20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ކޮފީ

ކޮފީ ބުއިމުން އުމުރު ދިގުކޮށްދޭ: ދިރާސާ

  • ޅަ އުމުރުގައި މަރުވުމަށް އޮންނަ ރިސްކް ކުޑަކޮށްދޭ
  • ފަސްލައްކައަށް ވުރެ ގިނަ މީހުންގެ މެދުގައި ދިރާސާކޮށްފައިވޭ
ރިޒުނާ ޒަރީރު | RiznaZareer

| 16 ޖުލައި 2018 | ހޯމަ 18:04 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ތަފާތު ވައްތަރުގެ ކޮފީ: ކޮފީ ބުއިމުން އުމުރު ދިގުކޮށްދޭ -- ދި ޓެލެގްރާފް

އެންމެ ފަހުގެ ދިރާސާ އިން ކޮފީ ބުއިމަށް ލޯބި ކުރާ ފަރާތްތަކަށް އުފާވެރި ހަބަރެއް ގެނެސްދީފިއެވެ.

އެގޮތުން ކޮފީ ބުއިމުގެ ސަބަބުން އުމުރުގެ ކުރީކޮޅުގައި މަރުވުމަށް އޮންނަ ރިސްކު ކުޑަކޮށްދޭ ކަމަށް ދައްކައެވެ. އަދި ވަކި މިންވަރެއްގައި ކޮފީ ބުއިމަށް ދިރާސާގައި ހާމަކޮށްފައެއް ނުވެއެވެ.

ޖާމާ އިންޓަރނޭޝަނަލް މެޑިސިންގައި ޝާއިރުކޮށްފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި މިދިރާސާގައި މަދުވެގެން ދުވާލަކު އެއްތަށި ކޮފީ އަދި ގިނަ ވެގެން އަށް ތަށި ކޮފީ ބޯ މީހުން ބައިވެރިކޮށްފައިވެއެވެ. އޭގެ ތެރޭގައި ފިލްޓަރޑް ކޮފީ، އިންސްޓަންޑް ކޮފީ އަދި ކެފެއިން އެކުނުލެވޭ ބާވަތުގެ ކޮފީ ބޯ ފަރާތްތަށް ބައިވެރިވި ކަމަށް މި ދިރާސާ ކުރިއަށްގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ނޭޝަނަލް ކެންސަރ އިންސްޓިއުޓްގެ ޑރ. އެރިއްކާ ލޮފްޓްފިލްޓް ބުނެފައިވެއެވެ.

ޔޫކޭ ބައޯ ބޭންކް ސްޑަޓީގެ ރިސާޗް ޑާޓާ އިން ދައްކާ ގޮތުގައި މި ދިރާސާގައި ބައިވެރިވި ފަސް ލައްކައަށް ވުރެ ގިނަ މީހުން ވަނީ ފިޒިކަލް އެގްޒަމިނޭޝަން އަދި ބައޮލޮޖިކަލް ސާމްޕަލް ވެސް ދީފައެވެ. އެގޮތުން މި ދިރާސާގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ކޮފީ ބޮއި އުޅޭ ފަރާތަށް ހިމަނާފައިވެއެވެ. މީގެ ދިހަ އަހަރު ކުރިން ހަދާފައިވާ މި ދިރާސާ އަލުން ރިވިއު ކުރި މި މުއްދަތުގެ ތެރޭގައި މަރުވެފައި ވަަނީ 14،200 މީހުންނެވެ. އެހެންކަމުން ކޮފީ ބުއިމަކީ އުމުރު ދިގުކޮށްދޭ ކަމެއް ކަމަށް ވަނީ ދިރާސާއިން ދައްކާފައެވެ. މީގެ ތެރޭގައި ދުވާލަކު އެއް ފަހަރު ނަމަވެސް ކޮފީ ބޯ ފަރާތްތަކަށް ޅަ އުމުރުގައި މަރުވުމަށް އަށް އިންސައްތަ ރިސްކް ކުޑަކަމަށް ދައްކައެވެ. އަދި ދުވާލަކު ހަ ތަށި ނުވަތަ ހަތް ތަށި ކޮފީ ބޯ ފަރާތްތަކަށް 16 އިންސައްތަ ރިސްކް ކުޑަ ކަމަށް ދައްކާފައިވާއިރު ދުވާލަކު އަށް ތައްޓަށް ވުރެ ގިނައިން ކޮފީ ބޯ ފަރާތްތަކަށް 14 އިންސައްތައިގެ ރިސްކް ކުޑަކޮށްދޭ ކަމަށް ދިރާސާއިން ދައްކައެވެ.

މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ކެފެއިން ހުންނަ މާއްދާތަށް އެކުލެވޭ އެއްޗެހި ބޭނުން ކުރުމުގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި ހާރޓް އެޓޭކް ޖެހުމަށް މަގުފަހިކޮށްދޭ ކަމަށް ދައްކާފައިވެއެވެ. އެހެން ނަމަވެސް މިފަދަ ދިސާރާތައްކޮށްފައި ވަނީ އެފަދަ ބަލިތައް ޖެހިފައިވާ ފަރާތްތަކުގެ މެދުގައި ކަމަށް ލޮފްޓްފިލްޑް ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އަލަށް ހެދި ދިރާސާއަކީ ހުރިހާ ކަމަށް ބަލައިގެން ހަދާފައިވާ ވަރަށް ފުރިހަމަ ދިރާސާއެއް ކަމަށާއި އެގޮތުން ކެފެއިން މެޓަބޮލިޒަމް ހުރި ގިނަ އަދަދެއްގެ ޖެނެޓިކް ޓާޑާ ބޭނުންކޮށްފައިވެއެވެ.

މި ދިރާސާ އިން ދެއްކި ގޮތުގައި ކޮފީ ބުއިމުގެ ސަބަބުން ސިއްހަތަށް ރަނގަޅު ކަންތައްތައް ވަނީ ފެނިފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް