16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޕީނަޓް ބަޓަރު

ޕީނަޓް ބަޓަރު - ހަށިގަނޑަށް ރަނގަޅު އެއްޗެއްތަ؟

  • ޕީނަޓް ބަޓަރުގައި ޕްރޮޓީން، ފައިބަރ، އެތައް ބާވަތެއްގެ މިނެރަލްސް އަދި ވިޓަމިންސް އެކުލެވޭ
ރާއްޖެ އެމްވީ | raajjemv

| 3 ޖޫން 2018 | އާދީއްތަ 22:31 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ޕީނަޓް ބަޓަރު -- ގެޓީ އިމޭޖާސް

ޕީނަޓް ބަޓަރަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ހެއްޔެވެ؟

ނިއުޓްރިޝަން ދާއިރާގެ ތަޖުރިބާކާރުންގެ މެދުގައި ޒަމާންތަކަކަށް މި ސުވާލަށް ވަނީ ބަހުސް ކުރެވިފައެވެ.

ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި ޕީނަޓް ބަޓަރުގައި އެކުލެވިގެންވާ މާއްދާތަކަށް ބަލާއިރު ޖަވާބަކީ އާނއެކެވެ. ޕީނަޓް ބަޓަރަކީ ސިއްހަތައް ފައިދާ ހުރި ކާނާއެކެވެ.

މި ސުވާލަށް ޖަވާބު ދެމުން ނިއުޔޯކް ޔުނިވަސިޓީގެ ޑިޕާޓްމަންޓް އޮފް ނިއުޓްރިޝަން އެންޑް ފުޑް ސްޓަޑީޒްގެ ޑަޔަޓީޝަން ލީސާ ސެސަން ޓައިމް މަޖައްލާ އަށް ކިޔައިދިން ގޮތުގައި ރަނގަޅު ކާނާގެ ތެރޭގައި ޕީނަޓް ބަޓަރު ހިމަނަން ޖެހޭ އެތައް ސަބަބެއް އެބަހުއްޓެވެ.

ހާވާޑް މެޑިކަލް ސްކޫލްގެ އެޕިޑެމޮލޮޖީ އެންޑް ނިއުޓްރިޝަންގެ ޕްރޮފެސަރ ޑރ.ވޯލްޓަރ ވިލެޓް މި ސުވާލަށް ޖަވާބު ދެމުން ބުނެފައިވަނީ ޕީނަޓް ބަޓަރަކީ ފައިދާ ހުރި އެއްޗެއް ކަމަށް ބެލުމުގައި މުހިންމު އެއް ސަބަބަކީ އޭގައި ފައިދާ ހުރި އެތައް މާއްދާތަކެއް އެކުލެވިފައި ވުމެވެ. ޕީނަޓް ބަޓަރުގައި ޕްރޮޓީން، ފައިބަރ، އެތައް ބާވަތެއްގެ މިނެރަލްސް އަދި ވިޓަމިންސް އެކުލެވެއެވެ.

ދެ ސައިސަމްސަލުގެ ޕީނަޓް ބަޓަރުގައި 7 ގްރާމް ޕްރޮޓީން، 16 ގްރާމް ފެޓް، 2 ގްރާމް ފައިބަރ އެކުލެވެއެވެ. މި ބައިތަކަކީ ހަށިގަނޑަށް ފައިދާ ހުރި ބައިތައް ކަމަށް ޕްރޮފެސަރ ބުނެފައިވެއެވެ.

ޕީނަޓް ބަޓަރަކީ ފައިދާ ހުރި އެއްޗެއްތޯ ކުރެވޭ ބަހުސްގައި އުފެދޭ އެންމެ މުހިންމު އެއް ސުވާލަކީ އޭގައި މަތީ މިންވަރަކަށް ފެޓް އެކުލެވިފައި ވުމެވެ.

މިކަން މިހެން އޮތް އިރު ފެޓްގެ ކޮންމެ ބާވަތަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ނޫންކަން ސައިންސްވެރިން ވަނީ ހާމަ ކޮށްދީފައެވެ. ތަޖުރިބާކާރުން ބުނަނީ ޕީނަޓް ބަޓަރުގައި ހުންނަ ފެޓް އަކީ ހަށިގަނޑަށް ރަނގަޅު އަންސެޗުރޭޓެޑް ފެޓް ކަމަށެވެ. މިބާވަތުގެ ފެޓް އަކީ ލޭގެ ކޮލެސްޓްރޯލް ދަށްކޮށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ މާއްދާއެއް ކަމަށް މާހިރުން ބުނެއެވެ.

ބާޒާރުގައި އެތައް ބާވަތެއްގެ ޕީނަޓް ބަޓަރު ލިބެން ހުންނަ އިރު އެއިން ކޮންމެ އެއްޗަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗަކަށް ނުވެދާނެ ކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ. ރަނގަޅު ޕީނަޓް ބަޓަރުގައި ހިމެނެން ޖެހޭނީ ދެ މާއްދާއެކެވެ. އެއީ ޕީނަޓް އާއި އާދައިގެ މިންވަރަކަށް ލޮނެވެ. ހަކުރާއި ހައިޑްރޮޖެނޭޓެޑް އޮއިލް އެއްކޮށްފައި ހުންނަ ޕީނަޓް ބަޓަރަކީ ހަށިގަނޑަށް ކަމުދާ އެއްޗެއް ނޫނެވެ. އެހެން ކަމުން ތަޖުރިބާކާރުންގެ އިރުޝާދަކީ ޕީނަޓް ބަޓަރު ގަންނަ އިރު ލޭބަލް އަށް ނަޒަރު ހިންގާލުމެވެ.

ޕީނަޓް ބަޓަރަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ކަމަށް ވިޔަސް ބޭނުން ކުރަންޖެހޭނީ ކޮންމެވެސް މިންވަރަކަށް ކަން ތަޖުރިބާކާރުން ފާހަގަ ކުރެއެވެ. މިގޮތުން 2 ސައިސަމުސާގެ މިންވަރަކީ ރަނގަޅު މިންވަރެއް ކަމުގައި ތަޖުރިބާކާރުން ބުނެއެވެ. 2 ސައިސަމްސަލުގެ މިންވަރުގައި ގާތްގަނޑަކަށް 200 ކެލޮރީޒް އެކުލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް