14 ޑިސެންބަރު 2018 | ހުކުރު | 06 މުލަ
07 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:59
އަސްރު 15:25
މެންދުރު 12:05
އިރުއަރާ 06:02
ފަތިސް 04:45

ދަރަނި ވެރިން

ޒަކާތުގެ މުދަލުގައި ހިފުމުގެ ޙައްޤު ލިބިގެންވާ ދަރަނިވެރިންނަކީ ތިންބައެކެވެ.

  • ޒަކާތުގައި ހިފާ މީހުންގައި ހުރުން ޝަރުޠުވާ ފަސް ކަމެއްވެއެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 14 ޖޫން 2018 | ބުރާސްފަތި 13:50 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  5. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  6. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  7. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
  8. ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓްގައި އެކެއްގެ ހާލު ސީރިއަސް!


ޒަކާތް ބެހުމުގެ މަސައްކަތް އަރަބިއްުޔާ ސްކޫލުގައި ކުރިޔަށްދަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

ޒަކާތުގެ މުދަލުގައި ހިފުމުގެ ޙައްޤު ލިބިގެންވާ ދަރަނިވެރިންނަކީ ތިންބައެކެވެ.

  1. ފުރަތަމަ ބަޔަކީ ދެބައެއް ނުވަތަ ދެ މީހެއްގެ ދެމެދުގައި އުފެދުނު ރުޅިވެރިކަމެއް ނުވަތަ ފިތުނަވެރިކަމެއް މައިތިރިކޮށް ޞުލްޙަކުރުމަށްޓަކައި ދަރަނިވެރިވެއްޖެ މީހާއެވެ. މިފަދަ މީހާއީ މުއްސަންޖެއް ކަމުގައިވިޔަސް އެދަރަނި އަދާކުރުމަށްޓަކައި ޒަކާތުގެ މުދަލުން ދޭންޖެހޭނެއެވެ.
  2. ދެވަނަ ބަޔަކީ ތިމާގެ އަމިއްލަ ނަފްސަށްޓަކައި ކޮންމެހެން ކުރާންޖެހޭ ހުއްދަ ޚަރަދުތައް ކުރުމުގައި ދަރަނިވެރި ވެއްޖެ މީހާއެވެ.
  3. ތިންވަނަ ބަޔަކީ އެހެން މީހެއްގެ ދަރަންޏެއް ޖާމިނުވުމަށްޓަކައި ދަރަނިވެރިވި މީހާއެވެ.
  4. ހަގުރާމަވެރިން:

ހަގުރާމަވެރިންކުރެ ޒަކާތުގެ މުދަލުން ދޭންޖެހޭ ބަޔަކީ ހަނގުރާމައަށް ދިއުން މައްޗަށް ވަކިއެއްޗެއް ލިބުން ކަޑައެޅިފައިނުވާ މީހާއެވެ.

  1. ދަތުރުވެރިން:

ޒަކާތުގެ މުދަލުން ދޭންޖެހޭ ދަތުރުވެރީންނަކީ އުރެދުމެއް ނޫން ކަމަކުގައި އެމީހާ ހުރި ރަށް ނޫން ރަށަކަށްދާ މީހާއެވެ. އެމީހާގެ ރަށާއި ހަމައަށް ފޯރާނެ ޚަރަދު ނެތް ނަމައެވެ.

މިބުނި އަށް ބާވަތުގެ ތެރެއިން ދިވެހިރާއްޖޭގައި މިހާރު ތިބޭނީ ފަސް ބައެކެވެ. އެއީ:

  1. ފަޤީރުން.
  2. މިސްކީނުން.
  3. ޢާމިލުން.
  4. ދަރަނިވެރީން.
  5. ދަތުރުވެރީން މިއެވެ.

ޒަކާތުގައި ހިފާ މީހުންގެ ޝަރުޠުތައް:

ޒަކާތުގައި ހިފާ މީހުންގައި ހުރުން ޝަރުޠުވާ ފަސް ކަމެއްވެއެވެ. އެއީ:

  1. މުސްލިމަކު ކަމުގައިވުން.
  2. ފުރިހަމަ މިނިވަނަކު ކަމުގައިވުން.
  3. ހާޝިމް ނުވަތަ މުއްޠަލިބު ވަންހައިގެ މީހަކު ކަމުގައި ނުވުން.
  4. ޒަކާތްދޭ މީހާ ޚަރަދު ދޭންޖެހިފައިވާ މީހަކު ކަމުގައި ނުވުން. އެފަދަ މީހަކަށް ފަޤީރުންނާއި، މިސްކީނުންގެ ގޮތުގައި ދިނުން ހުއްދައެއް ނޫނެވެ. އެހެން ކޮންމެވެސް ހަމައެއްގެ މަތީން ދިނުން ހުއްދައެވެ. مثلا ޒަކާތްދޭ މީހާ ޚަރަދު ދޭންޖެހިފައިވާ މީހަކު ޢާމިލުންގެ ތެރޭގައި ހުރެއްޖެނަމަ ޢާމިލުންނަށްދޭ ގޮތުގެ މަތީން ދިނުމަކީ ހުއްދަ ކަމެކެވެ.
  5. މަސައްކަތެއް ނުވަތަ މުދަލެއްގެ ސަބަބުން ތަނަވަސްކަން ލިބިފައިވާ މުއްސަޖެއް ކަމުގައި ނުވުން. މިއެވެ.

ޒަކާތްބެހުން:

ޒަކާތުގައި ހިފުން ޙައްޤުވެގެންވާ އަށް ބާވަތުގެ މީހުން ހަމައަށް ތިބި ނަމަ އެންމެނަށް ޢާއްމުވާ ގޮތުގެ މަތީން ޒަކާތްބެހުމާއި ޢާމިލުން ނޫން އެހެން ބާވަތުގެ މީހުންނަށް ހަމަހަމަކޮށް ދިނުން ވާޖިބެވެ. ޢާމިލުންނަށް ދޭނީ އެ މީހަކު ކުރި މަސައްކަތަކާއި އެކަށީގެންވާ ޢުޖޫރައެކެވެ. ކޮންމެ ބާވަތަކުންމެ އެންމެ މަދުވެގެން ވެސް ތިން މީހުންނަށް ދޭންވާނެއެވެ. ތިނަކަށް ވުރެ މަދު ޢަދަދެއްގެ މައްޗަށް ކުރުކޮށްލުމީ ހުއްދަކަމެއް ނޫނެވެ.

އަށްބާވަތުގެ މީހުން ހަމައަށް ނެތްނަމަ، ތިބި ބަޔަކަށް ބަހައިދޭނީއެވެ. މިބަހައި ދިނުމުގައި އެއްބާވަތެއްގެ މީހުންނަށްވުރެ އަނެއް ބާވަތެއްގެ މީހުން ބޭނުންތެރިކަން ބޮޑުކަމުގައި ވިޔަސް ބާވަތްތަކަށް ހަމަހަމަކޮށް ދިނުން ލާޒިމެވެ. އެއްބާވަތެއްގެ ވަކިވަކި ފަރުދުންގެ މެދުގައި ބަހައިދޭއިރު އެކަކަށްވުރެ، އަނެކެއްގެ ބޭނުންތެރިކަން ބޮޑުވެއްޖެނަމަ އެމީހަކަށް ގިނައިން ދިނުން ހުއްދައެވެ.

މުދަލުގެ ވެރިޔާ ޒަކާތް ބަހައިދޭނަމަ، ޒަކާތުގައި ހިފުމުގެ ޙައްޤު ލިބިގެންވާ ބަޔަކު ތިބިހައި ހިނދަކު ޒަކާތް ވާޖިބުވީ ރަށް ނޫން އެހެން ރަށަކަށް ޒަކާތް ނަޤުލުކުޅައުމީ ހުއްދަ ކަމެއް ނޫނެވެ. އެފަދަ އެއްބަޔަކުވެސް އެރަށުގައި ނެތް ނަމަ، އެފަދަ ބަޔަކު ތިބި އެންމެކައިރީ ރަށަކަށް ނަޤުލުކުޅައުމީ ހުއްދަ ކަމެކެވެ.

އިމާމާ ބަހައިދޭ ނަމަ ޒަކާތުގައި ހިފުން ޙައްޤުވާ ބަޔަކު ތިބުމާއިއެކު ވެސް އެއްރަށުން އަނެއް ރަށަށް ނަޤުލު ކުޅައުމީ ހުއްދަ ކަމެކެވެ. ނަޤުލުކުޅައުމުގައި ޢާންމު މަޞްލަޙަތެއް އޮތްކަމަށް އިމާމާއަށް ފެނިއްޖެ ހިނދެއްގައެވެ.

 

ނޯޓު: މިލިޔުމަކީ، ތަޢުލީމުއްދިޔާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް