11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ރޯދަ އާއި ސިއްހަތު

ޓޯމާޓޯ ބޭނުންކުރަންވީ ސަބަބު މިއޮތީ

  • ޓޮމާޓޯއަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދީ ލޭގެ ޕްރެޝަރ ކޮންޓްރޯލްކުރުމަށް އެހީވެދޭ ތަރުކާރީއެއް
ނާޒުމީ ސައީދު | NaazmeeS

| 29 މެއި 2018 | އަންގާރަ 13:35 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ޓޮމާޓޯ: ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުރި ޓޮމާޓޯ -- ފޮޓޯ : މުހައްމަދު ޝަރުހާން

ވިލާތު ބަށި ނުވަތަ ޓޮމާޓޯ އަކީ މޭވާގެ ގޮތުގައި ވެސް އަދި ތަރުކާރީގެ ގޮތުގައިވެސް ހިމެނޭ ބާވަތެކެވެ. އާއްމުކޮށް ޓޮމާޓޯ ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ ތަރުކާރީގެ ގޮތުގައެވެ. ޓޮމާޓޯއަކީ އޭގައި ސިއްޚީ އެތައް ފައިދާތަކެއް އެކުލެވިގެންވާ ބާވަތެކެވެ. ދިވެހިންގެ ކެއުމުގައިވެސް ވަރަށް ގިނައިން ބޭނުން ކުރާ ތަރުކާރީއެކެވެ.

ޓޮމާޓޯގައި ތަފާތު އެތަކެއް ވައްތަރުތައް ހުރެއެވެ. އެގޮތުން ރަތް ކުލަ، ފެހިކުލަ އަދި ރީނދޫ ކުލައިގެ ޓޮމާޓޯ ހުރެއެވެ. ޓޮމާޓޯ އާންމުގޮތެއްގައި ބޭނުންކުރަނީ ރިހަ ކެއްކުމަށާއި، ސެލަޑް ފަދަ ކެއުން ތައްޔާރުކުރުމަށެވެ.

ޓޮމާޓޯގައި ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިންކޭ، ވިޓަމިންބީ6، ޕޮޓޭސިއަމް، މަންގަނީސް، ޕޮސްޕަރަސް، ފައިބަރ ޕްރޮޓީން ފަދަ މާއްދާތައް ހިމެނެ އެވެ.

ޓޮމާޓޯއިން ލިބިދޭ ސިއްޙީ ފައިދާ

ޓޮމާޓޯއަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދީ ލޭގެ ޕްރެޝަރ ކޮންޓްރޯލްކުރުމަށް އެހީވެދޭ ތަރުކާރީއެކެވެ. މީގެ އިތުރުން ހަމުގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށް ވެސް ޓޮމާޓޯ އަކީ ފައިދާ ބޮޑު ތަރުކާރީއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޓޮމާޓޯއަކީ ކޮލެސްޓްރޯލް ލެވެލް ދަށްކޮދިނުމަށާއި ލޭގެ ސާކިއުލޭޝަން ރަނގަޅު ކޮށްދިނުމާއި ހަޖަމުގެ ބައި ރަނގަޅުކޮށްދިނުމަށްވެސް އެހީވެދޭ ތަރުކާރީއެކެވެ. ކެވޭ ބައެއް ކާއެއްޗެހީގެ  ސަބަބުން ހަށިގަނޑުގައި ނުރަނގަޅު ސަރުބިތައް ޖަމާވެއެވެ. ނަމަވެސް ސަރުބީ ދައްކުރުމަށްވެސް ޓޮމާޓޯ އަކީ ހަމަ އެންމެ ރަނގަޅު އެއް ބާވަތެވެ. ޓޮމާޓޯގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސަރުބީ ދަށްކޮށްދެއެވެ. މީގެ އިތުރުން ކެމުމުގައި ގަވާއިދުން ޓޮމާޓޯ ބޭނުން ކުރާނަމަ ހަޖަމުގެ ބައި ރަނގަޅުކޮށްދެއެވެ. ބަނޑުހިކުން ލުއިކޮށްދީ، ބޭރަށް ހިންގުމުން ދުރުކޮށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް