10 ޑިސެންބަރު 2018 | ހޯމަ | 01 މުލަ
03 ރަބީޢުލްއާޚިރު 1440
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14


ވަގުތުން

މި ބްލޮގް ޝެއަރ ކުރައްވާ

މާލޭގައި ފެންބޮޑުވުން

1609


ރިޕޯޓް ކުރަމުންދަނީ

އާމިނަތު ނުޒުހާ

ޚުލާސާ

ޓެކްސީތައް މެދުކަނޑާނުލަން މިނިސްޓަރު އިލްތިމާސް ކުރައްވައިފި

މާލެ ސިޓީކައުންސިލްގެ އިމާރާތުގެ ތެރެއަށްވެސް ވަނި ފެންވަދެފައި

ފެންބޮޑުވެ އާއްމުދިރިއުޅުމަށް ދަތިވުން

ފެން ހިންދުމުގެ މަައްކަތް ބާރަށް ދަނީ ކުރިއަށް

ޑިފެންސް މިނިސްޓަރ ދެއްވާ ޕްރެސް ކުރިއަށް ދަނީ

5 ޑިސެންބަރު 2018 | ބުދަ 15:44

އާމިނަތު ނުޒުހާ

ޓެކްސީތައް މެދުކަނޑާނުލަން މިނިސްޓަރު އިލްތިމާސް ކުރައްވައިފި

ކ. މާލެ


ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް އިމާރާތްތަކަށް ވެސް ފެން ވަދެ، އާންމުން ދަތިކަމެއްގެ ތެރޭގައި ތިބި މި ދަނޑިވަޅުގައި ޓެކްސީގެ ހިދުމަތް މެދުކަނޑާނުލަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިލްތިމާސްކުރައްވައިފި.

މާލެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މިނިސްޓަރު ނަހުލާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިއްސާރަ ދުވަސްވަރު މަގުތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވާން އިސްތިމާސްކުރައްވާ ކަމަށް


މި ޕޯސްޓް ޝެއަރ ކުރައްވާ

16:51

އާމިނަތު ނުޒުހާ

މާލެ ސިޓީކައުންސިލްގެ އިމާރާތުގެ ތެރެއަށްވެސް ވަނި ފެންވަދެފައި

ކ. މާލެ


މާލެ ސިޓީކައުންސިލްގެ އިމާރާތުގެ ތެރެއަށްވެސް ވަނި ފެންވަދެފައި. ކޮންމެހެން ބޭނުމެއް ޖެހިގެން މެނުވީ ބޮޑެތި މީހުންވެސް އަދު ކުޑަ ކުދިންވެސް ބޭރަށް ނުނުކުތުމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު އިލްތިމާސްކުރައްވާ


މި ޕޯސްޓް ޝެއަރ ކުރައްވާ

16:44

އާމިނަތު ނުޒުހާ

ފެންބޮޑުވެ އާއްމުދިރިއުޅުމަށް ދަތިވުން

ކ. މާލެ


މެދުކެނޑުމެއް ނެތި 4 ގަޑިއިރު މާލެއަށް ވާރޭވެނުމުގެ ސަބަބުން މާލޭގެ ބޮޑެތި މަގުތަކުގައި ބޮޑުވި ފެންގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ހިންދާފައި، އެމްއެންޑީއެފް އަދި ފުލުުން ހުއްޓުމެއްނެތި ދަީ މަސަައްކަތް ކުރަމުން

ޓްރެފިކް އަދި އޮންޑިއުޓީ ފުލުހުން އަދި އެސްއޯ ވެސް ތިބީ މަގުތަކަށްނެރެފައި، އެހީތެރިކަމަށް އެދި ކޯލްތައް ދަނީ ލިބެމުން އަދި ލިބެމުންދާވަރަކުން މި ދަނީ އެޑެންޑް ވަމުން


