16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

މުދަލު ޒަކާތް

މުދަލު ޒަކާތް

  • މުދަލުގައި ހުންނަންވާ ޝަރުޠުތައް ހުރީ އެކިބާވަތުގެ މުދަލުގައި އެކިގޮތަށެވެ.
  • މީގެތެރެއިން ދިވެހިރާއްޖޭގައި ޒަކާތްނެގޭންހުރި ތަކެއްޗަކީ ތިން ބާވަތެއްގެ ތަކެއްޗެވެ
އަހްމަދުﷲ ޖަމީލް | adjameel

| 21 މެއި 2018 | ހޯމަ 12:02 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ޒަކާތް ބެހުމުގެ މަސައްކަތް ކުރިޔަށް ދަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެއީ ތަނަވަސްކަމާއި މުއްސަދިކަމުގެ އަހުލުވެރީންގެ ކިބައިން ފަޤީރުންނަށާއި، ނިކަމެތީންނަށް މާތް އިސްލާމްދީން ލިބިދޭ ޙައްޤެކެވެ.

ކީރިތި ޤުރްއާނުގައި ޒަކާތާމެދު އަޅުއްވާފައިވާ ބާރަކީ އެކަކަށް ވެސް ވަންހަނާވެގެންވާ ކަމެއް ނޫނެވެ. އާއެކެވެ! ނަމާދުކުރުމަށް ކުރައްވާފައިވާ ކޮންމެ އަމުރުފުޅަކާއި ވިދިގެން އޮންނަނީ ޒަކާތްދިނުމަށް ކުރައްވާފައިވާ އަމުރުފުޅެވެ. މާތް ޤުރްއާނުގެ އެއްތަނަށްވުރެ ގިނަތާގައެވެ. ކައުއިތުރު ރަސޫލު صلى الله عليه وسلم ގެ ޙަދީޘްފުޅުވެސް ހަމައެފަދައެވެ. ޒަކާތްދިނުމުން ތިމާއަށާއި، ތިމާގެ މުދަލަށްލިބޭނޭ ބަރަކާތާއި ނުދީތިބުމުން ލިބޭނޭ ސުންޕާކަމާއި ގެއްލުންތައް ބަޔާންކުރައްވާފައިވާ އާޔަތްތަކާއި ޙަދީޘްތައް ގިނަ ގުނައެވެ.

ޒަކާތަކީ ޤުރްއާނާއި ޙަދީޘުގެ ދަލީލުން ފަރުޟުވެފައިވާ ކަމެކެވެ. ޒަކާތް ނުދީ ތިބޭ މީހުންގެ އަތުން ގަދަކަމުން ވެސް އަތުލައިދެވޭންވާ އެއްޗެކެވެ.

ޢަރަބިބުހުގައި ޒަކާތުގެ މާނައަކީ ޠާހިރުކުރުމެވެ. ނުވަތަ ބަރަކާތް ޙާޞިލްކުރުމެވެ. ފިޤުހު ޢިލްމުވެރިންގެ އިޞްޠިލާޙުގައި ޒަކާތަކީ ވަކިމިންވަރެއް ހަމަވެއްޖެ މުދަލުން ވަކިމިންވަރަކަށް ނެގިގެން ޝަރުޠުތަކެއްގެ މަތީން ވަކިބަޔަކަށް ބަހައިދެވޭ މުދަލެކެވެ.

ޒަކާތްހުރީ ދެބަޔަކަށެވެ. އެއްބަޔަކީ މުދަލާއިގުޅިގެންހުރި ޒަކާތެވެ. އަނެއްބައަކީ ތިމާގެ ނަފްސާއި ގުޅިގެންހުރި ޒަކާތެވެ. ތިމާގެ ނަފްސާއިގުޅިގެން ހުރިޒަކާތަކީ ފިޠުރުޒަކާތެވެ.

ޒަކާތް ދިނުން ވާޖިބުވާ މުދާ:

މުދަލުގެ ތެރެއިން ޒަކާތްދިނުން ވާޖިބުވަނީ އަންނަނިވި ބާވަތްތަކުންނެވެ.

  1. ގެރިބަކަރިއާއި ޖަމަލު.
  2. ރަނާއި، ރިހި.
  3. ވިޔަފާރި މުދާ.
  4. ގޮވާމާއި މޭވާ.
  5. ބިމުގެ ތެރެއިން ނެގޭ މަޢުދަންތަކާއި ރިކާޒު.

މީގެތެރެއިން ދިވެހިރާއްޖޭގައި ޒަކާތްނެގޭންހުރި ތަކެއްޗަކީ ތިން ބާވަތެއްގެ ތަކެއްޗެވެ. އެއީ:

  1. ރަނާއި، ރިހި.
  2. ގޮވާން.
  3. ވިޔަފާރި މުދާ.

ޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް:

ޒަކާތް ދިނުމުގެ ޝަރުޠުހުރީ ދެބަޔަކަށެވެ. އެއީ މުދަލުގެ ވެރިޔާގައި ހުންނަންވީ ޝަރުޠުތަކަކާއި، މުދަލުގައި ހުންނަންވީ ޝަރުޠު ތަކެކެވެ.

މުދަލުގެވެރިޔާގައި ހުންނަންވީ ޝަރުޠުތަކަކީ:

  1. މުސްލިމަކު ކަމުގައިވުން.
  2. މިނިވަނަކު ކަމުގައިވުން.
  3. މުދައު ފުރިހަމައަށް މިލްކުވެގެންވުން.

މުދަލުގައި ހުންނަންވާ ޝަރުޠުތައް ހުރީ އެކިބާވަތުގެ މުދަލުގައި އެކިގޮތަށެވެ. އަންނަނިވި ފިލާވަޅުތަކުން ޝަރުޠުތައް އެގެމުންދާނެއެވެ.

ގެރިބަކަރިއާއި ޖަމަލުން ޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް:

ގެރިބަކަރިއާއި ޖަމަލުން ޒަކާތް ދިނުންވާޖިބުވަނީ އަންނަނިވި ޝަރުޠުތައް ހުރުމުންނެވެ.

  1. ނިޞާބުހަމަވުން. ނިޞާބަކީ އެމިންވަރެއް ހަމަވުމުން ޒަކާތްނެރުން ވާޖިބުވާ މިންވަރެވެ.
  2. ނިޞާބު ހަމަވާތާ އަހަރުފުރުން.
  3. މިލްކުވެރިޔާ އެތަކެތި ބެލެހެއްޓުމާއެކު ހުއްދަ ބިމަކުން ހުއިހައްޕައި ކާންދީގެންގެންގުޅުން. ހުއިހެއްޕުން، ނޫންގޮތަކަށް ކާންދެވޭނެނަމަ ޒަކާތްދިނުމެއް ނެތެވެ.

ނޯޓު: މިލިޔުމަކީ، ތަޢުލީމުއްދިޔާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް