11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ރަމަޟާން 1439

ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު

  • ހަނދާން ނެތިގެން ކައި، ބޮއި ހެދިނަމަވެސް ރޯދަ އަކަށް އަސަރެއް ނުކުރާނެ
ހުސެން ފިޔާޒް | hussainfiyaz

| 15 މެއި 2018 | އަންގާރަ 21:49 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


މިސްކިތެއްގައި ދެ މީހަކު ގުރުއާން ކިޔަވަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

އެޑިޓަރުގެ ނޯޓް: ސުވާލުތަކަށް ޖަވާބު ދެއްވީ ޑރ. އިޔާޒު އަބްދުއްލަތީފް

 

ހާރު ނުގައި ރޯދަ ހިފުން ހުއްދަތޯ؟

ލައްބަ. ހުއްދަ. އެކަމު ސުންނަތް ގޮތަކީ ހާރުކައިގެން ރޯދަ ހިފުން.

 

ސިނގިރެޓަކުން ރޯދަ ވިއްލުމުން، ރޯދަ ވިއްލީ ކަމަށް ވާނެތޯ؟

ރޯދަ ވިއްލުން ސުންނަތް ވެގެންވަނީ ކަދުރު އޮށަކުން، ކަދުރު އޮށެއް ނުލިބިއްޖެނަމަ ފެންފޮދަކުން.

 

ހާރުކަމުން ދަނިކޮށް، ފަތިސް ނަމާދު ބަންގި ގޮވައިފި ނަަމަ އެ ރޯދަ ސައްހަ ވާނެތޯ؟

މިގޮތަށް ދިމާވެއްޖެނަމަ ވަގުތުން ކެއުން ބުއިން ހުއްޓާލާނީ. ރޯދަ ޞައްޙަވާނެ އިންޝާ

 

ޖުނުބުވެރި ހާލުގައި ހިފާ ރޯދަ ސައްހަ ވާނެތޯ؟

ލައްބަ. ޞައްޙަ ވާނެ

 

އެއްދާންކުރުމަށް ފަހު ހިނައި ނުގަނެ ރޯދައަށް ހުރުން ހުއްދަތޯ؟

ރޯދަ ފެށޭ ވަގުތު ޖުނުބުން ޠާހިރު ވެގެން ހުރުން ލާޒިމެއް ނޫން. ނަމަވެސް ނަމާދު ކުރުމަށް ޓަކައި ޖުނުބުން ޠާހިރު ވެގެން ހުންނަން ޖެހޭނެ.

 

ރޯދަ މަހު ދުވާލު އޮޅިގެން ކެވިއްޖެ ނަމަ ރޯދަ ގެއްލޭނެތޯ؟

ހަނދާން ނެތިގެން ކައި، ބޮއި ހެދިނަމަވެސް ރޯދަ އަކަށް އަސަރެއް ނުކުރާނެ. ރޯދަ ޞައްޙަވާނެ އިންޝާ

 

ކާއެއްޗެހި ހަދަން އުޅެނުމުގެ ތެރޭގައި ކާއެއްޗެހީގެ ރަހަ ބަލައިފި ނަމަ ރޯދަ ސައްހަވާނެތޯ؟

ކައްކާ ތަކެތީގެ ރަހަ ބެލުމުން ރޯދަ އަކަށް އަސަރެއް ނުކުރާނެ. ރޯދަ ޞައްޙަ ވާނެ.

 

ރޯދަ މަހު އެއްވެސް ނަމާދެއް ނުކޮށް، ހަމައެކަނި ރޯދަ ހިފާ މީހާގެ ރޯދަ ސައްހަ ވާނެތޯ؟

ނަމާދު ނުކޮށް ކުރާ އެއްވެސް ހެޔޮ ޢަމަލެއް ގަބޫލެއް ނުކުރައްވާނެ.

 

ކުޑަ ދަރިފުޅަށް ބުއްދޭ މައިމީހާ ރޯދަ އަށް ހުރުމުގެ ހުކުމަކީ ކޮބައިތޯ؟

ކުޅަދާނަކަން ހުރިނަމަ ރޯދަ ހިފަންވީ، ނޫންނަމަ ގަދަވީމާ ރޯދަތައް ގަޟާ ކުރާނީ.

 

ރޯދައަށް ހުރެ ލޭ ހަދިޔާކުރެވިދާނެތޯ؟

ލައްބަ. ކުރެވިދާނެ.

 

ރޯދައަށް ހުރެ ޓެސްޓް ހެދުމަށް ލޭ ނެގިދާނެތޯ؟

ލައްބަ. ރޯދަ ޞައްޙަ ވާނެ.

 

ރޯދަ އަށް ހުރެ ލޮލަށާއި ނޭފަތަ އަދި ކަންފަތަށް އަޅަންޖެހޭ ބޭސް އަޅައިފި ނަމަ ރޯދަ ރަނގަޅުވާނެތޯ؟

ރަގަޅުވާނެ. ސަބަބަކީ އެއީ ހަށިގަނޑުގައި ވަރުޖައްސާ އެއްޗަކަށް ނުވާތީވެ.

 

ބާލިގު ނުވާ ކުއްޖާ ރޯދަ ހިފުމުގެ ހުކުމަކީ ކޮބައިތޯ؟

ވާޖިބެއް ނޫން. ނަމަވެސް ފަރިތަކުރުވުމުގެ ގޮތުން ޢުމުރުން ދިހަ އަހަރުވީމާ ރޯދަ އަށް ބެހެއްޓުން ރަގަޅު.

 

ރަސޫލު ޒަމާނުގައި އަހާއި ޖަމަލުގައި ދަތުރުކުރި ނަމަވެސް، މިހާރު ދަތުރު ފަތުރުކުރުން ފަސޭހަވެ، ހަލުއިވެފައިވާއިރު، ދަތުރުވެރިޔާ ރޯދަ ހިފުމުގެ ހުކުމަކީ ކޮބައިތޯ؟

ދަތުރުވެރިޔާ އަށް ފަސޭހަ ގޮތެއް. ދަތުރު ކުރަމުން ރޯދަ ހިފަން އުދަނގޫ ނޫންނަމަ ހިފަންވީ، އުނދަގޫ ނަމަ ދޫކޮށްލާފައި އެހެން ދުވަސްތަކެއް ގައި އެރޯދަތައް ގަޟާ ކުރާނީ.

 

މަޣުރިބް ނަމާދުގެ ބަންގި ގޮވި ކަމަށް ހީކޮށް، ރޯދަ ވީއްލިއްޖެ ނަމަ އެ ރޯދަ ސައްހަ ވާނެތޯ؟

ޞައްޙަ ވާނެ.

 

ރޯދަ ވީއްލުމަށް އަދި ހާރު ކެއުމަށް ރަސޫލާ ބޭނުންކުރެވީ ކޮން އެއްޗެއްތޯ؟

ގިނައިން ބޭނުން ކުރައްވަނީ ކަދުރާއި ފެން.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Heyo

7 މަސް ކުރިން

Shukran

0
0