް ފަލަވުމަކީ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެކެވެ.

" ހުރިހާ އަންހެނުންވެސް ހިތުގެ ބަލިތައް ޖެހޭ ކަންކަން ދަނެގަތުމަކީ މުހިއްމު ކަމެއް، އެގޮތުން ލޭ މައްޗަށް ދިޔުމާއި ހަކުރުބަލި އަދި ފަލަވުން ފަދަ ކަންކަން މާނބަނޑުުމާއި ގުޅިގެން ކޮންޓްރޯލްކުރަންޖެހޭ. އަދި ބަލިވެއިނުމާއި ވިހެއުމަށްފަހު މޭގައި ރިއްސުން ނުވަތަ ދިލަނެގުން ފަދަ ކަންކަމަކީ ހާރޓްއެޓޭކް ޖެހެން އުޅޭ ކަމުގެ އަލާމާތެއް ކަމަށްވާއިރު ވީ އެންމެ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ސަމާލުވާންޖެހޭ" ކަމަށް ޑރ.ސްމިލޮވިޗް ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް