10 ޑިސެންބަރު 2018 | ހޯމަ | 01 މުލަ
03 ރަބީޢުލްއާޚިރު 1440
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14

ރޯދަ އާއި ސިއްހަތު

އުއްދަނޑި: ތަދު ނަމަވެސް އެހާމެ ފައިދާ ބޮޑު ޖޫހެއް

  • ދުނިޔޭގެ %70 ހަކުރު އުފައްދަނީ އުއްދަނޑިން
  • ދުނިޔޭގައި އެންމެ ގިނައިން އުއްދަނޑި އުފައްދާ ޤައުމަކީ ބްރެޒިލް އާއި އިންޑިއާ
ރިފްޤާ އަބްދުލް ވައްހާބް | R1phqa

| 9 ޖޫން 2018 | ހޮނިހިރު 14:14 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  4. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  5. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު
  6. މަހުލޫފް ރާޅާއެޅުންތެރިންނާއި ބައްދަލުކުރަން ރާޅުގަނޑަށް!
  7. ޔޫއެންޕީގެ ލީޑަރުކަމުން ރަނިލް އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
  8. އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މަޝްވަރާ ކުރަނީ


އުއްދަނޑި ޖޫސް -- ޓޭސްޓްމޭޑް

ދުނިޔޭގެ %70 ހަކުރު އުފައްދަނީ އުއްދަނޑިންނެވެ. އޭގައިވާ މީރު ފޮނި ރަހައަކީ އެކި ވައްތަރުގެ ގުލްކޯސް މާއްދާތަކުގެ ސަބަބުން ލިއްބައިދޭ ފޮނިކަމެކެވެ. އުއްދަނޑި އަކީ އޭގެ ތެރޭގައި ފޮނި ދިޔަ އެއް އެކުލެވިގެންވާ، ދިގުކޮށް ހުންނަ ގަހަކަށް ކިޔާ ނަމެކެވެ. އާންމުކޮށް ދިގު މިނުގައި 2 ފޫޓާއި 6 ފޫޓު ހުންނަ މި ގަހަކީ، އަޖައިބު ކުރަނިވި ފައިދާތަކެއް ކުރާ މީރު އެއްޗެކެވެ. މިއީ އާނުމުކޮށް ހޫނު ތަންތަނުގައި ހެދޭ ގަހެކެވެ. ދުނިޔޭގައި އެންމެ ގިނައިން އުއްދަނޑި އުފައްދާ ޤައުމަކީ ބްރެޒިލް އާއި އިންޑިއާ އެވެ.

ފައިދާތައް:

  • އުއްދަނޑީގެ އެންމެ ޖޫސް ތައްޓަކުންވެސް އެކަށީގެންވާ ވަރަށް އިންސާނާގެ ހަށިގަނޑަށް ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް އަދި މިނެރަލްސް ލިއްބައި ދެއެވެ.
  • އުއްދަނޑީގައި އެކަށިގެންވާ ވަރަށް ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކާއި ހިލަ އުފެދުމުން ރައްކާތެރިކޮށް، ކިޑްނީ ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ މާއްދާތަކެއް ހިމެނެއެވެ.
  • އުއްދަނޑީގެ ދިޔަ ބޭނުން ކުރުމަކީ ހަންގަނޑު ރީނދޫ ވުމުން ސަލާމަތްކޮށްދޭ ހަށިގަނޑު ބައްޓަން ކޮށްދޭ ބޭހެއްވެސް މެއެވެ.
  • ހަށިގަނޑުގައި ވަރު ޖައްސައިދިނުމަށްވެސް އުއްދަނޑި ވަރަށްބޮޑަށް އެހީތެރިވެ ދެއެވެ.
  • އުއްދަނޑި އަކީ ވަރަށް ފައްކާ ދަތްއުނގުޅާ ބޭހެއްވެސްމެއެވެ. އޭގައި ހިމެނޭ މާއްދާ ތަކުގެ ސަބަބުން ދަތްފަނި ކެއުމާއި އަނގައިން ނުބައި ވަސް ދުވުމުން ދުރުކޮށްދެއެވެ.
  • އުއްދަނޑި އަކީ ހަކުރު ބަލީގެ މީހުނަނަށް ވެސް ބެނުން ކުރެވޭނެ އެންމެ ރަނގަޅު ހަކުރެވެ. ސަބަބަކީ އުއްދަނޑީގައި އެއްވެސް ވަރަކަށް ފެޓްސް ނުހިމެނޭ %100 ގުދުތަރީ ބުއިމަކަށް ވާތީއެވެ.
  • މީގެ އިތުރުންވެސް، ބޮޑުކަމުދާން އުނދަގޫވާ ފަރާތްތަކަށް އެކަމުގެ ހައްލުވެސް އެންމެ ފަސޭހައިން ލިބެން ހުންނާނީ އުއްދަނޑިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް