11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ބޯވެލިފަތް

ބޯވެލިފަތް: ނުކައި ދޫކޮށްލެވޭ ވަރުގެ ފަތެއް ނޫން!

  • ހަށިގަނޑުގައި ހިމެނޭ ވިހަ މާއްދާތައް ނައްތާލުމަށް އެހީތެރިވެދޭ
  • ބަރުދަން ލުއިކޮށްދޭ
  • ގައިގެ ހަންގަނޑު އޮމާންވެ ޒުވާންކަން މަތީ ދަމަހައްޓައިދޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 30 މެއި 2018 | ބުދަ 11:37 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ބޯވެލިފަތް -- ބީބީސީ

ތުއްތު ކުދިންގެ ފޭވަރިޓް ކާޓޫނެއް ކަމުގައިވާ ޕަޕާއީ ދަ ސެއިލަރގައި ޕަޕާއީ ބޯވެލިފަތް (ސްޕިނެޗް) ކައިގެން އާދަޔާ ހިލާފަށް ގައިގައި ބުންވަރު ޖައްސައި، ހަށިގަނޑުގެ މަސްތައް އަރައި، ބާރުގަދަ ވެގެންދާ ތަން ފެންނާނެއެވެ. ބަންދުކޮށްފައި ހުންނަ ދަޅެއްގައި ހުންނަ ބޯވެލިފަތް ކައިގެން އެލިބޭ ބާރު އެ ކާޓޫން ބަލަން ހުންނަ މީހާވެސް ކައިފި ނަމަ ލިބިގެން ދާނެތޯ ހިތުގައި ސުވާލު އުފެދޭނެއެވެ.

ރާއްޖޭގައި ވަރަށް ފަސޭހައިން ހެއްދޭ މި ގަދަ ފެހިކުލައިގެ ކުޑަކޮށް ބޯކޮށް ހުންނަ މި ފަތް ކެއުމުން ހަށިގަނޑުގައި ބާރު ގަދަ ވުމުގެ އިތުރުން ވެސް ސިއްޚަތަށް ވަރަށް ފައިދާތައް ލިބިގެން ދެއެވެ. ޕްރޮޓީން އަދި ވިޓަމިން އޭ އާއި ސީ އަދި އީ އެކުލެވިގެންވާ މި ފަތަކީ ތަފާތު ގިނަ ބަލިތަކަށް ފަރުވަލިބެގެންދާ ފަތެކެވެ.

 ބޯވެލިފަތް ހުންނަ ކެމުގެ އިތުރުން ތަފާތު ވައްތަރުގެ ކާނާ އާއި ބުއިންތައް ތައްޔާރު ކުރުމުގައިވެސް ބޭނުން ކުރެވިދަނެއެވެ.

ބޯވެލިފަތުން ލިބޭ ސިއްޙީ ފައިދާތަކުގެ ތެރޭގައި

ހަށިގަނޑުގައި ހިމެނޭ ވިހަ މާއްދާތައް ނައްތާލުމަށް އެހީތެރިވެދެއެވެ.

އެ ފަތުގެ ސަބަބުން ބަރުދަން ލުއިކޮށްދިނުމާއި ލޮލުގެ ފެނުމުން އަލިކޮށްދިނުމާއި ކަށިތައް  ވަރުދަގަ ކޮށްދިނުމުގެ އިތުރުން މީހާ ޓެންޝަނުން ދުރުކޮށްދޭނެއެވެ. ރުޅި އިސްކުރުމާއި ޓޭންޝަންގެ ސަބަބުން ލޭގެ ޕްރެޝާރު މައްޗަށް ދެއެވެ. އަދި އެކަމުގެ ސަބަބުން ކިޑްނީ ފެއިލްވެ ހާޓް އެޓޭކް ޖެހުމަށް މަގުފަހިވެގެން ދެއެވެ. މި ފަތަކީ މި ބަލިތަކަށް ވެސް އޮތް ފަރުވާ އެކެވެ.

ބޯވެލިފަތް ކެއުމުން ހަށިގަނޑުގެ މަސްތަކަށް ހަމަޖެހުން ގެނެސް ދެއެވެ. އޭގެ ސަބަބުން މީހާ ރަނގަޅަށް ނިދުމަށް މަގުފަހި ކޮށްދެއެވެ.

ގައިގެ ހަންގަނޑު އޮމާންވެ ޒުވާންކަން މަތީ ދެމެހެއްޓުމަށް ވެސް ބޯވެލިފަތް އެހީވެ ދެއެވެ.

އާންމުކޮށް އެންމެންނަށް ދިމާވާ އެއް މައްސަލަ ކަމުގައި ވާ ބޮލުން އިސްތަށި ފޭބުން މަދުކޮށްދިނުމަށް ވެސް ބޯވެލިފަތަކީ ފަރުވާ އެކެވެ.

މީގެ އިތުރުން ފުރާވަރަށް އަރައިގެން އަންނަ ކުދިންނަށް އެންމެ ބޮޑަށް ދިމާވާ އެއް މައްސަލަ ކަމުގައިވާ މޫނުގައި ބިހިނެގުމަށް ވެސް ބޯވެލި ފަތަކީ ވަރަށް ރަނަގޅު ފަރުވާ އެކެވެ. އެގޮތުން މި ފަތް ހިމުންކޮށް މުގުރާލުމަށް ފަހު ކުޑަފެންފޮދަކައި އެއްކޮށްލާ ފޭޝިއަލް މާސްކް ވެސް ހެދިދާނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފުންނަ

6 މަސް ކުރިން

ތީގެ ދިވެހި ވައްތަރަށް ރެސިޕީ އެއް ޖަހާލިނަމަ.

0
0