15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36


ވަގުތުން

މި ބްލޮގް ޝެއަރ ކުރައްވާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވައިފި

7609


ރިޕޯޓް ކުރަމުންދަނީ

ފާތިމަތު ޝަނާ މުހައްމަދު

ތަހާރަތު މުހައްމަދު ވަހީދު

ޚުލާސާ

ރައީސް ނަޝީދުގެ ވާހަކަފުޅު

1 ނޮވެންބަރު 2018 | ބުރާސްފަތި 06:16

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރާނީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި. ތަރައްގީގެ ނާރެހަކީ ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް. ތަރައްގީއަކީ މީހާއަށް އަންނަ ބަދަލެއް.


މި ޕޯސްޓް ޝެއަރ ކުރައްވާ

17:16

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވުން. އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދެމެހެއްޓުން.


މި ޕޯސްޓް ޝެއަރ ކުރައްވާ

17:14

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ހުދުމުހުތާރު ކަމާއި އަނިޔާވެރިކަމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަން ދައްކުވައިދީފި. ރައްޔިތުން ބޭނުންވާ އުންމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނަން. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވހި ކަމަށް ދަރާފައިި. 


މި ޕޯސްޓް ޝެއަރ ކުރައްވާ

17:12

ފާތިމަތު ޝަނާ މުހައްމަދު

ރައީސް ނަޝީދުގެ ވާހަކަފުޅު

ކ. މާލެ


"ސެޕްޓެމްބަރު 23 ގައި މުޅި ދުނިޔެ ސިއްސުވާލައިފި. ދިވެހިން ދައްކައިދީފި ދިވެހިންނަކީ ފަހަތަށް ޖެހޭނެ ބައެެއް ނޫންކަން.


މި ޕޯސްޓް ޝެއަރ ކުރައްވާ

17:10

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދަށް މަރުހަބާ ދެއްނެވުނުމުގެ ހަރަކާތްތަކުގައި އަދާތަލު ޕާޓީގެ ރައީސް ޝެއިހު އިމްރާނު ބައިވެރިވެވަޑައިގަންނަވައިފި. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައި


މި ޕޯސްޓް ޝެއަރ ކުރައްވާ

17:06

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދު ދޮޅު ގަޑިއިރު ހިންގެވުމަށްފަހު އާޓިފިޝަން ބީޗު ސަރަހައްދު ވަޑައިގަންނަވައިފި


މި ޕޯސްޓް ޝެއަރ ކުރައްވާ

17:03

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


މުޅި މަޖީދީ މަގު ވަނީ މަރުހަބާ ދެއްނެވުމަށް އެއްވެފައިވާ މީހުނުން ފުރިފަ. ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ސަޕޯޓަރުން ތިބީ ތަފާތު ބެނާތަކުން.

 


މި ޕޯސްޓް ޝެއަރ ކުރައްވާ

16:51

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދު ޗާންދަނީ މަގުން ހިންގަވާފައި ހަރުގެއަށް ހިންގަވަނީ. ގިނަ ބަޔަކު ވަނީ މަރުހަބާ ދެއްނެވުމަށް އެއްވެފައި


މި ޕޯސްޓް ޝެއަރ ކުރައްވާ

16:15

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް މުހައްމަދު ނަޝީދު އަރުގެއާ ދިމާލަށް ހިންގަން ފަށައިފި. 

 


މި ޕޯސްޓް ޝެއަރ ކުރައްވާ

16:13

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


އިންތިހާބީ ނައިބު ރައީސާއި ރައީސް ނަޝިދު ސަލާމް ކުރައްވަނީ


މި ޕޯސްޓް ޝެއަރ ކުރައްވާ

15:15

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދަށް މަރުހަބާ ދެންނެވުން


މި ޕޯސްޓް ޝެއަރ ކުރައްވާ

15:14

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


އިންތިހާބީ ރައީސާއި ރައީސް ނަޝީދު


މި ޕޯސްޓް ޝެއަރ ކުރައްވާ

15:12

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


"މިއަދަކީ އަނެއްކާވެސް ގައުމު އާ ހަރުފަތަކަށް އެރުނު ދުވަހެއް، މުސްތަގްބަލު ނުގެއްލޭކަން އެނގިގެން ދިޔަ ދުވަހެއް" ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު

 

 


މި ޕޯސްޓް ޝެއަރ ކުރައްވާ

15:10

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށްޓަކައި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުންވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ  އެއަރޕޯޓް ސަރަހައްދަށް ޖަމާވެފައި.


މި ޕޯސްޓް ޝެއަރ ކުރައްވާ

14:45

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށްޓަކައި ސަފުގެ އެންމެ ކުރީގައި ހުންނެވީ މަންމާފުޅު


މި ޕޯސްޓް ޝެއަރ ކުރައްވާ

14:41

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ޖަލުގައި ގާތްގަނޑަކަށް 10 މަސް ދުވަހު ހޭދަ ކުރެއްވުމަށް ފަހު، ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ރައީސް ނަޝީދު ފުރާވަޑައިގަތީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގަތީ އެމަނިކުފާނުގެ މައިބަދައާއި ގުޅިފައިވާ ނާރެއް ފިތޭތީ އެމަނިކުފާނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީއެވެ.

 


މި ޕޯސްޓް ޝެއަރ ކުރައްވާ

14:36

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި އުޅުއްވާތާ ތިން އަހަރަށް ފަހު، ރާއްޖެ ވަޑައިގަތީ ސްރީލަންކަން އެއާލައިންގެ ފްލައިޓެއްގައި މެންދުރު ފަހު 02:25 ގައެވެ.


މި ޕޯސްޓް ޝެއަރ ކުރައްވާ

14:35

ފާތިމަތު ޝަނާ މުހައްމަދު

ރައީސް ނަޝީދު މާލެ ވަޑައިގަންނަވައިފި

ކ. މާލެ


ރައީސް ނަޝީދު މާލެ ވަޑައިގަންނަވައިފި

 


މި ޕޯސްޓް ޝެއަރ ކުރައްވާ

14:32

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދު ރާއްޖެވަޑައިގަންނަވާ ފްލައިޓް ކޮލަމްބޯ އެއަރޕޯޓުން ފުރައިފި

 


މި ޕޯސްޓް ޝެއަރ ކުރައްވާ

13:21

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދު އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފްލައިތަރށް އަރާވަޑައިގެންފި.

 


މި ޕޯސްޓް ޝެއަރ ކުރައްވާ

13:14

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


އެއް ނަންބަރު ފާލަން ބަންދުކޮށްފި


މި ޕޯސްޓް ޝެއަރ ކުރައްވާ

13:11

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދާއެކު މާލެ ވަޑައިގަތުމަށްޓަކާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަންކާ އެއަރޕޯޓުގައި.

 

 

 


މި ޕޯސްޓް ޝެއަރ ކުރައްވާ

12:31

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދު މާލެ ވަޑައިގެން ދަތުރު ކުރައްވާނެ މަގުތަކުގެ ތަފްސީލު 

ދަތުރު ފައްޓަވަނީ އެއް ނަންބަރު ޖެޓީއިން


މި ޕޯސްޓް ޝެއަރ ކުރައްވާ

12:25

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދު މިހާރު އިންނެވީ ލަންކާ އެއަރޕޯޓުގެ ވީއައިޕީ ލައުންޖު ގައި.

 


މި ޕޯސްޓް ޝެއަރ ކުރައްވާ

12:20

ތަހާރަތު މުހައްމަދު ވަހީދު

ނަޝީދު ވަޑައިގަންނަވާ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާނީ މެންދުރުފަހު 2:20 ގައި

ކ. މާލެ


ނަޝީދު ވަޑައިގަންނަވާ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާނީ މެންދުރުފަހު 2:20 ގައި. އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ ހަވީރު 4 ޖަހާއިރު. ރައީސް ނަޝީދު ދެއްވާ ނޫސްވެރިންގެ ބައްދަލުވުމެއް އިރުއޮއްސި 6:00 ޖަހާއިރު އޮންނާނެ. 

 އެމްޑީޕީގެ 85 ދާއިރާތަކުގެ މީހުން ދާއިރާތައް ނިސްބަތްވާ ގޮތަށް މާލޭގެ މަގުތަކަށް ހަވީރު ގަޑީގައި ނިކުތުމަށް ވަނީ ހަމަޖެހިފައި. 


މި ޕޯސްޓް ޝެއަރ ކުރައްވާ

12:15

ތަހާރަތު މުހައްމަދު ވަހީދު

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ އަންނަނީ

ކ. މާލެ


ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ވަނީ މާލެ އަންނަން ފަށާފައި. ރާއްޖޭގެ އެކި ހިސާބުތަކުން ރީނދޫ ކުލައިގެ ދިދަފަތި ދަމައި ޒީނަތްތެރިކޮށްފައިވާ އޮޑިދޯނިފަހަރާއި ލޯންޗުތަކުގައި މީހުން އަންނަނީ މާލެ އަށް ޖަމާވަމުން. ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ފެށޭނީ ކަނޑުމަތިން. 


މި ޕޯސްޓް ޝެއަރ ކުރައްވާ

12:11

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ތޮއްޑޫ އިން އަންނަ ދޯނި

 


މި ޕޯސްޓް ޝެއަރ ކުރައްވާ

11:57

ތަހާރަތު މުހައްމަދު ވަހީދު

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމުގެ މަސައްކަތްޕުޅު ފައްޓަވައިފި

ކ. މާލެ


 

 ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ 

 

ރައީސް ނަޝީދާއި އެކު ވަޑައިގެންނެވުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ލަންކާއަށް ވަޑައިގެން ފައި.  އެމަނިކުފާނާއި އެކު ގާނޫނީ ވަކީލުންގެ ޓީމް ވެސް ރާއްޖެ ވަޑައިގަންނަވާނެ.އެމަނިކުފާނަށް ޚާއްސަކޮށްގެން އެމްޑީޕީން ބާއްވާ މަރުހަބާ ހަރަކާތްތައް ޗާންދަނީމަގު ރީފްސައިޑް ކަންމަތިން ފެށިގެން މަޖީދީމަގުން ގޮސް އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެއާއި ހަމައަށް ކުރިއަށް ދާނެ ކަމަށް އެޕާޓީން ވަނީ ބުނެފައި.

 


މި ޕޯސްޓް ޝެއަރ ކުރައްވާ

11:50

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދު ފުރާ ވަޑައިގަތުމަށްޓަކައި އެއަރޕޯޓަށް ދަތުރުފައްޓަވައިފި


މި ޕޯސްޓް ޝެއަރ ކުރައްވާ

11:28

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދު 2005 ވަނަ އަހަރަށް ފަހު ރާއްޖެ ވަޑައިގެންނެވުން

 


މި ޕޯސްޓް ޝެއަރ ކުރައްވާ

08:43

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


 


މި ޕޯސްޓް ޝެއަރ ކުރައްވާ

08:42

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ބ.ހިތާދޫގެ ގިނަ ބަޔަކުވެސް ވަނީ މާލެ އައިސްފައި. 

"ރައީސް ނަޝީދު ގައުމުގެ ކަންކަން އިސްލާހު ކުރުމަށް ކުރި މަސައްކަތްތަކަކީ ރައްޔިތުންގެ ހިތުގެ ފުން މިނުން ބަލައިގަންނަން."ހިތާދޫ ކައުންސިލް މެންބަރެއް

ބ އަތޮޅުން މާލެއާއި ދޯނި


މި ޕޯސްޓް ޝެއަރ ކުރައްވާ

07:49

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ބ.ތުޅާދޫއިން ގިނަ އަދަދެއްގެ މީހުން ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް. ތުޅާދޫ އިން 160 މީހުން ވަނީ އައިސްފައި. އެރަށުން އިތުރު ދެ ދޯނި އައުމަށް ވަނީ ހަމަޖެހިފައި.

"ރައީސް ނަޝީދު ދެކިލުމަށް މިތިބީ ކެންމަދުވެފައި" ތުޅާދޫ ރައްޔިތަކު ބުނި.

ތުޅާދޫ އިން މާލެ އާއި ދޯނި
ތުޅާދޫ އިން މާލެ އާއި ދޯނި


މި ޕޯސްޓް ޝެއަރ ކުރައްވާ

07:46

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދަށް ޓެރަރިޒަމްގެ ހުކުމް ކުރުމާއި ގުޅިގެން އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީގެ އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް 2015 ވަނަ އަހަރު ގޮވާލައްވާފައިވޭ.

އެގޮތުން ރައީސް ނަޝީދުގެ ޝަރީއަތް ނިންމާލީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށާއި ޝަރީއަތުގެ ތެރެއިން ވަރަށް ގިނަ އުނިކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ބުނި. އަދި ކުރި ދައުވާއިން ސަލާމަތްވުމަށް އެކަށީގެންވާ ފުރުސަތު ނުދިނުމާއި ހެކިން ގެނައުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ބުނި.

މީގެ އިތުރުން އދ. ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވަނީ ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލެއްވި.

 


މި ޕޯސްޓް ޝެއަރ ކުރައްވާ

06:56

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމްކޮށްފައިވަނީ 2012 ވަނަ އަހަރު އަބްދުﷲ ގާޒީ ހައްޔަރުކޮށް ކ.ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގައި.

ނަޝީދަށް ހުކުމްކޮށްފައިވަނީ 2015 ވަނަ އަހަރު. އޭގެ ފަހުން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ރައީސް ނަޝީދުގެ ހުކުމަށް ޗެލެންޖު ކުރުމުގެ ފުރުސަތު ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި.

 


މި ޕޯސްޓް ޝެއަރ ކުރައްވާ

06:52

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް އެ މައްސަލަ މުރާޖައާ ކުރުމަށް ހުށަހަޅާފައި ވަނީ ރައީސް ނަޝީދަށް އިއްވި ހުކުމަކީ އާންމު މައްސަލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއް ކަމަށް ބުނެ.

 


މި ޕޯސްޓް ޝެއަރ ކުރައްވާ

06:51

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒްކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު. އެކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ،  ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ވަކި ގޮތެއް ނިމެންދެން ނަޝީދާ މެދު އެއްވެސް ފަރާތަކުން ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ އެންމެހާ އިދާރަތަކުގެ މައްޗަށް އަމުރުކުރާ ކަމަށް.

 


މި ޕޯސްޓް ޝެއަރ ކުރައްވާ

06:49

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


 


މި ޕޯސްޓް ޝެއަރ ކުރައްވާ

06:44

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދާއެކު އަނބިކަނބަލުން ލައިލާ ވަޑައިގަންނަވާ.

 

 

 


މި ޕޯސްޓް ޝެއަރ ކުރައްވާ

06:40

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރާއްޖޭގެ އުތުރާ ދެކުނުން އެކި ރަށްރަށުން މާލެއަށް ރައްޔިތުން އަންނަނީ ޖަމާވަމުން


މި ޕޯސްޓް ޝެއަރ ކުރައްވާ

06:37

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ލ. އަތޮޅުގެ ގިނަ ރައްޔިތުން ރައީސް ނަޝީދަށް މަރުހަބާ ދެއްނެވުމަށް އައިސްފި.

ރަށްރަށުން މީހުން އާއި ދޯނިތައްވަނީ ދިދަފައްޗައި ބެނާތަކުން ޒީނަތްތެރިކޮށްފައި. 

ގަމު ދާއިރާ އާއި ފޮނަދޫ ދާއިރާ އާއި އިސްދޫ ދާއިރާ އިން މީހުން ވަނީ އައިސްފައި.

ލ އަތޮޅުން މާލެ އައި ދޯނި
ލ އަތޮޅުން މާލެ އައި ދޯނި


މި ޕޯސްޓް ޝެއަރ ކުރައްވާ

06:32

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


ރައީސް ނަޝީދާއެކު މާލެ ވަޑައިގަތުމަށްޓަކައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސްރީލަންކާއަށް ވަޑައިގަންނަވާފައި. މިއަދު މެންދުރުފަހު އަނބުރާ މާލެ ވަޑައިގަންނަވާނީ ދެބޭފުޅުން އެކުގައި


މި ޕޯސްޓް ޝެއަރ ކުރައްވާ

06:26

ފާތިމަތު ޝަނާ މުހައްމަދު

ކ. މާލެ


 


މި ޕޯސްޓް ޝެއަރ ކުރައްވާ

06:22

ފާތިމަތު ޝަނާ މުހައްމަދު

ރަށްރަށުން މީހުން މާލެއަށް އައުން

ކ. މާލެ


ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް އަންނަނީ މީހުން ޖަމާވަމުން. 

 


މި ޕޯސްޓް ޝެއަރ ކުރައްވާ

06:21

ކޮމެންޓް