މި ޕޯސްޓް ޝެއަރ ކުރައްވާ

16:36

އާމިނަތު ނުޒުހާ

ފެން ހިންދުމުގެ މަައްކަތް ބާރަށް ދަނީ ކުރިއަށް

ކ. މާލެ


ވީޓީވީ ސްޓޭޝަން

މާލެ އަށް ކުރަމުންދާ ވިއްސާރައިގައި ޕީއެސްއެމް ހިންގާ އިމާރާތާއި، ވީޓީވީ ހިންގާ އިމާރާތަށް ގެއްލުންވެ ދެ ސްޓޭޝަންގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި 

މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ހެނދުނު 10:00 ން މެންދުރުފަހު 1:00 އާ ހަމައަށް 44 މިލިމީޓަރުގެ ވާރޭ ވެހިފަ. 

މެޓް އޮފީހުން ވަނީ މިއަދު ހަވީރު 4:45 އާ ހަމައަށް މާލެއަށް ޔެލޯ އެލާޓް ވެސް ނެރެފަ. 


މި ޕޯސްޓް ޝެއަރ ކުރައްވާ

16:29

އާމިނަތު ނުޒުހާ

ޑިފެންސް މިނިސްޓަރ ދެއްވާ ޕްރެސް ކުރިއަށް ދަނީ

ކ. މާލެ


މި ވިއްސާރައިގެ ސަބަބުން ދެ ގެއަކުން މިހުން ބަދަލުކޮފައި ވާކަމަށް އެމްއެންޑީއެފުން ބުނޭ. އަދި މާލޭގެ 14 ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި

ފުއް ގުދަނާއި ބައެއް ކަބޯތަކެތި ރައްކާކޮސްފައިވާ ތަންތަނުގައި ވެލިބަސްތާޖެހުން ކުރިއަށް ދަކަމަށް ވިދާޅުވި


މި ޕޯސްޓް ޝެއަރ ކުރައްވާ

16:21

އާމިނަތު ނުޒުހާ

އިމަޖެންސީގައި ގުޅުއްވުމަށް

ކ. މާލެ


ކުރަމުންދާ ގަދަ ވިއްސާރައިގައި އަމިލަފުޅު ރައްކާތެރިކަމާއި، ތަކެތީގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްމަށް ނޭޝަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން އިލްތިމާސްލުރޭ

އަދި އެމްޖެންސީ ހާލަތެއް ދިމަވެއްޖެނަމަ ނޭޝަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ އިމަޖެންސީ ނަމްބަރު 115 ގުޅުއްވުމަށް އެދޭ


މި ޕޯސްޓް ޝެއަރ ކުރައްވާ

15:56

އާމިނަތު ނުޒުހާ

އެމްއެންޑީއެފްއާއި ފުލުހުން ގުޅިގެން މާލޭގެ ފެން ހިންދުން ކުރިއަށް އެބަގެންދޭ

ކ. މާލެ


ގެތަކާއި ފިހާރަތަކަށް ފެންވަނަ ނުދިނުމަށް ފުލުހުން ވެލިބަސްތާތަށް ޖަހަނީ

 


މި ޕޯސްޓް ޝެއަރ ކުރައްވާ

15:52

އާމިނަތު ނުޒުހާ

މާލޭގައި ފެންބޮޑުވެ އާއްމު ދިރިއުޅުމަށް އުނދަގޫވުން

ކ. މާލެ


ބުދަ ދުވަހުގެ ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގިނަ މަގުތަކެއްގައި ހިނގައިބިނގައި ވެ އުޅެން ދަތިވާ ވަރަށް ވަނީ ފެންބޮދުވެފަ. އަދި ބައެއް ގެތަކަށާއި ފިހާރަތަކަށް ވެސް ފެން ވަންނަމުންދާ ކަމުގެ މައުލޫމާތު ވަނީ ރާއްޖެއެމްވީއަށް ލިބިފަ.


މި ޕޯސްޓް ޝެއަރ ކުރައްވާ

15:45

ކޮމެންޓް