11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ކުކުޅު ބިސް

ދުވާލަކު ބިހެއް ކާނަމަ ހިތުގެ ބަލިން ދުރުކޮށްދޭ: އައު ދިރާސާ

  • ދިރާސާގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ބޭނުން ކޮށްފައިވޭ
ރާއްޖެ އެމްވީ | raajjemv

| 24 މެއި 2018 | ބުރާސްފަތި 02:07 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ކުކުޅު ބިސް ކޭސްތަކެއް -- ފޮޓޯ : މުހައްމަދު ޝަރުހާން

ދުވާލަކު ކުކުޅު ބިހެއް ކެއުމުން، ހިތުގެ ބަލިން ދުރުކޮށްދޭ ކަމަށް އައު ދިރާސާ އަކުން ހާމަ ވެއްޖެއެވެ.

ދިރާސާ އިން ފެންނަ ގޮތުގައި ދުވާލަކު ކުކުޅުބިހެއް ބޭނުން ކުރުމުން ހިތުގެ ބަލިތަކުގެ އިތުރުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ކެއުމުގައި ކުކުޅުބިސް ނުހިމަނާ މީހުންނާ އަޅާ ބަލާއިރު ފާހަގަ ކުރެވޭ މިންވަރަކަށް ކުޑަވެއެވެ.

ޗައިނާގެ ޕީކިންގ ޔުނިވަރސިޓީގެ ހެލްތް ސައިންސަސް އިން ކުރިއަށް ގެންދިޔަ މި ދިރާސާގައި 416،213 މީހުންގެ މައުލޫމާތު ބޭނުން ކޮށްފައިވެއެވެ.

މި އެންމެންގެ ސިއްހީ މައްސަލަތައް ނުވަ އަހަރުގެ މުއްދަތަކަށް މި ދިރާސާގައި ބަލާފައިވެއެވެ.

ދިރާސާގެ ހޯދުންތަކާ ބެހޭ ގޮތުން ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނެފައިވަނީ މިދިރާސާއިން ފެންނަ ގޮތުގައި އާދައިގެ މިންވަރަކަށް ކުކުޅުބިސް ބޭނުން ކުރުމުން (ދުވާލަކު އެކަތި) ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ ކަމަށް ސާބިތު ކުރެވޭ ކަމުގައެވެ.

މީގެ ކުރީގެ ދިރާސާތަކަށް ބަލާއިރު ކުކުޅުބިސް ބޭނުން ކުރުމާއި ހިތުގެ ބައްޔާއި ހުރި ގުޅުމެއް މާރަނގަޅަށް ސާފުވެފައި ނެތްކަން ފާހަގަ ކުރެވެއެވެ.

ޗައިނާގެ ސައިންސްވެރިންގެ މި ދިރާސާއަށް ފާޑުކީ ބައެއް ތަޖުރިބާކާރުން ބުނެފައިވަނީ، ކުކުޅު ބިސް ބޭނުން ކުރުމުން ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ ކަމަށް ދިރާސާއިން ހާމަވި ނަމަވެސް، ކުކުޅު ބިހަކީ ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުން ސަލާމަތް ކޮށްދޭ އެއްޗެއް ކަން މި ދިރާސާއިން ސާބިތު ނުވާ ކަމަށެވެ. ސައިންސްވެރިން ބުނާ ގޮތުގައި ހިތުގެ ބައްޔާއި ސްޓްރޯކް ފަދަ ބަލިތަކަކީ ކެއުން ބުއިން ބަހައްޓާ ގޮތުގެ އިތުރުން ދިރިއުޅުމުގެ އާދަތަކާއި ވެސް ގުޅުން ހުރި ބަލިތައް ކަމަށެވެ. އެހެން ކަމުން ވަކި ބާވަތެއްގެ ކާއެއްޗަކާ މިބާވަތުގެ ބައްޔާއި ހުންނަ ގުޅުން ދެނެގަތުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ދުޅަހެޔޮ ކާނާގެ ތެރޭގައި ކުކުޅުބިސް ހިމެނުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް އިނގިރޭސި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެގައުމުގެ ރައްޔިތުންނަށް ދީފައިވާ އާއްމު ސިއްހީ އިރުޝާދުގެ ތެރޭގައި ހިމެނޭކަން ފާހަގަ ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް